ކަންކަން ރަަނގަޅު ނުކޮށްފިއްޔާ މެންޗެސްޓާ ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އެބައޮތް ކަމަށް ޓެން ހާގް ބުނެފި

Nov 2, 2026, 1:45 PM
ޔުނައިޓެޑްގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް.

ޔުނައިޓެޑްގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް.

އަމްސްޓެޑަމް، ނެދަލެންޑްސް (ނޮވެމްބަރު 2) - މެންޗެސްޓާ ޔުނައިޓެޑްގައި މިހާރު މައްސަލައަކަށް ވެފައި ހުރި ކަަންކަން ރަނގަޅުނުކޮށްފިނަމަ އެ ކްލަބަށް ރެލިގޭޝަންގެ ބިރު އެބައޮތް ކަމަށް ޔުނައިޓެޑްގެ ކުރީގެ ކޯޗު، ނެދަލެންޑްސްގެ އެރިކް ޓެން ހާގް ބުނެފި އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގައި، ޗެލްސީ އަތުން ޔުނައިޓެޑަށް ބަލިވުމާ އެކު، 1988-1989 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޔުނައިޓެޑުން މި ވަނީ މޮޅެއް ނުލިބި ޖެހިޖެހިގެން ނުވަ މެޗު ނިންމާލައިފަ އެވެ. މިއީ، މިދިޔަ 40 އަހަރު ތެރޭގައި ޔުނައިޓެޑަށް ލީގުގައި އެންމެ ދަށް ފެށުމެވެ. އަދި، މިދިޔަ 38 އަހަރު ތެރޭ އައި އެންމެ ދަށް ފޯމެވެ.  ޗެލްސީ މެޗުގެ ނަތީޖާއާ އެކު ޔުނައިޓެޑް އޮތީ 16 ވަނައިގަ އެވެ. އެއީ، ނުވަ މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު އެވެ.

ޔުނައިޓެޑް އެންމެ ފަހުން، އިނގިރޭސި ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވީ، 1974 ވަނަ އަހަރު އެވެ. އިނގިރޭސި ލީގު ޗެމްޕިއަންކަން 20 ފަހަރު ހޯދާފަައިވާ ޔުނައިޓެޑުން އެންމެ ފަަހުން ލީގު ތަށި އުފުލާލީ 2013 ވަނަ އަހަރު އެވެ. 

Advertisement

ޔުނައިޓެޑަށް 2022 އިން 2024 އަށް ކޯޗުކޮށްދިން ޓެން ހާގް ބުނީ، މި ވަގުތުގެ ހާލަތަށް ބަލާއިރު، ޔުނައިޓެޑަށް ރެލިގޭޝަނާ ކުރިމަތިލާން ޖެހުން އެއީ އެކަށީގެންވާ ކަމެއް ކަމަށެވެ. 

"ޕްރިމިއާ ލީގުގައި އޮތީ ވަރުގަދަ ސްކޮޑުތަކާ އެކު ރަނގަޅު މެނޭޖަރުން، ގޯސް ފަޅި އަކަށް އަރައިގެން ފޯމަށް އަސަރުކޮށްފިއްޔާ ވަަރަށް އުނދަގޫ ހާލަތަކަށް ކުރިމަތިލާން ޖެހޭނެ. ދެން، އެ ހާލަތުން އަރައިގަތުން ވާނީ ވަރަށް އުނދަގޫ ކަމަކަށް،" ޓެން ހާގް ބުންޏެވެ. 

މީގެ ދެ އަހަރު ކުރިން، ޔުނައިޓެޑްގައި އޭނާ ހުރިއިރު، އެ ކްލަބްގެ ކަންތައްތަކާ ގުޅޭގޮތުން ވެސް ޓެން ހާގް ވަނީ ވާހަކަ ދައްކައިފަ އެވެ. އޭނާ ހުރިއިރު ޔުނައިޓެޑުން ރަނގަަޅަށް ކަންކަން ކުރުމުގެ ނަތީޖާ ވެސް ފެންނަން އެބައޮތް ކަމަށާއި އެކަމަކު ކުރެވުނު މަސައްކަތް އިތުރަށް ރަނގަޅު ކުރެވޭނެ ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ. 

"އަހަރެން ޔުނައިޓެޑަށް އައިއިރު އެ ކްލަބް އޮތީ ތަށްޓެއް ނުހޯދައި ހަ އަހަރު ވެފައި. މިހާރު އޮތް ހިސާބު ބަލަމާ. އަހަރެމެން ވެމްބްލީގައި ހަ ފަހަރު ކުުޅުނިން، ދެ ފަހަރު އެފްއޭ ކަޕް ފައިނަލުގައި ވާދަކުރިން. ދެ ތަށި ހޯދިން. ލީގުގެ ތިން ވަނައިގައި ވެސް ނިންމިން. އަހަރެމެން ރަނގަޅަށް ކުޅެ، ރަނގަޅު ފުޓްބޯޅައެއް ވެސް ދައްކައިދިނިން،" ޓެން ހާގް ބުންޏެވެ. 

ރަނގަޅަށް ކަަންކަން ދިޔަކަން ފާހަގަކުރުމަށް ފަހު، ޓެން ހާގް ވަނީ އެ ޓީމުގައި ގޯސްކޮށް ދިޔަ ވަގުތުތަކެއްގެ ސަބަބުން އުނދަގޫ ކަންތައްތަކާ ވެސް ކުރިމަތިލާން ޖެހުނު ކަމަށް ބުނެފަ އެވެ. 

މިދިޔަ އަހަރު ބަޔާ ލެވަކޫސަންގެ ކޯޗުކަމުން ވަކިކުރި ފަހުން، ޓެން ހާގް ހުރީ އަދި ޓީމަކާ ހަވާލުނުވެ އެވެ. އެ ޓީމާ އެކު، ތިން މެޗަށް ނުކުތް ޓެން ހާގް ވަނީ އެ މެޗުތަކަށް ފަހު، ލެވަކޫސަން ކޯޗުކަމުން ވަކިކޮށްފަ އެވެ. އެއީ، ނަތީޖާ ދަށްވުމާއި ކުޅުމުގެ ވައްޓަފާޅިއާ މެދު ކްލަބްގެ މެނޭޖްމަންޓުން ހިތްހަމަނުޖެހިގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox