މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހާއްސަ އާންމު ޖަލްސާ (އީޖީއެމް) އެއް ބާއްވަން އިއުލާންކޮށްފި އެވެ.
އެމްއައިބީން މައުލޫމާތުދޭ ގޮތުގައި، އެ ބޭންކުގެ އީޖީއެމް ބޭއްވުމަށް ތައްޔާރުވަމުން ދަނީ އަންނަ މަހުގައި އެވެ.
އީޖީއެމްގައި ބައިވެރިވެވޭނީ މި މަހުގެ 26 ވަނަ ދުވަހުގެ ބުކް ކްލޯސް ކުރާ ވަގުތު ކަމުގައިވާ 14:00 ގެ ކުރިން އެ ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށް ކަމަށް އެމްއައިބީން ބުންޏެވެ.
އެމްއައިބީގެ ހިއްސާދާރުންނަށް ޖަލްސާގައި އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެ، ވޯޓު ދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައި ވެސް އެ ބޭންކުން ބުނެފައިވެ އެވެ.
މި ޖަލްސާ ބާއްވާނެ ތާރީހާއި، ވަގުތު އަދި އެޖެންޑާ އާއި ވޯޓުލުމުގެ އިޖުރާއަތްތަކުގެ ތަފުސީލު ހިމެނޭ ރަސްމީ ނޯޓިސް ކުރިއަށް އޮތް ތަނުގައި އެ ބޭންކުގެ ވެބްސައިޓް mib.com.mv/about-us/investor-relations ގައި ޝާއިއުކުރާނެ އެވެ.

އެމްއައިބީން ބުނީ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ހިއްސާދާރުން އެ ބޭންކުގެ އިންވެސްޓާ ރިލޭޝަންސް ޑިޕާޓްމަންޓުގެ އީމެއިލް investor.relations@mib.com.mv ނުވަތަ ފޯނު ނަންބަރު 3012205 އަށް ގުޅައިގެން އެ މައުލޫމާތު ހޯދުމަށެވެ.












