ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ވެމްކޯ އަށް ތަށި، އަދީލް ކްރެޑިޓް ދިނީ ޓީމަށް

ވެމްކޯގެ ކޯޗު އަހުމަދު އަދީލް (ބޭބެ): އޭނާގެ ކޯޗުކަމުގައި އެ ޓީމުން ވަނީ މިދިޔަ ތިން ފަހަރު ވެސް އެސޯސިއޭޝަން ކަޕް ކާމިޔާބުކޮށްފައި.

ވެމްކޯގެ ކޯޗު އަހުމަދު އަދީލް (ބޭބެ): އޭނާގެ ކޯޗުކަމުގައި އެ ޓީމުން ވަނީ މިދިޔަ ތިން ފަހަރު ވެސް އެސޯސިއޭޝަން ކަޕް ކާމިޔާބުކޮށްފައި.

ކްލަބް ވެމްކޯ އިން މި ފަހަރުގެ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ހޯދުމަކީ ހަގީގަތުގައި މުޅި ޓީމުގެ ހިތްވަރުން ހާސިލްކުރެވުނު ކަމެއް ކަމަށް އެ ޓީމުގެ ކޯޗު، އަހުމަދު އަދީލް (ބޭބެ) ބުނެފި އެވެ. 

ވެމްކޯ އިން މި ފަހަރުގެ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި 3-1 ސެޓުން މޮޅުވެގެންނެވެ. މިއީ، ވެމްކޯ އިން އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ހަ ވަނަ ފަހަރެވެ.

އެމްޓީސީސީ ބަލިކޮށް ވެމްކޯ އިން ހަ ވަަނަ ފަހަރަށް އެސޯސިއޭޝަން ކަޕް ކާމިޔާބުކޮށްފި

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި އެމްޓީސީސީ 3-1 ސެޓުން ބަލިކޮށް، ކްލަބް ވެމްކޯ އިން ހަ ވަނަ ފަހަރަށް މި މުބާރާތުގެ ތަށި އުފުލާލައިފި. މުޅި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ވެމްކޯ ތަށި ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ފާތިމަތު ޖޫޒާން ޒަރީރު.

ވެމްކޯ އިން އެސޯސިއޭޝަން ކަޕް ކާމިޔާބުުކުރީ، 2021، 2022، 2023، 2024، 2025 އަދި 2026 ވަނަ އަހަރު އެވެ. މީގެ ތެރެއިން އެންމެ ފަހުން ތިން ފަހަރު މި މުބާރާތުގެ ތަށި އުފުލާލިއިރު، ޓީމަށް އިރުޝާދުދިނީ މި ފަހަރުގެ މުބާރާތުގެ މޮޅު ކޯޗުގެ މަގާމު ހޯދި ބޭބެ އެވެ. 

Advertisement

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި، ބޭބެ ބުނީ، ވެމްކޯ ޓީމާ އޭނަ ހަވާލުވި ފަހުން ޖެހިޖެހިގެން ތިން ފަހަރު މުބާރާތުގެ ތަށި ލިބިގެންދިއުމަކީ ހަގީގަތުގައި އެންމެން އެކުވެގެން ކުރި މަަސައްކަތުން ހާސިލްކުރެވުނު ކަމެއް ކަމަށެވެ. 

"މުބާރާތް 100 ޕަސެންޓް ރެކޯޑަކާ އެކު ހުރިހާ މެޗަކުން މޮޅުވެގެން ނިންމާލެވުމަކީ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމެއް. ހަގީގަތުގައި މި ފަހަރު މިކަން ކުރަން ވަރަށް އުނދަގޫ ފަހަރެއް މިއީ. ވަރަށް ވަރުގަދަކޮށް ޓީމުތައް އޮތީ. ކޮންމެ މެޗެއް ވެސް ވީ ތަފާތު ޗެލެންޖަކަށް. އަހަރެމެންގެ ޓީމްވޯކް، ޑިސިޕްލިން، ދެން ވިނިން ސްޕިރިޓް މި އެހީވީ މި ހުރިހާ ޗެެލެންޖުތަކުން އަރައިގަނެ މި ކާމިޔާބީ ހޯދަން،" ބޭބެ ބުންޏެވެ. 

"ވެމްކޯގެ އެންމެ ބޮޑު ހިތްވަރަަކީ ހަގީގަތުގައި ޓީމްވޯކް. ގިނަ ކުޅުންތެރިން މި ޓީމުގައި ވަރަށް ގިނަ ދުވަހު އެކުގައި ކުޅެފި. އެހެންވެ، އެކަކު އަނެކަކުގެ ކަންކަން ދަނެެގެން އެހީވެގެން ކުޅެން ވެސް ވަރަށް ފަސޭހަ. އެންމެންނަށް އެންމެންގެ ރޯލު އެނގި އެ ޒިންމާ އަދާކުރަން ވަރަށް ރަނގަޅަށް ފައިޓްކުރޭ. ނަތީޖާއަކީ ޓީމެއްގެ ގޮތުަގައި ވަރުގަދަކޮށް ފެނުން،" 

ވެމްކޯގެ ކޯޗު އަހުމަދު އަދީލް (ބޭބެ): އޭނާ ވަނީ މުބާރާތުގެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދާފައި --- ފޮޓޯ: އިމޭޖަސް.އެމްވީ
ވެމްކޯގެ ކޯޗު އަހުމަދު އަދީލް (ބޭބެ): އޭނާ ވަނީ މުބާރާތުގެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދާފައި --- ފޮޓޯ: އިމޭޖަސް.އެމްވީ

ވެމްކޯ ޓީމު ކޯޓު މަތީގައި ލީޑުކުރުމުގައި ފާތިމަތު ޖޫޒާން ޒަރީރު އާއި އައިޝަތު މާޖިދާ (މާޖީ) އިސް ރޯލެއް އަދާކުރާކަން ބޭބެ ފާހަަގަކުރި އެވެ. އަދި، ކޯޓު މަތީގަޔާއި ބޭރުގައި ވެސް ޖޫޒާން އާއި މާޖީގެ ދައުރު ފުރިހަމަ އަށް އަދާކުރުމަކީ މި ކާމިޔާބީ ހޯދަން ވަރަށް ބޮޑަށް ބާރުއެޅުނު ކަަމެއް ކަމަށް ބޭބެ ފާހަގަކުރި އެވެ. 

ވެމްކޯ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީބޯޅަ ކުޅުންތެރިޔާ، އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ކޮށްދިން މަސައްކަތް ވެސް ބޭބެ ވަނީ އަގުވަޒަންކޮށްފަ އެވެ. އަދި، ޓީމުގެ ބާކީ ކޯޗިން ސްޓާފުންނާއި މެނޭޖަރު ވެސް ވަރަށް ރަނގަޅަށް ޓީމެއްގެ ގޮތުގައި މަސައްކަތްކުރިކަން ބޭބެ ވަނީ ފާހަގަކޮށްފަ އެވެ. 

އޭނާ އަށް އިތުބާރުކޮށް ވެމްކޯގެ މެނޭޖްމަންޓުން އެ ޒިންމާ ދިނީތީވެ އެންމެނަށް ޝުކުރު އަދާކުރާ ކަމަށާއި މި ކާމިޔާބީ އަކީ މީގައި ޝާމިލުވެ އުޅުނު ކޮންމެ މީހެއްގެ ވެސް ހިއްސާ އޮތް ކަމެއް ކަމަށް ބޭބެ ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox