ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މުއިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފި

ޕާކިސްތާނުގެ އިންޓަނޭޝަނަލް ޔުނިވާސިޓީގެ ފަރާތުން، ރައީސް މުއިއްޒުއަށް އެރުވި އޮނަރަރީ ޑޮކްޓަރޭޓު، ޕާކިސްތާނުގެ ބޮޑުވަޒީރު މުއިއްޒުއަށް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް

ޕާކިސްތާނުގެ އިންޓަނޭޝަނަލް ޔުނިވާސިޓީގެ ފަރާތުން، ރައީސް މުއިއްޒުއަށް އެރުވި އޮނަރަރީ ޑޮކްޓަރޭޓު، ޕާކިސްތާނުގެ ބޮޑުވަޒީރު މުއިއްޒުއަށް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް

ޕާކިސްތާނުގެ ވެރިރަށް، އިސްލާމްއާބާދުގައި ހުންނަ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ރައީސް މުހައްމަދު މުއިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓުގެ ޝަރަފު މިއަދު އަރުވައިފި އެވެ.

އެ ޔުނިވާސިޓީން މުއިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓުގެ ޝަރަފު އަރުވާފައި ވަނީ ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިންނެވެ. އެމަނިކުފާނަށް އެ ޝަރަފު އެރުވީ ޕާކިސްތާނުގެ ބޮޑުވަޒީރު، ޝެހްބާޒް ޝަރީފުގެ ރަސްމީ ގެކޮޅުގަ އެވެ.

މުއިއްޒު ވަނީ އެ ޝަރަފު އެމަނިކުފާނަށް އެރުވުުމުން ޝުކުރުއަދާ ކުރައްވައި، އެ ޝަރަފު ހާއްސަ ކުރައްވަނީ ދިވެހިންނަށް ކަމަށް ވިދާޅުވެފަ އެވެ. 

ރަސްމީ ދަތުރެއްގައި މުއިއްޒު ޕާކިސްތާނަށް ވަޑައިގެންނެވީ އިއްޔެ އެވެ. މިއީ ފާއިތުވި 10 އަހަރުދުވަހުގެ ތެރޭގައި ޕާކިސްތާނަށް ރާއްޖޭގެ ރައީސްއަކު ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޕާކިސްތާނަށް އެންމެފަހުން ވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުގައްޔޫމް އެވެ.

ޕާކިސްތާނަށް މުއިއްޒު ވަޑައިގެން މިއަދު ވަނީ ރަސްމީ ބައްދަލުވުންތައް އެ ގައުމާއެކު ކުރިއަށް ގެންގޮސްފަ އެވެ. އެ ބައްދަލުވުންތަކަށްފަހު، ޕާކިސްތާނާއެކު ދިވެހިރާއްޖެއިން ވަނީ 20 ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި އަސްކަރީ އެއްބަސްވުމެއް ވެސް ހިމެނެ އެވެ.

ޕާކިސްތާނާއެކު މިއަދު ސޮއި ކުރި އެއްބަސްވުންތައް 

  1. ޓެކްނޮލޮޖީ، ސައިބާ ސެކިއުރިޓީ، އޭއައި، ގެ ދާއިރާއިން އެއްބާރުލުން ދިނުމަށް
  2. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަށް
  3. އިޖްތިމާއީ ރައްކާތެރިކަމާ ގުޅޭ
  4. ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމަށް އަދި އެފްޑީއޭއަށް އެހީތެރިވުމަށް
  5. ޕާކިސްތާނުން ސިއްހީ ހިދުމަތްތެރިން ހޯދުމަށް
  6. އަސްކަރީ ގޮތުން ދެ ގައުމުން އެއްބާރުލުން ދިނުމަށް
  7. މެރިޓައިމް ސެކިއުރިޓި ކޯޕަރޭޝަންގެ ދާއިރާއިން އެއްބާރުލުން ދިނުމަށް
  8. ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް
  9. މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް
  10. ޓެކްނިކަލް އަދި ވޮކޭޝަނަލް ޓްރެއިނިން ދިނުމަށް
  11. ތައުލީމީ ދާއިރާއިން އެއްބާރުލުން ދިނުމަށް
  12. ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް
  13. ދެ ގައުމުގެ ދެމެދުގައި ކުރާ ވައިގެ ދަތުރުފަތުރު އިތުރު ކުރަން
  14. ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރަން
  15. އާޓްސް، ކަލްޗާ އަދި ހެރިޓޭޖުގެ ދާއިރާއިން ގުޅުން ބަދަހި ކުރަން
  16. ދެ ގައުމުގެ ޕޮލިސް އެކަޑަމީއިން ސޮއި ކުރި އެމްއޯޔޫ
  17. ދެ ގައުމުގެ ސިވިލް ސާވިސް ކޮމިޝަނުގެ މެދުގައި ސޮއި ކުރި އެމްއޯޔޫ
  18. ސިވިލް ސާވިސް ކޮމިޝަނާއި ޕާކިސްތާނުގެ ފެޑެރަލް ޕަބްލިކް ސާވިސް ކޮމިޝަނާ ދެމެދު ސޮއި ކުރި އެމްއޯޔޫ
  19. ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ވިޔަފާރި ކުރން އެސްޓީއޯ އާއީ ޓްރޭޑިން ކޯޕަރޭޝަން ޕާކިސްތާނާ ދެމެދު ސޮއި ކުރި އެމްއޯޔޫ
  20. ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހި ކުރަން

ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށްފަހު، ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ޝެހްބާޒްއާއެކު ބޭއްވުނު މަޝްވަރާތަކަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށްދިޔަ، ނަތީޖާ ނެރެވޭނެ ފަދަ މަޝްވަރާތަކެއް ކަމަށެވެ. 

 މި މަޝްވަރާތައް ނިމިގެންދިޔައިރު، ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް ދެ ގައުމުގެ މެދުގައި އޮތް ސާފު އަޒުމާއި އެއްގޮތް ވިސްނުންތައް ހާމަވެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މި ބައްދަލުވުމުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މުހިންމު ދާއިރާތަކަކުން 20 ފަހުމުނާމާއެއްގައި ސޮއިކުރެވިގެން ދިޔުމަކީ ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި މުއިއްޒު ސިފަކުރެއްވި އެވެ.

ހާއްސަކޮށް އިގްތިސާދީ ގޮތުން ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމަށްޓަކައި، މިހާރު އޮތް 13 މިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ ޑެޕިއުޓީ މޭޔަރަާއި އިތުރު ދެ މީހުން ކުންފުނިތަކުގެ ބޯޑަށް

މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް މޯލްޑިވްސް ޕޯސްޓްގެ ބޯޑަށް، އަދި އިތުރު ދެ ބޭފުޅަކު އެސްޓީއޯ އާއި އެސްޕީއެމްސީގެ ބޯޑަށް ޕީސީބީން މިއަދު ވަނީ އައްޔަނުކޮށްފައި މީގެ ކުރިން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަރީޝްއަކީ އެމްޑީޕީ ދޫކުރައްވައި މިހާރު ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ބޭފުޅެއ

"އެއް ގައުމެއްގެ މީހުންނަށް ގަނެވޭނީ ރަސްމާލޭގެ 25 ޕަސެންޓު"

ރަސްމާލެއިން ބޭރު ގައުމުތަކުގެ މީހުންނަށް ޕްރޮޕަޓީ ގަނެވޭނީ ވަކި އިންސައްތައަކަށް ކަމަށާއި، އެއްވެސް ގައުމެއްގެ ރައްޔިތުންނަށް 25 ޕަސަންޓަށްވުރެ އިތުރަށް ބިން ނުގަނެވޭނެ ގޮތަށް ގާނޫނެއް އެކުލަވާލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. މި މަޝްރޫއުގެ ދަށުން އިޒްރޭލު މީހުންނަށް ފުރުސަތު ނޯންނާނެ ކަމަށް.

ހުޅުޖަހަން ހިތްވަރުދިން ޒިހާން ހައްޔަރުކޮށްފި

ދައުލަތުގެ މުހިންމު އިދާރާތަކެއްގައި ހުޅުޖެހުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކުރީ ސުޕްރީމް ކޯޓާއި، ރައީސް އޮފީހާއި، މަޖިލީހުގައި ހުޅުޖެހުމަކީ މަޖާ ކަމަކަށް ވާނެ ކަމަށް ބުނެ ކުރި ޕޯސްޓާ ގުޅިގެން ބަލަމުންދާ މައްސަލައެއްގައެވެ.

އޮޑިޓު އޮފީހުން އެދުނު 133.6 މިލިއަން ރުފިޔާގެ ފާސްކޮށްފި

އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ހުށަހެޅި 133.6 މިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. މި ބަޖެޓުގެ ބޮޑު ބައެއް އޮފީހުގެ ހިންގުމަށާއި މުވައްޒަފުންގެ މުސާރައަށް ކަނޑައަޅާފައިވާއިރު، 43.5 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި އިމާރާތްކުރާ އެ އޮފީހުގެ އާ އިމާރާތަށެވެ.

ރަސްމާލޭގައި ސްކޫލްތައް ނުހުންނާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ރަސްމާލޭގެ އީގަލް ހިލްސް މަޝްރޫއު ހިންގާ ސަރަހައްދުގައި ސްކޫލްތައް ނުހުންނާނެ ކަމަށާއި، އެތަނުގައި އެހެން ދީންތަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. ނަމަވެސް، ކުރިން ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެ ސަރަހައްދުގައި ސްކޫލްތަކާއި ސިއްހީ މަރުކަޒުތައް ހުންނާނެ ކަމަށް.

99 އަހަރުވުމުން ވެސް ރަސްމާލެ އަނބުރާ ލިބޭނީ އަގު ދައްކައިގެން

"މި އިންވެސްޓްމެންޓުގެ ތެރެއިން މި އެޅޭ، ނޫނީ ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް މި ގަނެވެނީ. އެ ފަރާތުން ދެ އެތަން ޖެހޭނީ ސަރުކާރަށް، ދައުލަތަށް ވިއްކަން. ދައުލަތަށް ލިބޭނީ. ސަރުކާރުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ،" ރައީސް ވިދާޅުވި އެވެ.

ފަޔާގެ އަމާޒު: މާލީ މިނިވަންކަން ދީ، ވިޔަފާރިވެރިން އުފެއްދުން

ފައްޔާޒް އިސްމާއިލްގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ 10،000 ވިޔަފާރިވެރިން އުފައްދައި، ރައްޔިތުންނަށް މާލީ މިނިވަންކަން ހޯދައިދިނުމަށް. އޭނާގެ އަމާޒަކީ ވަޒީފާގެ ބިރުވެރިކަމުން ރައްޔިތުން ސަލާމަތްކޮށް، ރަށްރަށުގެ އިގްތިސާދީ ފުރުސަތުތަކުގެ ބޭނުން ހިފައިގެން އަމިއްލަ މަސައްކަތުން ކުރިއަށްދެވޭނެ މަގު ފަހިކޮށްދިނުން.

Newsletter

Get the latest news delivered straight to your inbox