ޝެޑިއުލްގެ ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނުލައި ސިފައިން ގައުމީ ފައިނަލަށް

Oct 27, 2026, 1:06 PM
ދިވެހި ސިފައިންގެ ކްލަބަށް މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ހަމަދު މެޗެއްގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ދިވެހި ސިފައިންގެ ކްލަބަށް މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ހަމަދު މެޗެއްގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ގައުމީ ވޮލީބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އިން މި ފަހަރުގެ މުބާރާތުގައި ތަށި ދިފާއުކުރަން ނުކުންނައިރު، މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިން ނުލައި ކުޅެން ޖެހިއްޖެ އެވެ. 

ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދި ސިފައިން މިރޭ ކުޅޭ ފައިނަލުގައި ބައްދަލުކުރާނީ ޕޮލިސް ކްލަބާ އެވެ. ސިފައިން ފައިނަލަށް އައީ ފުރަތަމަ ސެމީގައި 3-2 ސެޓުން ޕޮލިސް ބަލިކޮށްފަ އެެވެ. ފުރަތަމަ ސެމީން ބަލިވިޔަސް، ޕޮލިހުން ވަނީ ތިން ވަނަ ސެމީގައި ކްލަބް އެޗްޑީސީ 3-1 ސެޓުން ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ހޯދައިފަ އެވެ. 

މި ފަހަރުގެ ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލް އެންމެ ފުރަތަމަ އާންމުކުރިއިރު، އޮތީ މި މަހު 25 ވަނަ ދުވަހު މުބާާރާތް ނިމޭ ގޮތަށެވެ.

އެކަމަކު، ބިދޭސީ ކުޅުންތެރިން ޓީމުތަކަށް ކުޅުވަން ބޭނުންވާ އިންޓަނޭޝަނަލް ޓްރާންސްފާ ސެޓިފިކެޓް (އައިޓީސީ)ގެ މައްސަލަތަކެއް ދިމާވެގެން، މުބާރާތް ފަށަން ފުރަތަމަ ތާވަލުކުރި ތާރީހުން އެއް ދުވަސް ފަސްކުރަން ޖެހުނެވެ.

ގައުމީ ވޮލީ މުބާރާތް ފަސްކުރީ އައިޓީސީ ކަންކަން ހައްލުކުރަން ފުރުސަތު ދޭން: ވީއޭއެމް

ބިދޭސީ ކުޅުންތެރިންގެ އިންޓަނޭޝަނަލް ޓްރާންސްފާ ސެޓިފިކެޓް (އައިޓީސީ) އާ ގުޅޭ މައްސަލަތަކެއް ހައްލުކުރުމަށްޓަކައި، އިއްޔެ ފަށަން އޮތް ގައުމީ ވޮލީބޯޅަ މުބާރާތް މިއަދަށް ފަސްކޮށްފި. ވީއޭއެމް އިން ބުނިގޮތުގައި މި ބަދަލު ގެނައީ އެފްއައިވީބީގެ އެންގުމާ އެއްގޮތަށް ކުޅުންތެރިންގެ އައިޓީސީ ފުރިހަމަކުރަން ކްލަބްތަކަށް ފުރުސަތު ދިނުމަށް

އެއް ދުވަސް ފަހުން، މުބާރާތުގެ މެޗުތައް ފަށަން ޖެހުމާ އެކު، ޝެޑިއުލަށް ބަދަލު ގެންނަން ނިންމީ ފައިނަލަށް ދާ އެއް ޓީމެއް ޖެހިޖެހިގެން ތިން ދުވަހު މެޗު ކުޅެން ޖެހޭނެ ކަމަށް ބެލުމަށް ފަހު އެވެ. އެއާ އެކު، ފައިނަލް މެޗު ތާވަލުކޮށްފައިވަނީ، މިރޭ ކުޅޭ ގޮތަށެވެ. އެއީ، އިއްޔެ އަކީ ބްރޭކް ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް ފަހު އެވެ.

ދިވެހި ސިފައިންގެ ކްލަބަށް މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި ކުޅެން ގެނައި، ޕާކިސްތާންގެ ދެ ކުޅުންތެރިން ކަމަށްވާ ހަމަދު މުހައްމަދު އާއި ފަހަދު ރާޒާގެ އައިޓީސީ އާއި ހުރިހާ ކަމެއް ހަމަޖައްސާފައިވަނީ، މި ފަހަރުގެ ވޮލީބޯޅަ މުބާރާތްތައް ބާއްވަން ވީއޭއެމް އިން އެންމެ ފުރަތަމަ ދިން ޝެޑިއުލާ އެއްގޮތަށެވެ.

އެ ޝެޑިއުލްގައިވާ ގޮތުން، މި މަހު 25 އަށް ސީޒަން ނިމޭއިރު، ފަހަދު އާއި ހަމަދު، އެހެން ގައުމެއްގެ މުބާރާތެއް ކުޅެންދާން މިއަދު ޓިކެޓް ނަގައި ހުރިހާ ކަމެއް އޮތީ ހަމަޖައްސައިފަ އެވެ. އަދި، މިއަދު، ހަމަދު އާއި ފަހަދު، އެ މުބާރާތް ކުޅުމަށް ރާއްޖޭން ފުރާފައިވާއިރު، ސިފައިން ގައުމީ ތަށި ދިފާއުކުރަން ކުޅޭ ފައިނަލުގައި، ދެ ކުޅުންތެރިން ވެސް ނުފެންނާނެ އެވެ. 

މި ފަހަރުގެ ގައުމީ މުބާރާތުގައި ފެނިގެންދިޔައީ، ގިނަ މައްސަލަތަކެއް ކުރިމަތިވި މުބާރާތެއްގެ ގޮތުަގަ އެވެ. އެ ގޮތުން، މި ފަހަރުގެ ވޮލީބޯލް އެސޯސިއޭޝަން ކަޕް ޗެމްޕިއަންކަން ހޯދި، ކްލަބް އެމްޓީސީސީން ވަނީ ފުރަތަމަ ސެމީގައި އެޗްޑީސީއާ ކުޅެން އޮތް މެޗު ދޫކޮށްލައިފަ އެވެ. 

ލީގުގެ ތިން ވަނަ ހޯދި އެޗްޑީސީ އާއި ހަަތަރު ވަނަ ހޯދި އެމްޓީސީސީ ބައްދަލުކުރާ ސެމީ ފައިނަލް މެޗު ކުޅެން އެމްޓީސީސީ ޓީމުން ސޯޝަލް އިންޑޯ އަށް ދިޔަ ނަމަވެސް މެޗު ކުޅެފައެއް ނުވެ އެވެ. އެއީ، ބިދޭސީ ކުޅުންތެރިންގެ ކަންކަން ފުރިހަމަ ކުރުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މެޗު ކުޅެން އޮތް ދުވަހު މެންދުުރު ފޮނުވާފައިވާ އައިޓީސީ އެގްރީމެންޓެއްގައި ސޮއިނުކުރާތީ އެވެ. 

އެ އެގްރީމަންޓްގައި އޮތީ، ވީއޭއެމް އިން ބާއްވާ ގައުމީ ވޮލީބޯޅަ މުބާރާތް ވާން ޖެހޭނީ ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ، އެފްއައިވީބީގެ ލެވަލް 1 މުބާރާތެއްގެ ގޮތުގައި ކަމަށެވެ. އެހެންވެ، އެ ގޮތަށް އެފްއައިވީބީގައި މުބާރާތް ރަޖިސްޓްރީ ކުރާތީވެ، ވީއޭއެމް އިން ނިންމީ ކުރިން ރަޖިސްޓްރީކޮށްފައިވާ އައިޓީސީތައް ބަދަލުކުރުމަށް ކްލަބްތަަކަށް އެންގުމަށެވެ. އަދި، އެގްރީމަންޓް ހަދަން ނިންމީ އެކަމުގެ ޒިންމާ ނަގާނެ ކަމަށް ކްލަބްތަކުން އެއްބަސްވުމަށްޓަކަ އެވެ.

ސިފައިން ގައުމީ ފައިނަަލަށް، އެމްޓީސީސީ މެޗު އެޗްޑީސީ އަށް ލިބި ތިން ވަނަ ސެމީ އަށް

ގައުމީ ވޮލީ މުބާރާތުގެ ފައިނަލުން ސިފައިން ޖާގަ ހޯދިއިރު، އައިޓީސީގެ މައްސަލައެއްގައި އެމްޓީސީސީން މެޗު ދޫކޮށްލުމުން އެޗްޑީސީ ވަނީ ތިން ވަނަ ސެމީއަށް ދަތުރުކޮށްފައި. އެމްޓީސީސީން މެޗު ދޫކޮށްލީ ބިދޭސީ ކުޅުންތެރިންގެ އެގްރީމަންޓެއްގައި ސޮއިކުރަން ވީއޭއެމްއިން އެންގި ވަގުތު ކުޑަވުމާއި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން

އެކަމަކު، މެޗު ފަށަން ދެ ގަނޑިއިރެއްހާއިރު ތެރޭ އެ ވަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ކުންފުންޏެއްގެ ދަށުން ހިންގާ ޓީމެއް ކަމަށްވާތީވެ، އެމްޓީސީސީން އެ ވަރުގެ އެއްބަސްވުމެއްގައި ސޮއިކުރަން ގާނޫނީ ލަފާ ހޯދައިގެން ކަމަށް ނިންމި އެވެ. އެހެންކަމުން، މެޗު ފެށެންވާއިރަށް އެ އެގްރީމަންޓްގައި ސޮއިނުކުރެވުމުން، މެޗު ދޫކޮށްލަން ޖެހުނީ އެވެ. އެމްޓީސީސީގެ ކަންބޮޑުވުމަކީ އެ ވަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވީއޭއެމް އިން ދިން މުއްދަތު ކުރުވުމެވެ. 

މި ފަހަރުގެ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި، އެމްޓީސީސީ އެ މެޗު އެ ހާލަތުގައި ނުކުޅެން ނިންމުުމުން، އެޗްޑީސީ މޮޅުވީ ކަމަށް ނިންމީ، ތިން ސެޓު ވެސް 25-0 އިންނެވެ. 

ސިފައިން މިދިޔަ އަހަރުގެ ގައުމީ ތަށި އުފުލާލީ ސީދާ ތިން ސެޓުން އެެޗްޑީސީ ބަލިކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބުރުގެ އައްޔަ ފުރަތަމަ ފަހަރަށް ސީނިއާ ގައުމީ ޓީމަށް

ބުރު ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) ފުރަތަމަ ފަހަރަށް ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ޖާގަ ހޯދައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް 23 ކުޅުންތެރިންގެ ސްކޮޑު މިއަދު އިންޑޮނޭޝިއާ އަށް ފުރާފައިވާއިރު، އަނިޔާގެ ސަބަބުން ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން މިފަހަރުގެ ސްކޮޑުގައި ނުހިމެނޭ

ވިޒިޓް ދަރަވަންދޫ ފުޓްސަލް މުބާރާތުގެ ތަށި ދޮންފަނަށް

ބ. ދަރަވަންދޫ ކައުންސިލުން ބޭއްވި "ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ" ގެ ފައިނަލުގައި ދަ ނޮޓިލަސް 5-0 އިން ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ބ. ދޮންފަނުން ހޯދައިފި އަށް ޓީމު ވާދަކުރި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދޮންފަނު ޓީމުގެ އީރާނު ކުޅުންތެރިޔާ މޮހޮސިން މޮންތާޒެމީ ހޯދިއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އިސްމާއިލް ރަޝީދު

އެޗްޑީސީ ކަޓުވާލައި ގައުމީ ވޮލީ ފައިނަލް ފަހު ޖާގަ ޕޮލިހަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ސެމީ ފައިނަލުގައި ކްލަބް އެޗްޑީސީ 3-1 ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި ޕޮލިސް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާ

ބަޔާން މޮޅުވިއިރު ކޮމްޕެނީ އަށް އޮތް ލޯބި ދައްކާލައިފި

ޖަރުމަނު ލީގުގައި ރޭ ފްރައިބާގް އަތުން ބަޔާން މިއުނިކް 3-1 އިން މޮޅުވިއިރު، ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކޯޗު ވިންސެންޓް ކޮމްޕެނީއަށް ސަޕޯޓަރުން ވަނީ ހެޔޮއެދުންތަކުގެ ބެނާއެއް ދައްކާލާފައި. އެސިސްޓަންޓް ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި ބަޔާންގެ ލަނޑުތައް ޖަހައިދިނީ އުޕަމެކާނޯ އާއި ގްނަބްރީގެ އިތުރުން އޮލީސޭ

އެމްބާޕޭގެ ލަނޑުތަކުން ރެއާލުން ބާސެލޯނާ ބަލިކޮށްފި

ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑުން ރެއާލް މެޑްރިޑުން 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކޮށްފި. މި މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު ރަފީނިއާ ޖަހައިދިންއިރު، މިއީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބާސެލޯނާ ބަލިވި ފުރަތަމަ މެޗު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

Newsletter

Get the latest news delivered straight to your inbox