ގްރެމީ އެވޯޑް
6 ލިޔުން
ފަހުގެ
ލުއިއަދަދުލިއަމް ޕޭންގެ ހަނދާނުގައި ހެރީ ސްޓައިލްސްގެ އާ ލަވައެއް
މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް، އޭނާއާއެކު "ވަން ޑައިރެކްޝަން" ބޭންޑުގައި މަސައްކަތްކުރި ލިއަމް ޕޭން މަރުވިތާ ދެ އަހަރު ފުރުނު ދުވަހާ ދިމާކޮށް އޭނާގެ ހަނދާނުގައި އާ ލަވައެއް ހުށަހަޅައިދީފިއެވެ. ނިއުޔޯކުގެ މެޑިސަން ސްކޮޔާ ގާޑަންގައި ބޭއްވި ކޮންސެޓެއްގައި "ވަޓް އިޒް އިނަފް" ގެ ނަމުން ނަންދީފައިވާ މި ލަވަ ހުށަހަޅައިދެމުން، ސްޓައިލްސް ވަނީ ޕޭންއަކީ އޭނާގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރި ގާތް އެކުވެރިއެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ލުއިއަދަދުސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި
ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.
