ލިއަމް ޕޭންގެ ހަނދާނުގައި ހެރީ ސްޓައިލްސްގެ އާ ލަވައެއް

Oct 18, 2026, 1:43 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް، އޭނާއާއެކު "ވަން ޑައިރެކްޝަން" ބޭންޑުގައި މަސައްކަތްކުރި ލިއަމް ޕޭންއަށް ހާއްސަކޮށްގެން ލިޔެފައިވާ، އަދި މިހާތަނަށް އާންމުކޮށްފައި ނުވާ ލަވައެއް ފުރަތަމަ ފަހަރަށް ހުށަހަޅައިދީފި އެވެ.

ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ސްޓައިލްސް، "ވަޓް އިޒް އިނަފް" ގެ ނަމުން ނަންދީފައިވާ މި ލަވަ ކިޔާފައިވަނީ ނިއުޔޯކުގެ މެޑިސަން ސްކޮޔާ ގާޑަންގައި ބޭއްވި އޭނާގެ ކޮންސެޓުގަ އެވެ. މި ލަވަ ހުށަހަޅައިދީފައިވަނީ ލިއަމް ޕޭން މަރުވިތާ ދެ އަހަރު ފުރުނު ދުވަހާ ދިމާކޮށެވެ.

ސްޓައިލްސް މިހާރު ނިއުޔޯކުގައި ހުށަހަޅައިދެމުންދަނީ އޭނާގެ ރެކޯޑް މުގުރާލި "ޓުގެދA، ޓުގެދA" ޓުއާގެ ބައެއްގެ ގޮތުން އެ ސިޓީގައި ބާއްވާ ސިލްސިލާ ޝޯތަކެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި މި ކޮންސެޓުގައި އެތަނަށް އެއްވެފައި ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންނާ މުހާތަބުކުރަމުން ސްޓައިލްސް ވަނީ ޕޭންއަކީ އޭނާގެ ގާތް އެކުވެރިއެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި ޕޭންއާ ނުލައި އޭނާއަށް މިހާ ހިސާބަށް ނާދެވުނީސް ކަމަށް ބުނެ ސްޓައިލްސް ވަނީ ޕޭންގެ ހަނދާންތައް އާކޮށްފަ އެވެ.

ސްޓޭޖުގެ މައްޗަށް އަލިކޮށްފައިވާ ސްޕޮޓްލައިޓެއްގެ ދަށުގައި ހުރެ ސްޓައިލްސް ދެއްކި އަސަރު ގަދަ ވާހަކައިގައި، މީގެ ދެ އަހަރު ކުރިން އާޖެންޓީނާގެ ހޮޓަލެއްގެ ބެލްކަނިން ވެއްޓި މަރުވި ލިއަމް ޕޭންގެ ހަނދާންތައް އާކުރި އެވެ.

"ނިއުޔޯކުގައި މި ޝޯތައް ހުށަހަޅައިދޭން ފުރުސަތު ލިބުމަކީ އަހަރެން އަމިއްލަ ނަފްސަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށް ދެކެން. އަދި މި އިމާރާތަކީ (މެޑިސަން ސްކޮޔާ ގާޑަން) އަހަންނަށް ވަރަށް ހާއްސަ ތަނެއް،" ސްޓައިލްސް ބުންޏެވެ.

އޭނާ އިތުރަށް ބުނީ، "އަހަރެންގެ ދިރިއުޅުމުގައި ވަރަށް ގިނަ މީހުން އެބަތިބި. އެކުވެރިންނާއި އަހަންނާއެކު މަސައްކަތްކުރި މީހުންނާ ނުލައި އަހަންނަށް މިއަދު މި ހުރި ހިސާބަކަށް ނާދެވުނީސް."

"އަދި މީގެ ދެ އަހަރު ކުރިން، ހަމަ މިއަދު، އަހަރެންގެ އެފަދަ އެކުވެރިއަކު ވަނީ ވަކިވެފައި،" ސްޓައިލްސް ބުންޏެވެ.

"ވަޓް އިޒް އިނަފް" މި ލަވަ ފުރަތަމަ ފަހަރަށް އަޑުއަހަން ތިބި ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ.

ހުކުރު ދުވަހުގެ ރޭގެ މި ހުށަހެޅުމާ ގުޅޭ ގޮތުން އިންސްޓަގްރާމްގައި ހިޔާލު ފާޅުކުރި ހެރީ ސްޓައިލްސްގެ ސަޕޯޓަރުން ވަނީ "ވަޓް އިޒް އިނަފް" އަކީ ވަރަށް "ރީތި" ލަވައެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

"ވަން ޑައިރެކްޝަން" ބޭންޑުގެ މެންބަރެއްގެ ގޮތުގައި ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯދުމަށް ފަހު، ސްޓައިލްސް އަމިއްލަ ގޮތުން ލަވަކިޔަން ފެށީ 2017 ވަނަ އަހަރު އެވެ.

އޭނާގެ ފުރަތަމަ އަލްބަމާއި ސިންގަލް ލަވަ އިނގިރޭސިވިލާތުގެ ޗާޓުތަކުގެ އެއްވަނަ ހޯދާފައިވާއިރު، 2022 ވަނަ އަހަރު ނެރުނު "ހެރީސް ހައުސް" އަލްބަމަށް ވަނީ ގްރެމީ އެވޯޑަކާއި ބްރިޓް އެވޯޑެއް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

Newsletter

Get the latest news delivered straight to your inbox