ލ. ގަމުގެ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކައުންސިލްގެ ކަންބޮޑުވުން

ލ. ގަމު ކައުންސިލް ރައީސް އަފްސަލް: ގަމުގެ ހައުސިން ޔުނިޓް މަޝްރޫއުގެ 95 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ލ. ގަން ކައުންސިލް

ލ. ގަމު ކައުންސިލް ރައީސް އަފްސަލް: ގަމުގެ ހައުސިން ޔުނިޓް މަޝްރޫއުގެ 95 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ލ. ގަން ކައުންސިލް

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ލ. ގަމުގައި ތަރައްގީކުރަން ފެށި 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމޭއިރުވެސް އެ ހައުސިން ޔުނިޓްތައް ލިބޭ މީހުން ކަނޑަނޭޅޭތީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

އަދަދު ނޫހުން ގެނެސްދޭ ރަށު ނޯޓު ޕްރޮގްރާމުގައި ލ. ގަމުގެ ކައުންސިލް ރައީސް އަފްސަލް ޖައުވަރު ވިދާޅުވީ ހައުސިން ޔުނިޓްތައް ރައްޔިތުންނާ ހަވާލުކުރުމުގެ ޕްރޮސެސް ކައުންސިލުން ކުރިއަށްގެންދަން ފުރުސަތު ދިނުމަށް އެދުނު ކަމަށާއި އެގޮތަށް މިނިސްޓްރީން ބޭނުން ނުވާނަމަ މިނިސްޓްރީން އަމިއްލައަށް ވިޔަސް އެކަން ކުރިއަށްގެންގޮސް ނިންމައި ދިނުމަށް އެދިފައިވާ ކަމަށެވެ.  

ނަމަވެސް މިހާތަނަށް ހައުސިން ޔުނިޓްތައް ހަވާލުކުރުމުގެ ޕްރޮސެސް ކުރިއަށްގެންދާނެ ގޮތާ ގުޅޭ އެއްވެސް ތަފްސީލެއް ހައުސިން މިނިސްޓްރީގެ ފަރާތުން ކައުންސިލަށް ނުދޭ ކަމަށް އަފްސަލް ވިދާޅުވި އެވެ. 

އެންމެ ފަހުން އަޅުގަނޑުމެން ކައުންސިލުން ކުރި ދަތުރުގައި އަޅުގަނޑުމެން މިނިސްޓްރީއާވެސް ބައްދަލުކުރިން. އެ ބައްދަލުކުރުމުގައިވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް އެދުނިން މިހާރު ނިމުމަކާ ގާތަކަށް އައިސްފައޭ ހުރީ. އެހެންވީމަ އެ ޕްރޮސެސް އަޅުގަނޑުމެންނާ ހަވާލުކޮށްގެން ކުރިއަށް ގެންދަންވިޔަސް އަޅުގަނޑުމެންނަށް އެންމެ ރަނގަޅޭ،" އަފްސަލް ވިދާޅުވި އެވެ. 

"އަދި މިނިސްޓްރީން އެކަން ކުރިއަށްގެންދާ ނަމަވެސް އަޅުގަނޑުމެންނަށް އެންމެ ރަނގަޅޭ. އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް އަވަހަށް އެ ހައުސިން ޔުނިޓްތަކަށް ރައްޔިތުންނަށް ބޭނުން ކުރެވޭނެ ގޮތަށް އެ ހަވާލު ކުރެވިގެން ދިޔުމޭ. އެހެންނަމަވެސް އަދިއެއް އޭގެ އެއްވެސް ކަމެއް އަޅުގަނޑުމެންނާ ހިއްސާއެއް ނުކުރޭ."

އަފްސަލް ވިދާޅުވީ ހައުސިން ޔުނިޓްތައް ރައްޔިތުންނަށް ދޫކުރުމުގެ ކަންކަން މިނިސްޓްރީން ކުރިއަށް ގެންދަނީ ކައުންސިލްގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް ކަމަށެވެ. 

"ކައުންސިލްގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް އެކަން ކުރިއަށްގެންދަނީ. އެ ހައުސިންތައް އިއުލާންކުރުން ވެސް އަދި ދިނުމުގެ އެއްވެސް ޕްރޮސެސްއެއް އަޅުގަނޑުމެންނާ ހަވާލެއް ނުކުރޭ ސަރުކާރުންނެއް،" އޭނާ ވިދާޅުވި އެވެ. 

ލ. ގަމުގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކުރުމުން އެ މަޝްރޫއު ފެށީ ޑިސެމްބަރު، 2022 ގަ އެވެ. އެ މަޝްރޫއުގެ 95 ޕަސަންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އަފްސަލް ވިދާޅުވި އެވެ. 

ޖުމްލަ 84.24 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އަޅަނީ 1،000 އަކަފޫޓުގެ 100 ހައުސިން ޔުނިޓެވެ. އޭގެ ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހަނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހިމެނެ އެވެ. 

މި ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ޔުނިޓުތައް ވަށައިގެން އަލިކޮށް، ޕާކެއް ގާއިމުކޮށް، ވެހިކަލް ޕާކު ކުރާނެ ޕާކިން ޒޯނެއް ހެދުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox