ކަނޑުން ބައެއް ވިއްކާލި ކަމަށް ބުނާ މައްސަަލައިގައި ރާއްޖެއިން އަމަލުކުރި ގޮތް ބަލައި ފިޔަވަޅު އަޅަން ކޮމިޝަނެއް އުފައްދައިފި

ރައީސް މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ: މި ކޮމިޝަން އުފައްދާފައި މި ވަނީ ރަސްމާލެ ވިއްކައިލުމާ ދެކޮޅު އަޑުތައް ގަދަވެފައި ވަނިކޮށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ: މި ކޮމިޝަން އުފައްދާފައި މި ވަނީ ރަސްމާލެ ވިއްކައިލުމާ ދެކޮޅު އަޑުތައް ގަދަވެފައި ވަނިކޮށް -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެ އާއި ފޯޅަވައްސާ ދެމެދުވާ ކަނޑުން ބައެއް ވިއްކައިލި ކަމަށް ބުނާ މައްސަލައިގައި ރާއްޖެއިން އަމަލުކޮށްފައިވާ ގޮތް ބަލައި ފިޔަވަޅު އަޅަން ރައީސް މުހައްމަދު މުއިއްޒު ކޮމިޝަނެއް އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ކޮމިޝަން އުފެއްދީ ރާއްޖޭގެ ކަނޑުން ބޮޑު ސަރަހައްދެއް ގެއްލިފައިވަނީ ރާއްޖެއިން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ކަމަށް ކަނޑުން އެކަމުގައި އަމަލުކުރާނެ ގޮތެއް ހޯދުމަށް އައްޔަނުކުރި ބޭރުގެ މާހިރުންގެ ރިޕޯޓުތަކުން ލަފާދީފައި ވާތީ، އެކަން ބަލައި ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ.

ކޮމިޝަނަށް ރައީސް އައްޔަން ކުރި މެންބަރުން 

  • އަހުމަދު ޝާކިރު (ކަށިމާ ޝާކިރު)
  • އަބްދުލްއަޒީޒް ޔޫސުފް
  • އާމިނަތު ޝާފިޔާ އާދަމް
  • އަބްދުލްމުހުސިން މުހައްމަދު
  • ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރޓޑ) މުހައްމަދު ސާދިގު
  • އަހުމަދު އަލީ މަނިކު
  • ފާތިމަތު މިންހަތު އިއްޒަތު

އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހަ ކަމެއް ހަމަޖައްސާފައިވެ އެވެ. އެއީ އިޓްލޮސްއަށް މައްސަލަ ހުށަހެޅުމާ ހަމައަށް އެ މައުލޫ އެގޮތަށް ހުށަހެޅި ކުރިއަށް ދިޔުމާއި އެ މައްސަލައިގައި ޖަވާބުދާރީވުމަށްޓަކައި ސީދާގޮތުންނާއި ނުސީދާގޮތުން ލަފާދިން މީހުން އަމަލުކޮށްފައިވާ ގޮތް ބަލައި ތަހުގީގު ކުރުމާއި އެ މީހުންނަށް އިހުތިޔާރާއި ބާރުތައް ލިބިގެންވީ މީހުންގެ ގާނޫނީ އިހުމާލެއް އޮތް ތޯ ބެލުމެވެ.

އޭގެ އިތުރުން، އެ ފަރާތްތަކުގެ މައްޗަށް ގާނޫނީ އިހުމާލެއް އޮތްނަމަ، އެކަންކަން ބަލައި އެ ފަރާތްތަކުގެ ގާނޫ އިހުމާލުގެ ކަންކަން ކަނޑައެޅުމާއި އިޓްލޮސް މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ބަލަހައްޓައި ރައްކާކޮށްފައިވާ ގޮތް ތަހުގީގު ކުރުން ވެސް އެ ކޮމިޝަނުގެ ޒިންމާއެއްގެ ގޮތުގައި ހަމަޖައްސައިފައިވެ އެވެ.

އަދި، އިޓްލޮސް މައްސަލައާ ގުޅިގެން ޒިންމާކުރުވަންޖެހޭ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމާއި އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރަން ކޮމިޝަނަށް ފެންނަ ކަންކަން ހުށަހަޅަން ވެސް އެ ކޮމިޝަނުގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ހަމަޖައްސައިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox