ލަވާޒާ ބަރިސްޓާ ޗެލެންޖުގެ ގައުމީ ތަށި އަނޫރާދާ ހޯދައިފި؛ އިޓަލީގައި ބާއްވާ ފައިނަލުން ރާއްޖެއަށް ފުރުސަތު!

Sep 10, 2026, 12:06 PM
ލަވާޒާ ބަރިސްޓާ ޗެލެންޖް 2026

ލަވާޒާ ބަރިސްޓާ ޗެލެންޖް 2026

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފް.އެޗް.އޭ.އެމް) 2026 ގެ ތެރެއިން އިއްޔެ ބޭއްވި ލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސް 2026 ގެ ގައުމީ ފައިނަލް މުބާރާތް ކާމިޔާބުކޮށް، ރާއްޖޭގެ ގައުމީ ޗެމްޕިއަންގެ ލަގަބު ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑްގެ އަނޫރާދާ ކުމާރަސިންހަ ހަޕުވާ ހޯދައިފި އެވެ.

ލަވާޒާ ބަރިސްޓާ ޗެލެންޖަކީ ކޮފީ ތައްޔާރުކުރުމުގެ ހުނަރާއި، އުފެއްދުންތެރިކަމާއި، ފަންނީ ގާބިލުކަމުގެ އިތުރުން އެ މަސައްކަތަށް ހުންނަ ޝައުގުވެރިކަން ދައްކާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ގައުމީ ފެންވަރުގައި އެންމެ މޮޅު ބަރިސްޓާ ހޮވައި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު އެ ފަރާތަކަށް ހޯދައިދިނުމެވެ.

ޔޫރޯ މާކެޓިންގައި ހުންނަ ލަވާޒާ ޓްރެއިނިން ސެންޓަރުގައި ބޭއްވި ކޮލިފައިން ބުރުތަކުން ހޮވުނު ހުނަރުވެރި 10 ބަރިސްޓާއަކު ވަނީ ގައުމީ ފައިނަލްގައި ވާދަކޮށްފައެވެ. މި މުބާރާތުގައި ކޮންމެ ބައިވެރިއަކުވެސް ވަނީ އެމީހެއްގެ އަމިއްލަވަންތަކަމާއި ހުނަރުވެރިކަން ދައްކާލާފައެވެ. އެގޮތުން ތަފާތު ރަހަތައް އެއްކުރުމާއި، މެޝިން ބޭނުންކުރުމުގައި ހުރި ފަރިތަކަން ދައްކާލައި، ކޮފީ ތައްޔާރުކުރުމުގެ ކޮންމެ މަރުހަލާއެއް ފެނިގެންދިޔައީ ހިތްގައިމު ހުށަހެޅުމެއްގެ ގޮތުގައެވެ. އިއްޔެ ހެނދުނު ކުރިއަށްދިޔަ މި ހަރަކާތުގައި ބަރިސްޓާއިން ވަނީ ފަންނީ ފުރިހަމަކަމާއެކު، ކޮފީ ތަށީގެ ޒަރީއާއިން އަމިއްލަ ވާހަކައެއް ކިޔައިދިނުމުގެ މިނިވަންކަމާއި އުފެއްދުންތެރިކަން ވަރަށް ފުރިހަމައަށް ބޭނުންކޮށްފަ އެވެ.

މި މުބާރާތުގެ ގައުމީ ޗެމްޕިއަންކަން އަނޫރާދާ ކުމާރަސިންހަ ހަޕުވާ ހޯދީ، އޭނާގެ ފަންނީ ފުރިހަމަކަމާއި އުފެއްދުންތެރި ހުނަރުތަކުން ފަނޑިޔާރުންގެ މަރުކަޒީ ސަމާލުކަން ހޯދައިގެންނެވެ. މުބާރާތުގެ ދެވަނަ ހޯދާފައިވަނީ އަނަންތަރާ ކިހާވަށް މޯލްޑިވްސް ވިލާސްގެ ޕްރޭމް ޝަޝިކާންތު ޗަވަން އެވެ. އަދި ތިންވަނަ ލިބުނީ ލަކްސް ސައުތު އަރި އެޓޯލްގެ ނޫރު ރޮއިބް އަށެވެ. މިއީ ރާއްޖޭގެ ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި ތިބި ބަރިސްޓާއިންގެ ހުނަރުވެރިކަން ހުރި މިންވަރު ހާމަވެގެންދިޔަ ނަތީޖާއެކެވެ.

ގައުމީ ޗެމްޕިއަންގެ ހައިސިއްޔަތުން އަނޫރާދާ ކުމާރަސިންހަ ހަޕުވާއަށް ވަނީ 2027 ވަނަ އަހަރުގެ އޭޕްރީލް މަހު އިޓަލީގެ ޓިއުރިންގައި ބޭއްވުމަށް ހަމަޖެހިފައިވާ ލަވާޒާ ބަރިސްޓާ ޗެލެންޖް އިންޓަނޭޝަނަލް ފައިނަލްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބިފައެވެ. އެ މުބާރާތުގައި އޭނާ ވާދަކުރާނީ އެހެން ގައުމުތަކުގެ ޗެމްޕިއަނުންނާ އެކު ބައިނަލްއަގުވާމީ ތަށި ހޯދުމަށެވެ.

ގައުމީ ފައިނަލް މުބާރާތާއެކު ނިމިގެން މިދިޔައީ، ރާއްޖޭގެ ބަރިސްޓާއިން ޔޫރޯ މާކެޓިންގެ ލަވާޒާ ޓްރެއިނިން ސެންޓަރުގައި ތަމްރީނުވެ، އެފް.އެޗް.އޭ.އެމް 2026 ގެ ސްޓޭޖުގައި އެމީހުންގެ ހުނަރު ދައްކާލި ފޯރިގަދަ ސީޒަނެކެވެ. މިއީ ރާއްޖޭގައި ކޮފީގެ ސަގާފަތް ކުރިއަރަމުންދާ މިންވަރާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ހުނަރުވެރިކަން ރަމްޒުކޮށްދޭ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox