ރަސްމާލެ ވިއްކާލުމާ ޝަހީމް ދެކޮޅު، އޭޕީއާއެކު ކޯލިޝަން ހަދަނީ ސަރުކާރުން ޝަހީމް ވަކިވެދާނެކަމުގެ ބިރު އޮތުމުން!

ޒަކާތު ހައުސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު -- ފައިލް ފޮޓޯ

ޒަކާތު ހައުސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު -- ފައިލް ފޮޓޯ

ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އިޒްރޭލާ ގުޅުން އޮންނަ ޔޫއޭއީގެ މަހުޖަނު މުހައްމަދު އަލައްބާރުގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމާ، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ފެށުނީއްސުރެ ދެކޮޅު ކަމަށާއި، އަދާލަތު ޕާޓީ (އޭޕީ) އާއެކު ކޯލިޝަން ހަދަން މުއިއްޒު ނިންމި މައިގަނޑު އެއް ސަބަބަކީ ޝަހީމް ސަރުކާރުން ވަކިވެދާނެކަމުގެ ބިރު އޮތުން ކަމަށް މަސްދަރުތަކުން ބުނެފި އެވެ.

އަދަދު ނޫހާ ވާހަކަ ދެއްކި އިތުބާރު ކުރެވޭ މަސްދަރުތަކުން ބުނި ގޮތުގައި، ރާއްޖޭން ބައެއް ބޭރު ބަޔަކަށް މިލްކުކޮށް ދިނުމާއި މިހާރު ރާވާފައިވާ ގޮތަށް ބިންތައް ދޫކުރުމަށް ޝަހީމް ވަނީ ކެބިނެޓުގައި ވެސް އަދި ސީދާ މުއިއްޒަށް ވެސް އޭނާގެ ސްޓޭންޑް ހާމަކުރައްވާފަ އެވެ.

"ޝަހީމް އެ ވާހަކަ ކެބިނެޓުގައި ދެއްކެވި. ރަސްމާލެ ވިއްކާލުމަށް ސޮއިކޮށްފި ނަމަ ޝަހީމު [ސަރުކާރުގައި] ނުހުންނާނެ، ޔަގީން ކުރައްވާ،" މައުލޫމާތު ދިން އެކަކު ބުންޏެވެ.

Advertisement

މަސްދަރުތަކުން އިތުރަށް ފާހަގަކުރި ގޮތުގައި، މިވަގުތު ޝަހީމް ސަރުކާރުގައި ހުންނެވި ނަމަވެސް، މި ދައުރު ނިމެންދެން އޭނާ ސަރުކާރުގައި ބަހައްޓަވާނެ ކަމަކަށް ނުބެލެވެ އެވެ. މިކަމާ ގުޅޭ ގޮތުން ޝަހީމްގެ ބަހެއް ހޯދުމަށް ރޭ ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ކުރި މަސެޖު ދޮގެއް ވެސް ނުކުރައްވަ އެވެ.

އަދާލަތު ޕާޓީގެ ބައެއް މަސްދަރުތަކުން ބުނި ގޮތުގައި، މި ދައުރުގެ ބާކީ އޮތް މުއްދަތުގައި އަދާލަތު ޕާޓީ ސަރުކާރުގައި ބައިވެރިކުރުމަށާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް މުއިއްޒު ހުށަހެޅުއްވި މައިގަނޑު އެއް ސަބަބަކީ ޝަހީމް ސަރުކާރު ދޫކުރައްވައި ނުކުމެވަޑައިގެންފާނެ ކަމުގެ ބިރު އޮތުމެވެ.

"އެހެންވެ ސަރުކާރުން ވަކިވެ އަދާލަތު ޕާޓީގެ ކޮންޓްރޯލް ޝަހީމް ނަގައިފާނެ ކަމުގެ ބިރު އޮތުމުން، އަދި ދީނީ އިލްމުވެރިންގެ އަޑު އިތުރަށް ގަދަވެ މުއިއްޒުއާ ދެކޮޅަށް މަސައްކަތްކޮށްފާނެ ކަމުގެ ބިރު އޮތުމުން އަދާލަތާއެކު ކޯލިޝަން އެ ހަދަނީ،" އަދާލަތު ޕާޓީގެ މަސްދަރަކުން ބުންޏެވެ.

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު އިއްތިހާދުވެ، މުއިއްޒަށް ތާއީދުކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފައިވަނީ ރޭ ބޭއްވި ބައްދަލުވުމުގަ އެވެ.

އަދާލަތު ޕާޓީން ބުނި ގޮތުގައި، ޖުމުލަ 63 މެންބަރުން ހިމެނޭ މަޝްވަރާ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި ވޯޓު ދެވޭ 47 މެންބަރުން ބައިވެރިވިއިރު، އެ ގަރާރު ފާސްވީ 41 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އަދާލަތު ޕާޓީގެ ދުސްތޫރުގެ 46.1 ވަނަ މާއްދާއިން މަޝްވަރާ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން ފާސްކުރި އެ ގަރާރުގައި މައިގަނޑު ތިން ކަމެއް ވަނީ ކަނޑައަޅާފަ އެވެ. އެއީ ރައީސް މުއިއްޒު ދެއްވި ރަސްމީ ދައުވަތު ގަބޫލުކޮށް މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާއެކު ކޯލިޝަނެއްގެ ގޮތުގައި ބައިވެރިވެ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒަށް ތާއީދުކޮށް މަސައްކަތްކުރުމުގެ އިތުރުން، ޕާޓީގެ މަގުސަދުތަކާއި މެންބަރުންގެ ހައްގުތަކާއި ދުރު މުސްތަގުބަލުގެ މަސްލަހަތުތަކަށް ރިއާޔަތްކޮށް ކޯލިޝަންގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިންތިޒާމުތައް ކަނޑައަޅައި، ދުސްތޫރުގެ 46.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުން އެކުލަވާލުމަށްފަހު ޕީއެންސީއާއެކު ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ބާރު ޕާޓީގެ ރައީސަށް ހަވާލުކުރުމެވެ.

ސަރުކާރާއި އަދާލަތު ޕާޓީގެ އިތުބާރު ކުރެވޭ މަސްދަރުތަކުން ބުނި ގޮތުގައި، މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީގެ ބައެއް މެންބަރުންނަށް ދޭނެ އެވެ.

އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރަން މަސައްކަތް ކުރަމުން ދަނިކޮށް ސަރުކާރުގައި ބައިވެރިވެ، 2028 ގައި ވެސް މުއިއްޒަށް ތާއިދުކުރަން އަދާލަތު ޕާޓީން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

އަދާލަތު ޕާޓީން ސަރުކާރާއެކު ކޯލިޝަން ހަދަން މި ނިންމީ، ޔަހޫދީންނާ އާދަޔާ ހިލާފު ގާތް ގުޅުމެއް އޮންނަ ޔޫއޭއީގެ މުހައްމަދު އަލައްބާރަށް ރަސްމާލެއިން 500 ހެކްޓަރު ދޫކޮށްލުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ރަސްމާލެ މަޝްރޫއުގެ ދަށުން ބިދޭސީންނާއި އެހެން ދީންތަކުގެ މީހުންނަށް ރާއްޖޭގައި ވަޒަންވެރިވެގެން އުޅެވޭނެތީ އޭގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ބޭރު މީހުން ވަޒަންވެރިވާ ގޮތަށް އެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށާއި، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްގީކުރުމަށް ސަރުކާރަށް އިލްތިމާސްކޮށް އެ ޕާޓީން ކުރިން އޮތީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މުއްތަލިބު މަޖިލީހަށް ވަޑައިގެންނެވީ "ކަޅު ދަބަހެއް" ހިފައިގެން

ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ބޮޑު ކަޅު ދަބަހެއް ހިފައިގެން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ސިއްރު ބައްދަލުވުމެއް ބޭއްވި ނަމަވެސް، އެ ދަބަހާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް އޭނާ ޖަވާބެއް ނުދެއްވި. މި ބައްދަލުވުމަކީ ބިލުތަކާ ގުޅޭގޮތުން މެންބަރުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް.

ސަރުކާރު އިސްވެރިން ޕީއެންސީ މެންބަރުންނާ ބައްދަލުކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ރިއަލް އެސްޓޭޓް ބިލު ހިމެނޭހެން ހަތަރު ބިލެއްގެ ބަހުސް މަޖިލީހުގައި ތާވަލުކޮށްފައި ވަނިކޮށް، ސަރުކާރުގެ އިސްވެރިން ޕީއެންސީގެ މެންބަރުންނާ ސިއްރު ބައްދަލުވުމެއް ވަނީ ބާއްވާފައި. އޭޖީ ވިދާޅުވީ މި ބައްދަލުވުމަކީ އެ ބިލުތަކާ ގުޅޭގޮތުން މެންބަރުންނަށް އޮޅުންފިލުވައިދޭންޖެހޭ ކަންކަން ސާފުކޮށްދިނުމަށް ބޭއްވި ބައްދަލުވުމެއް.

ފޮރިން އިންވެސްޓްމަންޓުން އިސްތިގުލާލަށް އަސަރު ނުކުރާނެ: ނަޝީދު

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކުރުމާ ގުޅޭގޮތުން އެމްޑީޕީން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމުގެ އިސްތިގުލާލަށް އަސަރުނުކުރާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވި. އެމަނިކުފާނު ވިދާޅުވީ މިފަދަ އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމުގެ އިގްތިސާދު ވަރުގަދަވާނެ ކަމަށް.

ޝާހިދުގެ އިސްތިއުނާފު އަޑުއެހުން ކެންސަލް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ހައްޔަރުކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުން އިދާރީ ސަބަބަކާ ހުރެ މިއަދު ވަނީ ކެންސަލްވެފައި. ޝާހިދު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާއިރު، މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅީ މި މަހުގެ 4 ވަނަ ދުވަހު.

ރަސްމާލެ ވިއްކާލާ ބިލުގެ ބަހުސް މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފި

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް 99 އަހަރަށް ބިން ވިއްކޭ ގޮތަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލު ހިމެނޭހެން، ސަރުކާރުގެ ހަތަރު ބިލެއްގެ ބަހުސް މާދަމާގެ މަޖިލީހަށް އެޖެންޑާކޮށްފިއެވެ. މީގެ އިތުރުން މަރުގެ އަދަބު ތަންފީޒުކުރުމާއި، އަބުރު ރައްކާތެރިކުރުމާއި، އިމިގްރޭޝަން ބިލުގެ ބަހުސް ވެސް މާދަމާ ކުރިއަށްދާނެއެވެ.

ރަސްމާލެއާ ދެކޮޅު ބޮޑު އެއްވުން ޑިސެމްބަރު ހަތަރެއްގައި ބާއްވަނީ

މި ހަރަކާތުން ވަނީ ރިއަލް އެސްޓޭޓް ބިލަށް ވޯޓު ނުދިނުމަށް މަޖިލިސް މެންބަރުންނަށް ގޮވާލައި، ސަރުކާރުން މި މަޝްރޫއު ހުއްޓާނުލައިފިނަމަ އަންނަ މަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވާނެ ކަމުގެ އިންޒާރު ދީފައެވެ.

އަނިޔާ ދިން މައްސަލައިގައި ދައުލަތުން އެދުނީ ޖޫރިމަނާގެ އަދަބަށް

މާލޭގެ ގަރާޖެއްގައި ދެ މީހަކު ހިފަހައްޓައި ލާއިންސާނީ އަނިޔާދިން މައްސަލައިގައި ދައުވާލިބޭ އިބްރާހިމް ޝަރަފް ކުށަށް އިއުތިރާފުވުމުން، އޭނާގެ މައްޗަށް އައި 19 މަހުގެ ޖަލު ހުކުމް 116,700 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައި. މި ޖޫރިމަނާ އެއް އަހަރު ތެރޭ ދައްކަންޖެހޭއިރު، މި މައްސަލައިގައި ދެން ހިމެނޭ ދެ މީހުންގެ ޝަރީއަތް ކުރިއަށްދަނީ ވަކިން.

Newsletter

Get the latest news delivered straight to your inbox