ސިޓީބިޓީ: ތަރައްގީގެ ފަރުދާގެ ފަހަތުން ވިއްކާލެވޭ ގައުމުގެ ސިޔާދަތު

އާޓްވޯކް -- އަދަދު

އާޓްވޯކް -- އަދަދު

މިއަދަކީ ދިވެހިރާއްޖޭގެ ފަހުރުވެރި ނަސްރުގެ ދުވަހެވެ. މިއީ މި ދިވެހި އިސްލާމީ ބިމުގެ ދިފާއުގައި ދިވެހިން ނުކުމެ، އަމިއްލަ ލެޔާއި ފުރާނައިން މި ގައުމު ދިފާއުކުރި ހިތްވަރުގަދަ އަބްތާލުންގެ ޒިކުރާ އާކުރާ ދުވަހެވެ. އެ ބޭފުޅުންގެ ގުރުބާނީން އަޅުގަނޑުމެންނަށް ދަސްކޮށްދިން އެންމެ އަގުބޮޑު ފިލާވަޅަކީ، މިނިވަންކަމަކީ ހިލޭ ލިބޭ ހަދިޔާއެއް ނޫން ކަމާއި، އެއީ ކޮންމެ ޖީލަކުން ފާރަވެރިވެގެން މެނުވީ ދެމެހެއްޓޭނެ ނިއުމަތެއް ނޫން ކަމެވެ.

ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ނުރައްކާ އަންނަނީ ބަޑިއާއި ބޮމަކުން ނޫނެވެ؛ އެ ނުރައްކާ ފޯރަމުންދަނީ ތަރައްގީގެ ނަމުގައި ދައްކާ ކުލަގަދަ މަންޒަރުތަކާއި، ސިއްރުން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރެއިންނެވެ.

މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު، މުޅި ގައުމުގެ ސަމާލުކަން ހުއްޓިފައިވަނީ ދިވެހިންގެ ބޯހިޔާވަހިކަމުގެ ހައްގާ ގުޅުވައިގެން ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމުގައިވާ "ރަސްމާލެ" އަށެވެ. ދިވެހި ރައްޔިތަކަށް ގޯއްޗެއް ކަނޑާފައި ދިނުމުގެ ކުރިން، ބީލަމަކަށް ލުމެއް ނެތި، އިޒްރޭލުގެ ވާގިވެރިޔާ ކަމަށް ތުހުމަތުކުރެވޭ ޔޫއޭއީގެ ބިލިއަނަރު އަލައްބާރުގެ އީގަލް ހިލްސް ކުންފުންޏަށް 500 ހެކްޓަރުގެ ބިން ދޫކޮށްލަން ނިންމި ނިންމުމަކީ ނުހަނު ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.

މިއީ ދިވެހި ބިމުގެ ވެލިފުކެއް ވެސް ބޭރު ބަޔަކަށް ނުވިއްކާނެ ކަމަށާއި، ބޭރުގެ ނުފޫޒުން ރާއްޖެ ތޯހިރުކުރާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒުގެ ވައުދާ މުޅިން ދިމާ އިދިކޮޅު އަމަލެކެވެ.

މިއަށްވުރެ ބޮޑު މައްސަލައެއް އެބަ އޮތެވެ. ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުކުރެވޭ ގޮތަށް ކެބިނެޓުން ނިންމައި، ބިލެއް ޑްރާފްޓުކޮށް، އެކަން ސިއްރުކުރުމަކީ ވެރިކަމުގެ އަމާނާތްތެރިކަމާމެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެކެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ދައުލަތުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އިހުލާސްތެރިވުމާއި، ގައުމުގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުން ހިމެނެ އެވެ. ނަމަވެސް، ގާނޫނުއަސާސީގެ 251 ވަނަ މާއްދާއިން ބޭރުގެ ފަރާތްތަކަށް ބިން މިލްކު ނުކުރެވޭނެ ކަމަށް ސާފުކޮށް ކަނޑައަޅާފައި ވަނިކޮށް، ހުސްނުވާ 99 އަހަރަށް ބޭރު ބަޔަކަށް ރަސްމާލެއިން ބޮޑު ބައެއް ދޫކޮށްލަން ނިންމުމަކީ ގާނޫނުއަސާސީގެ ހުރުމަތް ކަނޑާލުމެވެ.

މިފަދަ ބޮޑު މަޝްރޫއެއް ރައްޔިތުންގެ މަޖިލީހަށް ނާންގައި، އަދި އާންމުންގެ ހިޔާލެއް ނެތި ފެށުމަކީ އިހުލާސްތެރިކަމުގެ ކަންފުޅެއްވެސް ނެތްކަން ހާމަކޮށްދޭ ކަމެކެވެ. ދިވެހިންގެ ފައިސާއިން ހިއްކާ ބިމެއް ހިލޭ ބަޔަކަށް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

މި މަޝްރޫއަށް ތާއީދުކުރާ ފަރާތްތަކުން 65،000 ހައުސިން ޔުނިޓާއި މާލޭގެ ތޮއްޖެހުމަށް އޮތް ހައްލުގެ ވާހަކަ ދެއްކި ނަމަވެސް، އަޅުގަނޑުމެންގެ ގައުމީ އައިޑެންޓިޓީ ބިނާވެފައިވަނީ މިނިވަން މުސްލިމް ދައުލަތެއްގެ ގޮތުގައެވެ. އެއްވެސް ސަރުކާރަކަށް، ގައުމުގެ މިނިވަންކަމަށް ބުރޫއަރާ ފަދަ ސިއްރު އެއްބަސްވުންތައް ހެދުމުގެ މެންޑޭޓެއް ރައްޔިތުން ދީފައެއް ނުވެއެވެ. އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔަންވާނީ ގައުމުގެ ތަޅުދަނޑި ބޭރު މީހުންނާ ހަވާލުނުކޮށެވެ. ރަސްމާލެ ޑީލަކީ މަޖިލީހާއި މިނިވަން މުއައްސަސާތަކުން ތަހުގީގުކޮށް ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަންކަމެވެ.

ނަސްރުގެ ދުވަހުގެ އަބްތާލުން ގައުމުގެ މިނިވަންކަން ހޯދައިދިނީ ސިއްރު އެއްބަސްވުންތަކެއްގެ ތެރެއިންނެއް ނޫނެވެ. އެހެންކަމުން، ސިފައިންނާއި ފުލުހުންގެ އެންމެ އިސް ވާޖިބަކީ ވަކި ސަރުކާރެއްގެ ސިޔާސީ މަންފާއަށްވުރެ މަތީގައިވާ ގައުމީ މަސްލަހަތާއި ގާނޫނުއަސާސީ ހިމާޔަތްކުރުމެވެ. ހަމައެފަދައިން، ގާނޫނަށް ކިޔަމަންވުމަކީ ލޯ މަރާލައިގެން ހަމައެކަނި "ޔެސް ސަރ" ބުނެގެން ތިބުން ކަމުގައި ނުހަދައި، ދަރީންގެ ދަރީންނަށްޓަކައި މި މި މި ދިވެހި ބިން އޭގެ އަސްލު ގޮތުގައި ހިމާޔާތްކޮށް ފޯރުކޮށްދޭންޖެހެ އެވެ. އެއީ ނަސްރުގެ ދުވަހުގެ ބަތަލުންނަށް އަދާކުރެވޭނެ އެންމެ ބޮޑު އިހުތިރާމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox