ސްޕޮންސާ ކޮށްގެން ގެނެސްދޭ ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ހަބަރުތައް ވަކިވާނެހެން ގެނެސްދޭން އެމްޖޭއޭއިން ގޮވާލައިފި

Oct 28, 2026, 8:42 PM
އެމްޖޭއޭގެ މެންބަރުން ބައިވެރިވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އެމްޖެއޭ

އެމްޖޭއޭގެ މެންބަރުން ބައިވެރިވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އެމްޖެއޭ

ސްޕޮންސާ ކޮށްގެން ޝާއިއުކުރާ ހަބަރުތަކާއި މިނިވަން ނޫސްވެރިކަމުގެ ތެރެއިން އުފައްދާ ހަބަރުތައް ވަކިވާނެހެން ރިޕޯޓުކުރުމަށް ނޫސްވެރިންގެ ހައްގުގައި ވަކާލާތުކުރާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ނޫސް އިދާރާތަކުގެ އެޑިޓަރުންނަށް ގޮވާލައިފި އެވެ.

އެމްޖޭއޭގެ ވެބްސައިޓުގައި މިރޭ އާންމުކުރި ބަޔާނެއްގައި ވަނީ ނޫސްތަކުގެ ވިޔަފާރި މުއާމަލާތްތަކުގެ ސަބަބުން ނޫސްވެރިން ނުރައްކަލަށް ހުށަހެޅޭ ފަދަ ކަންކަން ނުކުރުމަށް އެޑިޓަރުންނަށް އިލްތިމާސްކޮށްފަ އެވެ. އަދި، ސްޕޮންސާކޮށްގެން މީޑިއާތަކުން ގެނެސްދޭ ކޮންޓެންޓު، އެއީ ޕްރޮމޯޝަނަލް ކޮންޓެންޓުކަން ކިޔުންތެރިންނަށް އެނގޭނެ ގޮތަށް ލޭބަލް ކުރުމަށް ވެސް އެމްޖޭއޭއިން ގޮވާލައިފައިވެ އެވެ.

ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑަށް ރިއާޔަތްކޮށް، މީޑިއާތަކުގެ އެޑިޓޯރިއަލް މިނިވަންކަން ކަށަވަރުކުރުމަކީ މީޑިއާތަކުގެ އަސާސީ މަސްއޫލިއްތެއް އަދި ޒިންމާއެއްކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެމްޖޭއޭއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، އީގަލް ހިލްސް ކުންފުނީގެ ސްޕޮންސަރުގައި ޔޫއޭއީއަށް ގޮސް އެ ކުންފުނިން ކުރިއަށް ގެންދާ އެކި މަޝްރޫއުތަކާ ގުޅޭ ހަބަރުތައް ގެނެސްދޭ ނޫސްވެރިންނަށާއި އެ މީހުންގެ އާއިލާތަކަށް ސީރިއަސް އިންޒާރުތަކެއް ސޯޝަލްމީޑިއާގައި ދެމުންދާ ދަނޑިވަޅެއްގަ އެވެ.

އެމްޖޭއޭއިން ވަނީ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅައިފަ އެވެ. އަދި، އެ ނޫސްވެރިންނަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް ފުލުހުންގެ ކިބައިން އެ ޖަމިއްޔާއިން އެދިފައިވެ އެވެ.

އެމްޖޭއޭއިން ބުނީ ނޫސްވެރިން މަސައްކަތް ކުރަނީ އެ ނޫސްވެރިއަކު ނިސްބަތްވާ މީޑިއާ އިދާރާއެއްގެ އެޑިޓޯރިއަލް އުސޫލުތަކާއި ސިޔާސަތުތަކާ އެއްގޮތަށް ކަމަށެވެ. އެހެން އެކަން އޮތްއިރު، ވަޒީފާގެ ޒިންމާ އަދާކުރާ ވަކިވަކި ނޫސްވެރިންނާމެދު ނަފުރަތު އުފައްދައި އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox