އީގަލް ހިލްސް އެއްބަސްވުމުގައި މުއިއްޒު ސޮއިނުކުރީ ގާނޫނާ ހިލާފުކަން އެނގޭތީ: އަލީ ހުސެއިން

ރޭ ބޭއްވި ފޯރަމް ގައި ވަކީލު އަލީ ހުސައިން ވާހަކަ ދައްކަވަނީ

ރޭ ބޭއްވި ފޯރަމް ގައި ވަކީލު އަލީ ހުސައިން ވާހަކަ ދައްކަވަނީ

ރަސްމާލޭގެ އެއް ބައި އީގަލް ހިލްސްއަށް ދިނުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުމަކީ ގާނޫނުއަސާސީއާ ހިލާފަށް ހިންގާ ޖަރީމާއެއްކަން ރައީސް މުހައްމަދު މުއިއްޒަށް ވެސް ސާފުވާނެ ކަމަށް ކުރީގެ މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ރޭ ބޭއްވި ފުރަތަމަ ފޯރަމްގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ރަސްމާލެ އެ އެއްބަސްވުމުގައި ސޮއިކުރަން މުއިއްޒު މިނިސްޓަރަކު ފޮނުއްވެވީ ފަހުން ޒިންމާވާން ޖެހިދާނެތީ ކަމަށެވެ. އޭނާ ވިދާޅުވީ އޭޓީއެމް މެޝިނެއް ހުޅުވަން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާއިރު، ރަސްމާލެ ފަދަ ޤައުމީ ބޮޑު މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރަން މިނިސްޓަރަކު ފޮނުވަން ޖެހުނީ ބިރުން ކަމަށެވެ.

މި މައްސަލައިގައި ފުރަތަމަ ބަންޑާރަ ނައިބުގެ އޮފީހުން ދެއްވި ލަފާގައި ވެސް މިއީ ގާނޫނުއަސާސީއާ ހިލާފު ކަމެއްކަމަށާއި, ބިމާބެހޭ ގާނޫނުތައް ހެދިފައިވާ ގޮތުން މިކަން ނުކުރެވޭނެ ކަމަށް އޮތް ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

"އަޅުގަނޑުގެ ރައްޓެއްސެއްގެ 500 ރުފިޔާގެ މައްސަލަ އެބަ ބަލާ އެހެންނަމަވެސް، 500 ހެކްޓަރުގެ ބިން ބިޑަކާ ނުލާ ދީގެން އުޅޭ އިރު އެ މައްސަލައެއް ނުއެއް ބެލޭ." އޭނާ ވިދާޅުވި އެވެ.

އަލީ ހުސެއިން އިތުރަށް ވިދާޅުވީ, މިފަދަ ބޮޑެތި މައްސަލަތައް ދައުލަތުގެ މުއައްސަސާތަކުން ނުބަލާާތީ، އެކަންކަމާ ދެކޮޅަށް ފިޔަވަޅު ނަގަން ފުރަތަމަ ކަމަކަށް އާންމު މަސްލަހަތާ ގުޅުންހުރި މައްސަލައަކަށް ވާތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ.

މިގޮތުން ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަންނަން ނިންމުމުން، އެ ނިންމުން ރިވިއުކޮށްދިނުމަށް އެދި އަނެއްކާވެސް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދެ ވަނަ ކަމަކަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް މައްސަލަ ހުށަހަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާނޫނު އަސާސީ ބުނަނީ ކުރިން ހުއްދަ ހޯދުމަކާ ނުލާ އެއްވެ އުޅުމުގެ ހައްގަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްގެކޭ. އެ ހައްގު ބޭނުން އަޅުގަނޑުމެންނަށް ކުރަން ފެށުނު ދުވަހަކުން މީގެ އެކަށީގެންވާ ރަނގަޅު ނަތީޖާ ފެންނަން ފަށާނެ." އަލީ ހުސެއިން ވިދާޅުވި އެވެ.

މީގެ އިތުރުން ރަސްމާލެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބުރަކި ޖެއްސޭނީ ރައްޔިތުން މި ހައްގުގެ ބޭނުން ހިފައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox