ސިއްހަތަށް ނުރައްކާވާ މިންވަރަކަށް ކުޅުދުއްފުށީގައި މިއަދު ވައި ނުސާފު

ކުޅުދުއްފުށި ސިޓީ -- ފޮޓޯ: ފައިލް

ކުޅުދުއްފުށި ސިޓީ -- ފޮޓޯ: ފައިލް

ކުޅުދުއްފުށި ސިޓީގެ ވައިގެ ސާފުކަން ހުރި މިންވަރު, ނުވަތަ އެއާ ކޮލިޓީ އިންޑެކްސް 151 އަށް އަރައި، ސިއްހަތަށް ނުރައްކާތެރި މިންވަރަކަށް މި ސިޓީގެ ވައި ނުސާފުވެއްޖެ އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ރަސްމީ ވެބްސައިޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ސިޓީގެ ވައިގެ ނުސާފުކަން ހުރީ އާންމު ސިއްހަތަށް ބުރޫއަރާ ފަދަ މިންވަރެއްގަ އެވެ.

މިގޮތުން ވައިގެ ތެރޭގައި ހުންނަ ނުސާފު މާއްދާގެ ތެރެއިން ސިއްހަތަށް އެންމެ ބޮޑަށް އަސަރުކުރާ ޕީއެމް, 2.5 ގެ މިންވަރު ވެސް ވަނީ މަތިވެފަ އެވެ.

މިކަމާ ގުޅިގެން މެޓް އޮފީހުން ވަނީ ރާއްޖޭގެ މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައި ނުސާފުވެ، ދުންފިނި ބޯވަމުންދާތީ ސަމާލުވާން އެދި އިލްތިމާސެއް ނެރެފަ އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި، ހުޅަނގު އުތުރުން ޖެހެމުންދާ ވައިގެ ސަބަބުން ރާއްޖޭގެ ސަރަހައްދުތަކުގެ ފެންނަ މިންވަރު (ވިޒިބިލިޓީ) ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. އަދި ސާފު ދުވަސްތަކުގައި 10 ކިލޯމީޓަރަށްވުރެ ދުރަށް ފެނުނު ނަމަވެސް، ވޭތުވެދިޔަ ދެ ދުވަހު އުތުރުގެ އަތޮޅުތަކަށް ފެންނަ މިންވަރު ވަނީ ދެ ކިލޯމީޓަރަށް ދަށްވެފައިކަމަށް އެ އޮފީހުން ބުނެ އެވެ.

އެއާ ކުއަލިޓީ އިންޑެކްސް 150 އިން މައްޗަށް ދިޔުމުން އާންމުކޮށް ހުރިހާ އެންމެންގެ ސިއްހަތަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ އެވެ. ހާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި، ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުން މިފަދަ ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅުމުގައި ސަމާލުވުމަށް ސިއްހަތާ ބެހޭ އިދާރާތަކުން އިރުޝާދު ދެއެވެ. 

އިރުވަޔާއެކު ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ވައިނުސާފުވެ އެވެ. އެއީ އުތުރު އިންޑިއާގައި އުފެދޭ ދުންފުސް ވަޔާއެކު ރާއްޖެއާ ހަމައަށް އަންނާތީ އެވެ. އިންޑިއާގެ ވައިނުސާފުވަނީ ވެހިކަލާއި ފެކްޓަރީތަކުގެ ސަބަބުންނެވެ. އަދި ދަނޑުބިން އަންދާތީ ވަރަށް ބޮޑަށް ވައިނުސާފުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox