ޖެނެރަލް ޖަލީލެވެ؛ މެޑެލްތަކުގައި ދަމިލަ ނުޖައްސަވާށެވެ!

Jan 27, 2026, 6:53 AM
ޖެނެރަލް ޖަލީލެވެ؛ މެޑެލްތަކުގައި ދަމިލަ ނުޖައްސަވާށެވެ!

ދިވެހިންގެ ހިތްތަކުގައި ތިޔައީ އާދައިގެ ބޭފުޅެއް ނޫނެވެ. ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ހަނދާންތަކާ ލާމެހިފައިވާ ޖީލުގެ ހަމަ އެކަކުވެސް، މަނިކުފާނު ގައުމަށް ކޮށްދެއްވި އަގު ނުކުރެވޭހާ ގިނަ އަދި މުހިންމު ހިދުމަތްތަކުގެ މަތިން ހަނދާނެއް ނުނެތޭނެއެވެ. އަދި ތިޔަ ޖެނެރަލް މި ގައުމަށްޓަކައި ޖާނާއި މާލުން ވެވަޑައިގެންނެވި ގުރުބާނީގެ އަގު އަބަދުވެސް ދިވެހިން ވަޒަން ކުރާނެއެވެ.

ހިދުމަތުން މުސްކުޅި ކުރައްވައިގެން ތިޔަ ހުންނެވީ، ގައުމަށްޓަކައި ކުރެއްވި ތެދުވެރި އަދި ވަފާތެރި ހިދުމަތުގެ ޝަރަފާއި އިއްޒަތާ އެކު މުޅި ގައުމުގެ ލޯބި ހޯއްދަވައިގެންނެވެ. މަނިކުފާނުގެ މޭފުޅުގައި އެޅުވިފައިވާ މެޑެލްތައް ރަމްޒުކޮށްދެނީ ހަމައެކަނި މަނިކުފާނު ކުރެއްވި ހިދުމަތްތަކެއް ނޫނެވެ. އެއީ މަނިކުފާނަށްޓަކައި ދިވެހި ރައްޔިތުންގެ ހިތްތަކުގައިވާ ފަޚުރާއި ލޯބިވެސްމެއެވެ.

އިއްޒަތްތެރި ޖެނެރަލްއެވެ! ސިޔާސީ ހިރަފުހުގައި ޖެހިވަޑައިގެން، ތިޔަ ވިދުން ގަދަ މެޑެލްތަކުގައި ދަމިލަ ނުޖައްސަވާށެވެ! ރައީސް ޑރ. މުއިއްޒުގެ ސިޔާސީ ގުލާނަކަށް ވެވަޑައިގެން މާލޭގެ މޭޔަރުކަމަށް ތިޔަ ނުކުމެވަޑައިގަންނަވަނީ، މަނިކުފާނުގެ ކޮނޑުފުޅުގައި ރައީސް އަޅުއްވާނެ ޒިންމާއާއި މަސްއޫލިއްޔަތު އެނގިވަޑައިނުގަންނަވާތީއެވެ.

Advertisement

މާލޭގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ، މަނިކުފާނުގެ ފުރަތަމަ ޒިންމާއަކަށް ވާނީ، މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން، ރައީސް މުއިއްޒު ހިންގަވާފައިވާ ސިޔާސީ ޖަރީމާތަކުން ހިރަފުސް ފޮޅައި އެ ޖަރީމާތައް އޮފުދާރު ކުރެއްވުމެވެ. ރައީސް މުއިއްޒަކީ އާދައިގެ ސިޔާސީ ލީޑަރެއް ނޫނެވެ. އެއީ ދެ ރިއާސަތެއްގައި ވަޒީރަކަށް ހުންނެވި ދުވަސްވަރު، އެތައް ކޮރަޕްޝަނަކާއި ހިޔާނާތުގެ އަމަލުތައް ހިންގެވިކަމަށް ތުހުމަތުކުރެވޭ، ސިޔާސީ ހީލަތްތެރިއެކެވެ.

މަނިކުފާނު ތިޔަ ހިއްޕެވީ، ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން، ބައިނަލްއަގުވާމީ އާބިޓްރޭޝަނެއްގައި ސަރުކާރު ދިފާއުކުރެއްވުމަށް ފަހު، ވަޒީރުކަމުން ވަކިވެވަޑައިގެން، ގައުމާ ދެކޮޅަށް އެ އާބިޓްރޭޝަންގައި ހެކިބަސް ދެއްވި، ބޭފުޅެއްގެ ފަސްބައިގައެވެ. މި ދެންނެވީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ހުށަހެޅި އާބިޓްރޭޝަންގެ މައްސަލައެވެ.

ނޫމަޑީގެ މައްސަލަ ޑިސެމްބަރު 2017 ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން، ދައުލަތުން އެ މައްސަލައިގައި ކުރިއަށްދާނެ ގޮތާއި، ނެގޭނެ ދިފާއުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ރައީސް ޔާމީންގެ ސަރުކާރުން ނިންމުންތައް ނިންމީ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. މުއިއްޒުގެ ބައިވެރިވުމާއެކުގައެވެ. ނަމަވެސް 2018 ގައި ވަޒީރުކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު، ޖޫން 14، 2019 ގައި ނޫމަޑީގެ ފަރާތުން، ޑރ. މުއިއްޒު އާބިޓްރޭޝަނަށް ހެކިބަސް ދެއްވީ ދިވެހި ދައުލަތާ ދެކޮޅަށެވެ.

ކިތަންމެ ވަރަކަށް ދިވެހި ދިދަޔާ މުހާތަބު ކުރައްވައި ރީތި ބަސްތަކުން ތައުރީފު ކުރެއްވިޔަސް، އެފަދަ ބޭފުޅެއްގެ ކިބައިގައި ގައުމަށް އޮންނާނީ ކޮން ވަފާތެރިކަމެއްތޯ އެވެ؟ ގައުމާ މެދުގައި އޮންނާނީ ކޮން ލޯތްބެއްތޯއެވެ؟ ހިތުގައި ޖަހާނީ ނިފާގުކަމުގެ ވިންދު ފިޔަވައި އެހެން ކޮން އެއްޗެއްތޯ އެވެ؟

ޖެނެރަލް ޖަލީލެވެ! މަނިކުފާނަށް މިއަދު ވާގި ދެއްވަން އެ ހުންނެވި ޑރ. މުއިއްޒުގެ ހަގީގަތް އެނގިވަޑައިގަންނަވަނީ ކިހާ ވަރަކަށްތޯއެވެ؟ އަދި މަނިކުފާނު މާލޭގެ މޭޔަރުކަމަށް ގެންނަން އެ އުޅުއްވަނީ ކޮން މަގުސަދެއްގައިކަން މޭރުންވަނީ ކިހާ ވަރަކަށްތޯއެވެ؟ މާލޭ ސިޓީ ކައުންސިލްގެ ތެރެއިން ފޮރުވަންވެފައި ހުރި ސިއްރުތައް ގިނައީއެވެ. ނައްތައިލަންވެފައި ހުރި ލިޔުންތައް ވެސް ގިނައީއެވެ.

މާލޭ ސިޓީ ކައުންސިލްގައި މިހާރު ތިއްބެވި ޕީއެންސީގެ މެމްބަރުން، ކައުންސިލްގެ ބައްދަލުވުންތަކުގެ ކޯރަމް ގެއްލުވާލައި، ކައުންސިލްގައި ހުރި، ކުރީގެ މޭޔަރަށް (ޑރ. މުއިއްޒަށް) ތުހުމަތު ކުރެވޭ މައްސަލަތައް ބެލިޔަނުދޭކަން އެނގިވަޑައިގަނޭތޯއެވެ؟ ކޮންމެ ދުވަހަކު ކޯރަމް ގެއްލުވާލައި ކައުންސިލްގެ މަސައްކަތަށް ހުރަސް އެޅުއްވުމަކީ ރައްޔިތުން އެދޭ ގޮތްތޯއެވެ؟

ޖެނެރަލް ޖަލީލު މޭޔަރުކަމަށް ހޮވިވަޑައިގެންފިއްޔާ، އެންމެ ފުރަތަމަ ޒިންމާއަކަށްވާނީ، މިހާރު މާލޭ ސިޓީ ކައުންސިލްގައި ތިއްބެވި ޕީއެންސީގެ މެމްބަރުން އެ ފޮރުވައިދޭ ހިޔާނަތާއި ކޮރަޕްޝަންގެ މައްސަލަތަކުގެ ހުރިހާ ލިޔެކިޔުންތައް ނައްތާލައި، ޑރ. މުއިއްޒު ހުދު ކާފޫރަށް ހަދައިދިނުމެވެ. މުޖައްރިބު ކަމަކީ، މޭޔަރުކަމަށް ހޮވިވަޑައިގަތަސް، ރައްޔިތުންގެ ހާދިމަކަށް ނުވެވޭނެ ކަމެވެ. ގާނޫނުތަކާއި ގަވާއިދުތަކަށް ވުރެ، އެހިނދުން މަނިކުފާނަށް ވެސް މުހިންމުވާނީ މުލީއާގެއިންނާއި ރައީސް އޮފީހުން އަންނަ އަމުރުތަކެވެ.

ޖެނެރަލް ޖަލީލެވެ! ޤައުމީ ޖިހާދާއި ވަތަނީ ހިދުމަތުގެ މެޑެލްތަކުން މޭމަތި ފުރުއްވައިގެން ހުންނަވައި، ތިޔަ އަރާވަޑައިގަތީ އެފަދަ ހިޔާނާތްތެރި ބޭފުޅެއްގެ ފަށަން ވެއްޓިފައި އޮތް އޮޑިއަށެވެ. އަދި އެއްފަހަރު ވިސްނަވާށެވެ! ލިބެން އޮތް މަގާމަކާއި ހައިސިއްޔަތުގެ ހިޔަނި ކިތަންމެ ބޮޑަސް، ފުރައްސާރަޔާއި ބަދުނާމުގެ ތެރެއަށް ތިމާގެ އަބުރާއި އިއްޒަތް ގަންބައި ނުލައްވާށެވެ!

އެހެން ނޫނަސް، އެއްތިރީސް އަހަރުގެ އަސްކަރީ ހިދުމަތުން 11 މެޑެއްޔާއި ހިދުމަތުގެ ނުވަ ރިބަން ހާސިލުކުރައްވައިގެން ހުންނެވި ޖެނެރަލް ޖަލީލަކީ އަސްކަރީއެކެވެ. ތިޔަބޭފުޅުންގެ ބަހުރުވައިން ނަމަ ދިވެހިރާއްޖޭގެ "މޯސްޓް ޑެކަރޭޓެޑް ސޯލްޖާ" އެވެ. ސިފައިންގެ ބޭކަލެކެވެ. އެޑްމިނިސްޓްރޭޓަރެއް ނުވަތަ އިދާރީ ހިންގުންތެރިއެއް ނޫނެވެ.

އަސްކަރީ ހިދުމަތުގައި ހުރިހާ ކާމިޔާބެއް ހޯއްދެވިޔަސް، އިދާރީ ހިންގުންތެރިކަމުގައި ކާމިޔާބު މީހަކަށް ނުވެދާނެއެވެ. ޖެނެރަލް ޖަލީލުގެ އަސްކަރީ ހިދުމަތުގެ ތާރީހުގެ ފަހުކޮޅު ދެއްކީ އެ ހަގީގަތެވެ. ޖެނެރަލް ޖަލީލުގެ އަސްކަރީ ހިދުމަތުގެ އެންމެ ފަހު މަގާމަކީ ޗީފް އޮފް ޑިފެންސް ފޯސްކަމުގައި ހޭދަކުރެއްވި ތިން އަހަރާއި 81 ދުވަހެވެ. ނަމަވެސް ފެބްރުއަރީ 7، 2012 ގައި އަސްކަރީ ހިދުމަތުން ވަކިވެވަޑައިގަންނަވަން މަޖުބޫރުވީ، އިދާރީ ހިންގުންތެރިކަމުގައި ނަމޫނާ ނުދެއްކި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތުމުންނެވެ.

ފެބްރުއަރީ 7، 2012 ގެ ހާދިސާގައި ދިވެހި ސިފައިންގެ ތެރެއިން ވަރަށް މަދު ބަޔަކު ސަރުކާރާ ދެކޮޅަށް ފާޅުގައި ތެދުވި އިރު، ސިފައިންގެ ތެރެއިން އަސްކަރިއްޔާގެ އެންމެ އިސް ވެރިޔަކީ ޖެނެރަލް ޖަލީލެވެ. ހުރިހާ ޖެނެރަލުންނާއި ހުރިހާ އޮފިސަރުން ހިމެނޭހެން ހުރިހާ ސިފައިން ތިބީ މަނިކުފާނުގެ އަމުރުވެރިކަމުގެ ދަށުގައެވެ. ނަމަވެސް، އޭގެ ތެރެއިން މަދު ބަޔަކު ސަރުކާރާ ދެކޮޅަށް ތެދުވުމުން އެމީހުން ވެސް މައިތިރި ނުކުރެއްވުނެވެ.

އޭރު އޮތް ވެރިކަން، ދައުރު ހަމަވުމުގެ ކުރިން ވެއްޓިގެން ދިޔުމުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ، ސިފައިންނާއި ފުލުހުންގެ އިސް ވެރިންގެ ނާގާބިލުކަމާއި ހިންގުންތެރިކަމެއް ނެތް މިންވަރެވެ. ޖެނެރަލް ޖަލީލުގެ އަސްކަރީ ހިދުމަތަށް ކުޑައިމީސް ކުރަނީކީ ނޫނެވެ. ނަމަވެސް، އަސްކަރިއްޔާގެ އެންމެ އިސް އިދާރީ ހިންގުންތެރިޔާގެ ހައިސިއްޔަތުން މަނިކުފާނަށް މެޑެއްޔެއް ހާސިލެއް ނުކުރެއްވުނެވެ.

ޖެނެރަލް ޖަލީލެވެ! ކުރުކޮށް ދަންނަވާ ނަމަ، މަނިކުފާނަކީ އިދާރީ ހިންގުންތެރިއެއް ނޫނެވެ. ސިފައިންގެ ބޭކަލެކެވެ. ލިބިވަޑައިގެން ހުންނެވި ޝަރަފާއި އިހްތިރާމަށް ކިލަނބުކަމެއް އަޔަނުދީ، މަނިކުފާނުގެ ރޮނގުން ގައުމަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނަވާށެވެ. މިހާރު ވެސް އެ ރޮނގުން މަނިކުފާނުގެ ހިދުމަތް ގައުމަށް ބޭނުންވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox