ނުރައްކާތެރި މިންވަރަކަށް ކުޅުދުއްފުށީގައި މިއަދު ވައި ނުސާފު
ކުޅުދުއްފުށި ސިޓީގެ ވައިގެ ނުސާފުކަން ހުރި މިންވަރު 151 އަށް އަރައި، އާންމު ސިއްހަތަށް ނުރައްކާވާ މިންވަރަށް އެ ސިޓީގެ ވައި ވަނީ ތަޣައްޔަރުވެފައެވެ. ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ދުންފިނި ބޯވެ ފެންނަ މިންވަރު ދަށްވެފައިވާތީ، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި ކުޑަކުދިން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ.