ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލްގެ ޓީމު ވަންތަ ވިސްނުމުގެ އިނާމެއް

Nov 4, 2026, 9:45 AM
ވެމްކޯގެ ކޯޗު އަހުމަދު އަދީލް (ބޭބެ)

ވެމްކޯގެ ކޯޗު އަހުމަދު އަދީލް (ބޭބެ)

ކްލަބް ވެމްކޯ އިން ރާއްޖޭގެ އަންހެން ވޮލީބޯޅައިގައި ހޭދަކުރި ހަ އަހަރު ތެރޭ 13 ތަށި ހޯދައިފި އެވެ. އޭގެ ތެރެއިން ތިން ތަށްޓަކީ، މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި އެއްވެސް މެޗަކުން ބަލިނުވެ، ހޯދި ކާމިޔާބީތަކެވެ. ވެމްކޯ އިން މި ފަހަރުގެ ވޮލީބޯލް އެސޯސިއޭޝަން ކަޕާއި ގައުމީ ވޮލީބޯޅަ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފުރިހަމަ ރެކޯޑަކާ އެކު އެވެ. މި ކާމިޔާބީގައި ރަން އަކުރުން ފެވޭނެ އެއް ފަރާތަކީ އެ ޓީމުގެ ކޯޗު، އަހުމަދު އަދީލް (ބޭބެ) އެވެ. އެ ކާމިޔާބީ އަށް ފަަހު، ހިތްތިރިކަން އިސްކޮށް، އަމިއްލަ އަށް އެކަމުގެ ކްރެޑިޓް ނެގުމުގެ ބަދަލުގައި ބޭބެ ހިއްސާކުރީ ކާމިޔާބުގައި މުޅި ޓީމުން އަދާކުރި ރޯލެވެ.  

"އަލްހަމްދުލިއްލާހި. މިއީ ހަނދާނުން ފޮހެލަން އުނދަގޫވާނެ ސީޒަނެއް. ސީޒަނުގެ ތިން މުބާރާތް ބަލިނުވެ، ރެކޯޑަކާ އެކު ހޯދުމަކީ މި ކްލަބަށް ރަން ކާމިޔާބެއް،" ބޭބެ، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި ބުންޏެވެ. 

އެސޯސިއޭޝަން ކަޕްގައި ކުޅުނު ފަސް މެޗާއި ގައުމީ ލީގުގައި ކުޅުނު ހަތަރު މެޗާއި ގައުމީ މުބާރާތުގައި ކުޅުނު ދެ މެޗުން މޮޅުވެ، ވެމްކޯ އިން ފުރިހަމަ ރެކޯޑަކާ އެކު ރާއްޖޭގެ އަންހެން ވޮލީގައި ތާރީހު ވަނީ ލިޔެލައިފަ އެވެ. މީގެ ތެރެއިން އެސޯސިއޭޝަން ކަޕް ހޯދީ ޖެހިޖެހިގެން ހަ ވަނަ ފަހަރެވެ. އަދި، ގައުމީ ތަށި އުފުލާލީ ޖެހިޖެހިގެން ފަސް ވަނަ ފަހަރެވެ. 

ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ވެމްކޯ އަށް ތަށި، އަދީލް ކްރެޑިޓް ދިނީ ޓީމަށް

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން، ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ކްލަބް ވެމްކޯއިން ވަނީ ހޯދައިފައި. މިއީ އެސޯސިއޭޝަން ކަޕް ހޯދި ޖެހިޖެހިގެން ހަ ވަނަ ފަހަރު. ޓީމުގެ ކޯޗު އަދީލް ބުނިގޮތުގައި މި ތާރީޚީ ކާމިޔާބީގެ އަސްލަކީ ކުޅުންތެރިންގެ މެދުގައި އޮތް ވަރުގަދަ ޓީމްވޯކާއި، އަޚުލާގު އަދި މޮޅުވުމަށް ކުރި ހިތްވަރު ކަމަށް.

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗުކަމާއި އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފައިވާ ބޭބެ ބުނީ، މި ފަހަރުގެ ކާމިޔާބީ ހާއްސަވާ އެހެން ސަަބަބުތަކެއް ވެސް އެބަހުރި ކަމަށެެވެ. އެއީ، މިދިޔަ އަހަރުތަކަށް ވުރެން މެޗުތައް އުނދަގޫވުމާއި ވާދަވެރި ޓީމުތަކުގެ ފެންވަރު ވެސް ރަނގަޅުވުން ކަމަށެވެ. 

"ކޮންމެ މެޗަކަށް ތައްޔާރުވާން ޖެހުނު ގޮތް ވެސް ތަފާތު. ކޮންސެންޓްރޭޝަން، ޑިސިޕްލިން ދެން، ޓެކްޓިކަލް ތައްޔާރީތައް. ފަސޭހަ މެޗެއް އޮތޭ އެހެން ނެތް ބުނެވޭކަށެއް. އެ ފަދަ ހާލަތެއްގައި މެޗުތަކުން މޮޅުވެގެން ފުރިހަމަ ރެކޯޑަކާ އެކު މި ސީޒަން ނިންމާލުން އެއީ މި ތާރީހީ ކާމިޔާބީގެ މާނަ ފުން ވާނެ ސަބަބުތައް،" ބޭބެ ބުންޏެވެ. 

"ވަރަށް ގިނަ މަސް ދުވަސް ވަންދެން އެކުގައި ޓީމުން ކުރި މަަސައްކަތް މިއީ، ބުނާގޮތް ހަދާ ކުޅުންތެރިން ހިމެނޭ ޓީމެއް، ވަރަށް އެކުގައި މަސައްކަތް ކުރާ ކޯޗިން ޓީމެއް އޮތް ކްލަބެއް. އެ ފަދަ ޓީމެއްގެ ހެޑް ކޯޗަކަށް ހުރުން އެއީ އަހަންނަށް މި ކާމިޔާބީގައި ލިބޭނެ ފަހުރު،" 

ވެމްކޯގެ ކާމިޔާބީގައި ޓީމު ލީޑުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ، ފާތިމަތު ޖޫޒާން ޒަރީރު (ޖޫޒް) އާއި އައިޝަތު މާޖިދާ (މާޖީ) އަކީ ޓީމުގެ "ލީޑަރުން" ކަން ފާހަގަކޮށް، ބޭބެ ބުނީ، ހަގީގަތުގައި އޭނާގެ މަސައްކަތް އެންމެ ބޮޑަށް ފަސޭހަވާ އެއް ސަބަބަކީ ޓީމު ލީޑުކުރަން ތިބި ކުޅުންތެރިން ނަމޫނާ ދައްކާތީ ކަމަށެވެ. އެއްބައިވަންތަ ކަމާ އެކު، ޓީމުވަންތަކޮށް ކުރިއަށްދިއުމަށް ކޯޗުގެ ލަފަޔާ އެއްގޮތަށް ޖޫޒާން އާއި މާޖިދާ ކުރާ މަސައްކަތް ބޭބެ އަގުވަޒަންކުރެ އެވެ. 

"އެންމެ ޗެލެންޖިން ވަގުތުގައި ވެސް ޓީމު ވޯކާއި އެ ސްޕިރިޓް ވަރަށް ރަނގަޅަށް ދައްކައި، ޓީމުގެ ކޮންފިޑެންސް މައްޗަށް ޖައްސަައިދޭ ކޯޓު މަތީގެ ދެ ލީޑަރުން އެއީ،" ރާއްޖޭގެ އަންހެން ވޮލީގައި މިސާލު ނަގަން ޖެހޭ ދެ ކުޅުންތެރިންކަން ފާހަގަކޮށް، މާޖިދާ އާއި ޖޫޒާންއާ ބެހޭގޮތުން، ބޭބެ ބުންޏެވެ. 

މީގެ އިތުރުން، ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ރާއްޖޭގެ ވޮލީގައި ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ، އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ހުރުމަކީ ވެސް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި މުޅި ސީޒަނަށް ބަލާއިރު، ލޯންގޭގެ ހިދުމަތަކީ ވެސް އަގުނުކުރެވޭނެ ފަދަ މުހިންމު ކަމެއް ކަމަށް ބޭބެ ވަނީ ބުނެފަ އެވެ. އަދި، ޓީމުގެ މެނޭޖަރު، ޝަމީމްގެ ދައުރު ވެސް ވަރަށް ބޮޑުކަން ބޭބެ ފާހަގަކުރި އެވެ. 

ވެމްކޯގެ މި ޓީމު ރަނގަޅަށް ކުރިއަށްގެންދިއުމަށް ކްލަބްގެ ހިންގާ ކޮމިޓީން އިސް ދައުރެއް އަދާކުރާއިރު، ވެމްކޯގެ މެނޭޖިން ޑިރެކްޓަރު، މުޖުތަބާ ޖަލީލް (މުޖޭ) ދެމުން އަންނަ އެހީތެރިކަން ވެސް ބޭބެ ވަނީ ފާހަގަކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދަނޑުމަތިން ލިބުނު އަނިޔާއެއްގައި ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ސަލާމަތީ ސަބަބުތަކަށްޓަކައި އޭޝިއަން ކަޕް ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރު އެ ގައުމުގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކުރުމަށް އޭއެފްސީން ނިންމައިފި. މި ނިންމުމާއެކު، ޖެނުއަރީ މަހު ބާއްވަން އޮތް މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހަށް

އިންޑިއާ އާއި ރާއްޖެ، ކޮންމެ މެޗަކީ ވެސް ފައިނަލެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ފައިނަލްތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، ޕާކިސްތާނުގެ އަމާޒަކީ އެ ދެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފި. ކޯޗު ސޮލާނޯ ފާހަގަކުރި ގޮތުގައި ޕާކިސްތާން އޮތީ މި ޗެލެންޖަށް ތައްޔާރަށް

އެމްބާޕޭ މައްސަލައިގައި ލަލީގާ އިން ޗައިނާއާ ވާހަކަ ދައްކަނީ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް ކަމަށް ދޭހަވާ މޭރުމަކުން އެމްބާޕޭ ވާހަކަދެއްކުމާ ގުޅިގެން، ޗައިނާގައި ލަލީގާ މެޗުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މިހާރު އަންނަނީ ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

މޮރީނިއޯގެ ޕްލޭނުގަައި އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އާނޯލްޑް ހިމެނޭކަން ހާމަކޮށްފައިވަނީ، ވަލްވޭޑޭއަށް އަނިޔާވުމުން ރޭސިން ސަންޓަންޑޭއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަށް ފަހުގައި. މޮރީނިއޯ އާނޯލްޑަށް ތައުރީފު ކުރި ނަމަވެސް، މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު މަދުވުމުން ޖެނުއަރީ މަހު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ފީފާ އިން ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަނީ

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި، ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކައުންސިލް މެމްބަރުންނަށް އެ ތަކެތި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ. ޔުއެފާ އިން ބާރުއަޅަމުންދަނީ ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި، މިހާރުގެ ރައީސް އިންފަންޓީނޯ މަގާމުން ދުރުކުރުމަށް.

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

Newsletter

Get the latest news delivered straight to your inbox