ލާޒިއޯ އަށް އެއް ވަނައިގައި ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

Nov 2, 2026, 10:04 AM
ލާޒިއޯގެ ޕިނަމޮންޓީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލާޒިއޯގެ ޕިނަމޮންޓީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޓިއުރިން، އިޓަލީ (ނޮވެމްބަރު 2) - އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ލީގުގެ އެއް ވަނައިގައި ލީޑުނެގިއިރު، ނަޕޯލީ އަތުން 2-0 އިން ޔުވެންޓަސް އިން މުހިންމު މޮޅެއް ހޯދައިފި އެވެ. 

ލީގުގައި މި ހަފްތާގައި އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ މިލާން ކުޅުނު މެޗުން އޭސީ މިލާން އަތުން ބަލިވުމުގެ ފައިދާ ލާޒިއޯ އިން މި ވަނީ ރަނގަޅަށް ނަގައިފަ އެވެ. ޖެނާރޯ ގަަޓޫސޯގެ ކޯޗުކަމުގައި ތަފާތު ދައްކަމުން އަންނަ ލާޒިއޯ އިން 10 މެޗު ކުޅުނުއިރު، 28 ޕޮއިންޓް ހޯދާފައިވާއިރު، ލީގުގެ މެޗަކުން ބަލިނުވެ އެވެ. ދެ ވަނައިގައި އިންޓަ އަށް 10 މެޗުން 25 ޕޮއިންޓް، ތިން ވަނައިގައި އޮތް ރޯމާ ވެސް މެޗަކުން ބަލިނުވެ އޮތްއިރު، އެ ޓީމަށް 10 މެޗުން ވަނީ 24 ޕޮއިންޓް ލިބިފަ އެވެ. ސެސްކް ފަބްރެގަސް، ތަފާތު ދައްކަމުން އަންނަ ކޯމޯ ހަތަރެއްގައި އޮތީ 10 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. 

އަމިއްލަ ދަނޑުގައި ކުޅުނު ލާޒިއޯ އިން ކަލިއަރީ ބަލިކުރީ ފަހަތުން އަރަ އެވެ. އެ ގޮތުން، މެޗުގެ 21 ވަނަ މިނިޓްގައި ކަލިއަރީގެ އެމްބާލާ އެންޒޯލާގެ ގޯލުން ލީޑުނެގި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، ގުސްޓާވް އައިސަކްސަން ލަނޑު ޖަހައި، ލާޒިއޯ އަށް އެއްވަރުކޮށްދިނެވެ. 

ލާޒިއޯ އިން މެޗުގެ ތިން ޕޮއިންޓް ކަށަވަރުކުރީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ހުއްޓަ އެވެ. މި ލަނޑު ޖެހީ އަލްފަންސޯ ޕެޑްރާޒާ ދިން ބޯޅައަކުން އަންޑްރެއާ ޕިނަމޮންޓީ އެވެ. 

ޔުވެންޓަސްގެ އަލަޖްބެގޯވިޗް ލަނޑު ޖެހުަމަށް ފަހު އުފާފާޅުކުރަނީ.
ޔުވެންޓަސްގެ އަލަޖްބެގޯވިޗް ލަނޑު ޖެހުަމަށް ފަހު އުފާފާޅުކުރަނީ.

ޔުވެންޓަސް އިން ރޭގެ މެޗުގައި ދެ ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، ލީޑުނެގި ގޯލު މެޗުގެ 70 ވަނަ މިނިޓްގައި ކާމިޔާބުކުރީ ކަރީމް އަލަޖްބެގޯވިޗް އެވެ. މިއީ، އެޑޮން ޒެންގްރޯވާ ދިން ބޯޅައަކުން އަލަޖްބެގޯވިޗް ޖެހި ގޯލެކެވެ. 

ނަޕޯލީން މެޗުގެ ފަހު 15 މިނިޓް ކުޅުނީ، ދެ ވަނަ ރީނދޫ ކާނޑާ އެކު، ލޫކާ މަރިއަނޫޗީ އަށް ރަތެއް ދެއްކުމުން ކުޅުންތެރިއަކު މަދުކޮށެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް، އަންޑްރެއާ ކަމްބިއާސޯ ދިން ބޯޅައަކުން ޔުވެންޓަސްގެ ޖެރެމީ ބޯގާ ވަނީ އެ ޓީމަށް ދެ ވަނަ ލަނޑު ޖަހައިދީފަ އެވެ. 

މި ނަތީޖާއާ އެކު ޔުވެންޓަސް އޮތީ ލީގު ތާވަލުގައި ނަޕޯލީ އަށް ވުރެން އެއް ދަރަޖަ ކުރީގަ އެވެ. ހަތް ވަނައިގައި އޮތް ޔުވެންޓަސް އަށް 10 މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، އަށް ވަނައިގައި އޮތް ނަޕޯލީ އަށް ވަނީ 10 މެޗުން 14 ޕޮއިންޓް ލިބިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox