ސަލަފުން ބުނަނީ އެ ޖަމިއްޔާގެ ހުށަހެޅުންތަކަށް ރިއާޔަތް ކުރައްވާނެކަމުގެ ޔަގީންކަން މުއިއްޒު ދެއްވި ކަމަށް

ޖަމިއްޔަތުއް ސަލަފުގެ ތަރުޖަމާނު، ހަސަން މޫސާ ފިކުރީ -- ފޮޓޯ: ސަލަފް ޖަމިއްޔާ

ޖަމިއްޔަތުއް ސަލަފުގެ ތަރުޖަމާނު، ހަސަން މޫސާ ފިކުރީ -- ފޮޓޯ: ސަލަފް ޖަމިއްޔާ

ދިވެހިރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރުވުމުގެ ކުރިން ކަށަވަރުކުރަން ޖަމިއްޔަތުއް ސަލަފުން ހުށަހެޅި ކަންކަމަށް ރިއާޔަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު ދެއްވި ކަމަށް އެ ޖަމިއްޔާގެ ތަރުޖަމާނު، ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެ އެވެ.

ފިކުރީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން މިދިޔަ އާދީއްތަ ދުވަހު ސަލަފު ޖަމިއްޔާއިން މުއިއްޒުއާ ބައްދަލުކޮށް އެ ޖަމިއްޔާގެ ހުށަހެޅުންތައް ހިއްސާކުރި ކަމަށެވެ.

"އަދި، އެ ކަންކަމަށް ރިއާޔަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައި،" ފިކުރީ ވިދާޅުވި އެވެ.

ސަލަފުން މިއަދު ނެރުނު ބަޔާނެއްގައި ސަރުކާރަށް ގޮވާލައިފައި ވަނީ އެހެން ދީންތަކުގެ މީހުން ވަޒަންވެރި ކުރުވުމުގެ ކުރިން އަށް ކަމެއް ކަށަވަރު ކުރުވުމަށެވެ. އެއީ؛

  1. އިސްލާމީ ޝަހުސިއްޔަތާއި ގައުމީ ސިޔާދަތު ހިމާޔަތް ކުރުން
  2. ދައުލަތުގެ ސިޔާދަތާއި އިސްތިރާޖީ މިނިވަންކަން ހިމާޔަތް ކުރުން
  3. އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާތައް ދިރާސާކުރުން
  4. ދިވެހި ރައްޔިތުންނަށް އެންމެ މަތީ މަންފާ ލިބޭނެ އިގްތިސާދީ ތަރައްގީއަކަށް އަމާޒުހިފުން
  5. ދެފުށްފެންނަ ހާމަކަން ބޮޑު ސިޔާސަތެއް ގާއިމް ކުރުން
  6. ހުޅުވާލެވިފައިވާ އިގްތިސާދެއް އޮތުން އަދި ގައުމީ އަސާސްތަކުގެ މެދުގައި ހަމަހަމަކަން ގާއިމް ކުރުން
  7. ދާއިމީ މޮނިޓަރިންގެ ނިޒާމެއް ގާއިމް ކުރުން
  8. އިޖްތިމާއީ އަސަރުތައް ވަޒަން ކުރުން

އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިވުމަށް ތާއީދުކޮށް ސަލަފުން މިއަދު ބަޔާނެއް އާންމު ކުރީ އިޒްރޭލާއި ޒަޔަނިސްޓުންނަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސްއަށް ރަސްމާލެ ވިއްކާލަން ސަރުކާރުން ނިންމި ނިންމުން ދިރާސާ ކުރުމަށްފަހު އެވެ. 

ރަސްމާލޭގެ އެއްވެސް ތަނެއް އަދި ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އިޒްރޭލުގެ ރައްޔިތަކަށް ވަޒަންވެރި ނުވެވޭނެ ގޮތެއް ކަށަވަރު ކުރަންޖެހޭ ކަމަށް ސަލަފުގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ރަސްމާލެ މަޝްރޫއިން ދިވެހި ރައްޔިތުންނަށް ބޮޑު މަންފާއެއް ލިބޭނެކަން ކަށަވަރު ކުރަންޖެހޭނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފި އެވެ. 

އޭގެ އިތުރުން، އެފަދަ މަޝްރޫއުއެއް ކުރިއަށްގެންދިޔުމުގެ ކުރިން ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންގެ މަޝްވަރާ ވަރަށް ފުޅާ ދާއިރާއެއްގައި ހޯދުމަށް ސަލަފުގެ ބަޔާނުގައި އޮތީ ސަރުކާރަށް ގޮވާލައިފަ އެވެ. 

"މިފަދަ ބޮޑު ނިންމުންތަކުގައި ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި މުޖްތަމައުގެ އަފުރާދުން ފާޅުކުރާ އިހުލާސްތެރި ހިޔާލާއި މަޝްވަރާ ވީހާ ވެސް ފުޅާ ދާއިރާއެއްގައި ހޯދައި ރައްޔިތުންގެ އިތުބާރު އޮންނާނެ ގޮތަކަށް ކަންކަން ކުރިއަށްގެންދިއުން [ލާޒިމު]،" ސަލަފުގެ ބަޔާނުގައި ބުނެފައިވެ އެވެ. 

ރަސްމާލޭ މަޝްރޫއު ކުރިއަށްދާނެ ގޮތް މިހާތަނަށް ހާމަވެފައިނުވާ ކަމަށް ވެސް ސަލަފުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. 

"މަޝްރޫއުގެ އަމަލީ އަދި ގާނޫނީ ތަފުސީލުތައް ފުރިހަމައަށް ކަށަވަރުވެގެންދާނީ އެ އެއްބަސްވުމާއި ކަމާ ބެހޭ ގާނޫނު ވުޖޫދުވުމުން،" ސަލަފުން ބުންޏެވެ.

ހަމައެއާއެކު ރަސްމާލޭ މަޝްރޫގެ އެއްބަސްވުންތައް ހާމަކުރަން ވެސް އެ ޖަމިއްޔާއިން ގޮވާލި އެވެ. އަދި އެ ޕްރޮޖެކްޓުގެ ގާނޫނީ އޮނިގަނޑު ފަރުމާ ކުރަންޖެހޭނީ ގައުމީ މަސްލަހަތު އެންމެ އިސްކުރުމަށްފަހު ކަމަށް ސަލަފުން ބުނެފައިވެ އެވެ. 

"... އެއްބަސްވުން ދެފުށް ފެންނަ ގޮތެއްގައި ހާމަކޮށް، ރައްޔިތުންގެ މަޝްވަރާއާއެކު އިސްލާމީ އަދި އިޖްތިމާއީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބާކަން މޮނީޓާކޮށް، ގައުމީ މަސްލަހަތު އެންމެ އިސްކޮށް ރައްކާތެރި ކުރެވޭނެހެން މަޝްރޫއުގެ އެއްބަސްވުންތަކާއި ގާނޫނީ އޮނިގަނޑު ފަރުމާ ކުރުމަށް ދިވެހި ސަރުކާރަށް ޖަމިއްޔަތުއްސަލަފުން އިލްތިމާސް ކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ. 

ސަރުކާރުން ބުނަނީ ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށެވެ. އެކަމަކު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ބުނީ ރަސްމާލެއިން ފުރަތަމަ ލިބޭ 99 އަހަރުގެ ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެތަން ވިއްކާލައިފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ. 

ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން މަސައްކަތް ކުރަނީ ނޮވެމްބަރު 11، ގަ އެވެ. އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox