އަންވަރު އިބްރާހީމް
6 ލިޔުން
ފަހުގެ
ދުނިޔެމެލޭޝިއާގެ ހިމާޔަތަށް އެދިފައިވާ މީހުން އަނބުރާ މިއަންމާއަށް
މިއަންމާގެ އަސްކަރިއްޔާއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މެލޭޝިއާގައި ހިމާޔަތް ހޯދައިގެން ތިބި 5،000 މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް އެ ގައުމުން ވަނީ ފަށާފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން މިކަމާ ކަންބޮޑުވުން ފާޅުކުރި ނަމަވެސް، މެލޭޝިއާ ސަރުކާރުން ބުނަނީ މިއީ އެ ގައުމުގައި ތިބި ރޮހިންޔާ މީހުންނާ މެދު އާންމުންގެ ނުރުހުން އިތުރުވަމުންދާތީ ނިންމި ނިންމުމެއް ކަމަށެވެ.
ދުނިޔެމަހާތީރުގެ އަނބިކަނބަލުން އަވަހާރަވެއްޖެ
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ އަނބިކަނބަލުން ސިޓީ ހަސްމާ މުހައްމަދު އަލީ، އުމުރުފުޅުން 100 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ. އެކަމަނާގެ ޖަނާޒާ ދައުލަތުގެ ފުރިހަމަ އިއްޒަތުގައި ޕުތުރަޖާޔާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ އެކަމަނާ ގައުމަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި ތައުޒިޔާ ފޮނުއްވާފައެވެ.
