މިލިޓަރީ އެމްއޯޔޫއަކާއެކު 20 އެއްބަސްވުމެއްގައި ޕާކިސްތާނާއެކު ސޮއިކޮށްފި

Oct 21, 2026, 12:50 PM
ރައީސް މުއިއްޒާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް: ގާތްގަނޑަކަށް ހުރިހާ ދާއިރާއަކުން ގުޅުން ބަދަހި ކުރަން އެއްބަސްވުންތަކުގައި ސޮއި ކުރި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް: ގާތްގަނޑަކަށް ހުރިހާ ދާއިރާއަކުން ގުޅުން ބަދަހި ކުރަން އެއްބަސްވުންތަކުގައި ސޮއި ކުރި -- ފޮޓޯ: ރައީސް އޮފީސް

އަސްކަރީ ގޮތުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރަން ސޮއި ކުރި އެމްއޯޔޫއާއެކު މުހިންމު 20 އެއްބަސްވުމެއްގައި ދިވެހިރާއްޖެއިން ޕާކިސްތާނާއެކު ސޮއިކޮށްފި އެވެ. 

އެ އެއްބަސްވުންތަކުގައި ސޮއި ކުރީ ރައީސް މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުގެ ތެރެއިންނެވެ. އެމްއޯޔޫތަކުގައި ސޮއި ކުރުމުގެ އިތުރުން ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ވެސް އެ ދަތުރުގެ ތެރެއިން ކުރިއަށްގެންދާނެ އެވެ. 

ޕާކިސްތާނާއެކު މިއަދު ސޮއި ކުރި އެއްބަސްވުންތައް 

  1. ޓެކްނޮލޮޖީ، ސައިބާ ސެކިއުރިޓީ، އޭއައި، ގެ ދާއިރާއިން އެއްބާރުލުން ދިނުމަށް
  2. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަށް
  3. އިޖްތިމާއީ ރައްކާތެރިކަމާ ގުޅޭ
  4. ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމަށް އަދި އެފްޑީއޭއަށް އެހީތެރިވުމަށް
  5. ޕާކިސްތާނުން ސިއްހީ ހިދުމަތްތެރިން ހޯދުމަށް
  6. އަސްކަރީ ގޮތުން ދެ ގައުމުން އެއްބާރުލުން ދިނުމަށް
  7. މެރިޓައިމް ސެކިއުރިޓި ކޯޕަރޭޝަންގެ ދާއިރާއިން އެއްބާރުލުން ދިނުމަށް
  8. ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް
  9. މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް
  10. ޓެކްނިކަލް އަދި ވޮކޭޝަނަލް ޓްރެއިނިން ދިނުމަށް
  11. ތައުލީމީ ދާއިރާއިން އެއްބާރުލުން ދިނުމަށް
  12. ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް
  13. ދެ ގައުމުގެ ދެމެދުގައި ކުރާ ވައިގެ ދަތުރުފަތުރު އިތުރު ކުރަން
  14. ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރަން
  15. އާޓްސް، ކަލްޗާ އަދި ހެރިޓޭޖުގެ ދާއިރާއިން ގުޅުން ބަދަހި ކުރަން
  16. ދެ ގައުމުގެ ޕޮލިސް އެކަޑަމީއިން ސޮއި ކުރި އެމްއޯޔޫ
  17. ދެ ގައުމުގެ ސިވިލް ސާވިސް ކޮމިޝަނުގެ މެދުގައި ސޮއި ކުރި އެމްއޯޔޫ
  18. ސިވިލް ސާވިސް ކޮމިޝަނާއި ޕާކިސްތާނުގެ ފެޑެރަލް ޕަބްލިކް ސާވިސް ކޮމިޝަނާ ދެމެދު ސޮއި ކުރި އެމްއޯޔޫ
  19. ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ވިޔަފާރި ކުރން އެސްޓީއޯ އާއީ ޓްރޭޑިން ކޯޕަރޭޝަން ޕާކިސްތާނާ ދެމެދު ސޮއި ކުރި އެމްއޯޔޫ
  20. ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހި ކުރަން

ރައީސް މުއިއްޒު ވެރިކަމަށް އައީ "އިންޑިއާ އައުޓް" އެޖެންޑާއަކާއެކު އެވެ. އިންޑިއާއާ ދުރަށް ޖެހުމުގެ މަގުޗާޓެއް ވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު އެމަނިކުފާނު އިއުލާނު ކުރެއްވި އެވެ. ނަމަވެސް މާލީ ގޮތުން ދަތިވުމުން ރައީސް މުއިއްޒު ވަނީ އިންޑިއާއާއެކު އޮތް ގުޅުން ރަނގަޅު ކުރަން މަސައްކަތް ކުރައްވާފަ އެވެ.

Advertisement

އޭގެ ފަހުން އޮކްޓޯބަރު، 2024، ގައި މުއިއްޒު އިންޑިއާއަށް ވަޑައިގެން ބޮޑުވަޒީރު މޯދީއާ ބައްދަލު ކުރެއްވި އެވެ. އަދި ރާއްޖެ އާއި އިންޑިއާގެ ގުޅުން ކުރިއަށްގެންދާނެ ގޮތުގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއި ކުރި އެވެ.  

ޕާކިސްތާނާއެކު 20 އެމްއޯޔޫއެއްގައި ދިވެހި ސަރުކާރުން މިއަދު ސޮއިކުރިއިރު، އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއިން ދައްކަންޖެހޭ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕެއް ރޯލްއޯވާ ކޮށްދީފަ އެވެ. އަދި އެއީ އިންޑިއާ އަތުން ކުރިން ނެގި ކަރަންސީ ސްވޮޕު ދެއްކި ދުވަހު ދިން ސްވޮޕެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox