މަތީ ތައުލީމަށް ބޭރަށް ދާން ބޭނުންތަ؟ ޒެޑެކްސް ސްޓަޑީއާއެކު ހުވަފެން ހަގީގަތަކަށް

މަތީ ތައުލީމަށް ބޭރަށް ދާން ބޭނުންތަ؟ ޒެޑެކްސް ސްޓަޑީއާއެކު ހުވަފެން ހަގީގަތަކަށް

ބޭރު ގައުމަކުން މަތީ ތައުލީމު ހާސިލުކުރުމަކީ ގިނަ ދަރިވަރުންތަކެއް ދެކޭ ހުވަފެނެކެވެ. މީގެ އަށް އަހަރު ކުރިން، 2018 ވަނަ އަހަރުން ފެށިގެން ދަރިވަރުންނާއި ބެލެނިވެރިންގެ އިތުބާރު ހޯދާފައިވާ ޒެޑެކްސް ސްޓަޑީ (ZEDEX Study) އަކީ މި ހުވަފެން ހަގީގަތަކަށް ހަދައިދިނުމުގެ އެއް ބައިވެރިޔާ އެވެ.

މިހާތަނަށް 600 އަށްވުރެ ގިނަ ދަރިވަރުން ދުނިޔޭގެ ފެންވަރުގެ ޔުނިވަސިޓީތަކަށް ފޮނުވައިދީފައިވާ ޒެޑެކްސްގެ މަގުސަދަކީ ހަމައެކަނި ދަރިވަރުން ބޭރަށް ފޮނުވުމެއް ނޫނެވެ. އެއީ ކިޔަވައި ނިމެންދެން ދަރިވަރުންނާ އެކު ތިބޭނެ އިތުބާރު ހުރި ބައިވެރިއެކެވެ.

ޒެޑެކްސް ހިޔާރުކުރަންވީ މުހިންމު ސަބަބުތައް:

ޒެޑެކްސްއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި މެލޭޝިއާ، ޔޫކޭ، އޮސްޓްރޭލިއާ، ކެނެޑާ، އަޔަލޭންޑް އަދި ޖަރުމަނުވިލާތް ފަދަ ގައުމުތަކުގެ ޝަރަފުވެރި ޔުނިވަސިޓީތަކުން ޖާގަ ހޯދައިދިނުން ހިމެނެ އެވެ. މި ހުރިހާ ހިދުމަތެއްވެސް ދަރިވަރުންނަށް ލިބިގެންދާނީ މުޅިން ހިލެ އެވެ.

ޔުނިވަސިޓީ ޕްލޭސްމަންޓް، ސްކޮލަޝިޕް އެހީތެރިކަން، ސްޓޫޑަންޓް ލޯނު އަދި ވީސާގެ ކަންކަން އެއް ފުރާޅެއްގެ ދަށުން ނިންމައިދެ އެވެ. ރާއްޖެއިން ފުރީއްސުރެ ގްރެޖުއޭޓް ވަންދެން 24 ގަޑިއިރު ދަރިވަރުންނަށް ބޭނުންވާ އެހީ ފޯރުކޮށްދެ އެވެ.

މިގޮތުން އެއާޕޯޓުން ބަލައިދިއުމާއި، ހުންނާނެ ތަން ހަމަޖެއްސުމުގެ އިތުރުން ކުއްލި ހާލަތްތަކުގައިވެސް އިރުޝާދު ދީ އެހީތެރިވެދެ އެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ލޯންޖް އެކްސެސް، ޓިކެޓާއި ކާގޯގެ ހެޔޮ ރޭޓްތައް، އަދި ފުރާއިރު ހިލޭ ސިމް ކާޑެއް ލިބޭނެ ގޮތް ހަމަޖައްސައިދެ އެވެ.

ޒެޑެކްސް މެގާ ސްޓޫޑަންޓް ގިވްއަވޭ 2026

މި އަހަރު ކިޔަވަންދާ ދަރިވަރުންނަށް ޒެޑެކްސްއިން ވަނީ ވަރަށް އަގުހުރި އިނާމުތަކެއް ހުށަހަޅާފަ އެވެ.

އެޕްލިކޭޝަން ހުށަހަޅައިގެން ހޯދޭ އިނާމުތައް: ފެބްރުއަރީ 28، 2026 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް މާފުށީގައި ހަތަރު މީހަކަށް ދެ ރޭގެ ޗުއްޓީއެއް، އެޕަލް އައިޕެޑް (11th Gen)، ޖޭބީއެލް ސްޕީކަރު، އަދި ހޮޓެލް ޖެންގެ އިފްތާރު ބުފޭ ފަދަ އެތައް އިނާމެއް ލިބޭނެ އެވެ.

އެންރޯލްމަންޓް ގްރޭންޑް ޕްރައިޒް: ޒެޑެކްސް މެދުވެރިކޮށް ކިޔަވަންދާ ދަރިވަރުންގެ މެދުގައި ނެގޭ ގްރޭންޑް ޕްރައިޒްތަކުގެ ތެރޭގައި ދެ ކުއްޖަކަށް ހުރިހާ ހަރަދަކާއެކު އުމްރާ ދަތުރެއް، ތިން ރޭގެ ކްރޫޒް ދަތުރެއް، އަދި މެލޭޝިއާގައި ބާއްވާ ބައިނަލްއަގުވާމީ ފަންނާނުންގެ ކޮންސެޓް ޓިކެޓްފަދަ ޝައުގުވެރި އިނާމުތައް ހިމެނެ އެވެ.

ކިޔަވަން ދިއުމަށް ޒެޑެކްސް ހިޔާރުކުރާށެވެ. މިއީ ތިޔަ ދަރިވަރުންގެ މުސްތަގުބަލު އުޖާލާކުރުމަށް ލިބޭނެ އެންމެ ރަނގަޅު އެހީތެރިކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox