އީގަލް ހިލްސްއާއެކު ހެދި އެއްބަސްވުން ހާމަކުރައްވާނަންތޯ ސުވާލުކުރުމުން މުއިއްޒު ޖަވާބެއް ނުދެއްވި

ރައީސް މުހައްމަދު މުއިއްޒު: ރަސްމާލެއިން އީގަލް ހިލްސްއަށް ދޫކޮށްލާ 500 ހެކްޓަރު ބިމުގައި ހިންގާ މަޝްރޫއާ ގުޅޭ އެއްބަސްވުމުގެ ތަފްސީލް ހާމަކުރުމާ ގުޅޭގޮތުން އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު: ރަސްމާލެއިން އީގަލް ހިލްސްއަށް ދޫކޮށްލާ 500 ހެކްޓަރު ބިމުގައި ހިންގާ މަޝްރޫއާ ގުޅޭ އެއްބަސްވުމުގެ ތަފްސީލް ހާމަކުރުމާ ގުޅޭގޮތުން އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރި ރަސްމާލެއިން އިޒްރޭލަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލާ 500 ހެކްޓަރުގެ ބިމުގައި އެ ކުންފުނިން ހިންގާ މަޝްރޫއުގެ އެއްބަސްވުން ހާމަކުރާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އެ ސުވާލަށް ރައީސް މުހައްމަދު މުއިއްޒު ޖަވާބެއް ނުދެއްވި އެވެ. 

ދަ ޕަލްސް ޕްރޮގްރާމުގައި ނޫސްވެރިޔާ ސުވާލުކުރީ ރަސްމާލެއިން ޕްރޮޕަޓީތައް ވިއްކާ މުއްދަތާއި ގުޅޭގޮތުން އަދި ދެފުށް ފެންނާނެ ގޮތަށް ރައްޔިތުންނަށް މަޝްރޫއުގެ އެއްބަސްވުން ހާމަކުރުމާ ގުޅޭގޮތުންނެވެ.

"ރަސްމާލެ މަޝްރޫއު ރަސްމީ އެއްބަސްވުމެއްގައި އަދި ނެތް ސޮއިކުރެވިފައެއް. އެނގޭތޯ. ދެން އަޅުގަނޑުމެންނަށް މައުލޫމާތު މި ލިބެނީ ކުރިއަށް އޮތްތަނުގައި ވަރަށް ބާރު ސްޕީޑުގައި މިކަން ނިންމާލެވޭނެ ކަމަށް. ދެން މިކަމާ ގުޅޭގޮތުން ސަރުކާރުގެ ވާދަވެރިން ވަރަށް ގިނަ ވާހަކަ އެބަ ދައްކަވާ،" ނޫސްވެރިޔާ ސުވާލު ކުރަމުން ބުންޏެވެ. 

"އެގޮތުން އެތަނުގެ ޕްރޮޕަޓީއެއް ގަނެ އެތަނުގައި ދިރިއުޅުމަށްފަހު، އަނެއްކާ ވިއްކާލާއިރުގައި 99 އަހަރު ލިބޭނެ ކަމަށްވެސް ބައެއް ބޭފުޅުން އެބަ ވިދާޅުވޭ. މީގެ ހަގީގަތަކީ ކޮބައިތޯ. ދެން ދެފުށް ފެންނާނެ ގޮތަކަށް މި އެއްބަސްވުން ރައްޔިތުންނަށް ހާމަކުރައްވާނަންތޯ."

ނޫސްވެރިޔާ ކުރި ސުވާލަށް މުއިއްޒު ޖަވާބު ދެއްވީ ހަމައެކަނި ރަސްމާލެ މަޝްރޫއުގެ ޕްރޮޕަޓީ ވިއްކާލާ މުއްދަތާ ގުޅޭގޮތުންނެވެ. މަޝްރޫއުގެ އެއްބަސްވުން ހާމަކުރުމާ ގުޅޭގޮތުން އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. 

 މުއިއްޒު ވިދާޅުވީ ރަސްމާލެއިން ގަންނަ ޕްރޮޕަޓީސްތައް އެތަންތަން ގަންނަ ފަރާތްތަކަށް ލިބޭނީ 99 އަހަރަށް ކަމަށެވެ. އެއަށްފަހު އެމީހުން ޖެހޭނީ އެތަންތައް ސަރުކާރަށް ވިއްކާލަން ކަމަށެވެ.

"މި އިންވެސްޓްމެންޓުގެ ތެރެއިން މި އެޅޭ، ނޫނީ ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް މި ގަނެވެނީ. އެ ފަރާތުން ދެ އެތަން ޖެހޭނީ ސަރުކާރަށް، ދައުލަތަށް ވިއްކަން. ދައުލަތަށް ލިބޭނީ. ސަރުކާރުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ،" މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ ކުލީގެ ގޮތުގައި ލިބޭ 99 އަހަރު ހަމަވުމުގެ ކުރިން ރަސްމާލޭގެ ޕްރޮޕަޓީއެއް ވިއްކަން ބޭނުންވިޔަސް ވިއްކަންޖެހޭނީ ސަރުކާރަށް ކަމަށެވެ. އެހެން ފަރާތަކަށް ވިއްކާލުމާމެދު ގޮތެއް ނިންމާނީ ސަރުކާރުން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. 

ސަރުކާރުން ބުނަނީ އީގަލް ހިލްސްއަށް ރަސްމާލެ ވިއްކާލަނީ 99 އަހަރަށް ކަމަށެވެ. ނަމަވެސް އީގަލް ހިލްސް އިން ބުނެފައި ވަނީ ސަރުކާރުން އެ ބުނާ 99 އަހަރުގެ މުއްދަތު ހަމަވުމުގެ ކުރިން ރަސްމާލޭގެ ޕްރޮޕަޓީއެއް ވިއްކާލައިފި ނަމަ ނުވަތަ ހިބައިން ދީފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ. 

ސަރުކާރުން ބުނަނީ ރަސްމާލެއަށް އީގަލް ހިލްސް އިން 20 ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށެވެ. އެކަމަކު އީގަލް ހިލްސް އިން ބުނަނީ އެ ކުންފުނިން އިންވެސްޓު ކުރާނީ 12 ބިލިއަން ޑޮލަރު ކަމަށެވެ. އަލައްބާރު ފަހުން ވިދާޅުވީ 20 ބިލިއަން ޑޮލަރަކީ އެތަނުގެ މަސައްކަތް ނިމުމުން ތަނުގެ އަގު ހުންނާނެ މިންވަރު ކަމަށެވެ. 

ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނެ އެވެ. އެއީ ގާނޫނުތައް ހުއްދަ ކުރާ ކަމަކަށް ނުވާތީ ސަރުކާރުން އުޅެނީ އެ ޕްރޮޖެކްޓަށް ފަހިކުރަން ގާނޫނުތަކެއް ހަދާށެވެ. އަދި ނޮވެމްބަރު 11، ގައި އެގްރިމެންޓުގައި ދާއިމީ އެގްރިމެންޓުގައި ސޮއި ކުރެވޭތޯ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. 

ރަސްމާލެ ހިއްކުމުެގ ޕްރޮޖެކްޓަކީ ޑިސެމްބަރު 17، 2023 ގައި ފެށި ޕްރޮޖެކްޓެކެވެ. އޭރު ބުނީ އަށް މަސް ތެރޭގައި ބިން ހިއްކާ ނިންމާލާނެ ކަމަށެވެ. ނަމަވެސް އެ ތާރީހާއި އެ ފަހުން ދިން އެއްވެސް ތާރީހަކަށް ރަސްމާލެ ހިއްކާ ނުނިމޭއިރު، މިއަދާ ހަމައަށް މި ޕްރޮޖެކްޓަށް 1000 އަށް ވުރެ ގިނަ ދުވަސް ވޭތުވެއްޖެ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox