ރަސްމާލެއާ ގުޅުވައި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ އެމްޖޭއޭއިން ފުލުހަށް ހުށަހަޅައިފި

އެމްޖޭއޭގެ ރައީސް، އަހުމަދު ނާއިފް ނޫސްވެރިން ކުރިއަށް ގެންދިޔަ މުޒާހަރާގައި އަޑު އުފުލަނީ -- ފޮޓޯ: އަނޫފް ޖުނެއިދު

އެމްޖޭއޭގެ ރައީސް، އަހުމަދު ނާއިފް ނޫސްވެރިން ކުރިއަށް ގެންދިޔަ މުޒާހަރާގައި އަޑު އުފުލަނީ -- ފޮޓޯ: އަނޫފް ޖުނެއިދު

ރަސްމާލޭގެ ދެބައިކުޅަ އެއްބައި ޔޫއޭއީގެ އީގަލް ހިލްސްއަށް ދީގެން ކުރިއަށް ގެންދަން ސަރުކާރުން މަސައްކަތް ކުރަމުންދާ މަޝްރޫއު ޕްރޮމޯޓުކުރާ ނޫސްވެރިންނާމެދު ނަފުރަތު އުފައްދައި އިންޒާރުދޭ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް އެދި ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން  ފުލުހަށް މައްސަލަ ހުށަހަޅައިފި އެވެ.

ސޯޝަލްމީޑިއާގައި އިންޒާރުދެމުން ދަނީ އީގަލް ހިލްސް ކުންފުނީގެ ސްޕޮންސަރުގައި ޔޫއޭއީއަށް ގޮސް އެ ކުންފުނިން ކުރިއަށް ގެންދާ އެކި މަޝްރޫއުތަކާ ގުޅޭ ހަބަރުތައް ގެނެސްދޭ ނޫސްވެރިންނަށެވެ. އޭގެ ތެރެއިން ބައެއް ނޫސްވެރިންނަށާއި އެމީހުންގެ އާއިލާތަކަށް ސޯޝަލްމީޑިއާގައި މަރުގެ އިންޒާރު ވެސް ދީފައިވެ އެވެ.

އެމްޖޭއޭއިން ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ވަނީ، އެ ނޫސްވެރިންނަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް ފުލުހުންގެ ކިބައިން އެދިފަ އެވެ.

އެމްޖޭއޭއިން ބުނީ ނޫސްވެރިން މަސައްކަތް ކުރަނީ އެ ނޫސްވެރިއަކު ނިސްބަތްވާ މީޑިއާ އިދާރާއެއްގެ އެޑިޓޯރިއަލް އުސޫލުތަކާއި ސިޔާސަތުތަކާ އެއްގޮތަށް ކަމަށެވެ. އެހެން އެކަން އޮތްއިރު، ވަޒީފާގެ ޒިންމާ އަދާކުރާ ވަކިވަކި ނޫސްވެރިންނާމެދު ނަފުރަތު އުފައްދައި އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެގޮތަށް ދޭ އިންޒާރުތަކުގެ ސަބަބުން ނޫސްވެރިންނާއި އެ މީހުންގެ އާއިލާތަކަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިވެ އެ ފަރާތްތަކުގެ ސަލާމަތަށް ނުރައްކާވެފައިވާކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

އެމްޖޭއޭއިން ފުލުހުންނަށް ފޮނުވި ސިޓީގައި ވަނީ މީގެ ކުރިން ވެސް ނޫސްވެރިންނަށް ކުރާ ފުރައްސާރަ މީގެ ކުރިން ވެސް ކަންބޮޑުވާ މިންވަރަށް އިތުރުވަމުން ގޮސްފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅުމުގެ އިތުރުން، އެމްޖޭއޭއިން ވަނީ ސްޕޮންސާ ކޮށްގެން ގެނެސްދޭ ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ މަސައްކަތްތައް ސާފުކޮށް ވަކިވާނެހެން ގެނެސްދިނުމަށް ރާއްޖޭގެ ހުރިހާ ނޫސްތަކުގެ އެޑިޓަރުންނަށް ގޮވައިލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox