އިޓަލީގެ މަޝްހޫރު "ބިންޑީ" ބްރޭންޑުގެ ފޮނިކާތަކެތި ޔޫރޯ ސްޓޯރުން ތައާރަފުކޮށްފި

Jul 9, 2026, 10:00 AM
saf

saf

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އިޓަލީވިލާތް އާ އުންމީދުތަކަކާއެކު މުސްތަގުބަލާ ކުރިމަތިލަމުންދިޔަ ދުވަސްވަރެވެ. 1946 ވަނަ އަހަރު، ޓަސްކަނީއަށް ނިސްބަތްވާ ރެސްޓޯރަންޓް ވެރިއަކު އޭނާގެ އާއިލާއާއެކު މިލާނަށް ހިޖުރަކޮށް، ފޮނިކާތަކެތި ތައްޔާރުކުރާ ކުޑަ ފިހާރައެއް ހުޅުވި އެވެ. އެއީ އެޓީލިއޯ ބިންޑީ އެވެ. އޭނާގެ ބޮލުގައި އޮތީ ސާފު، ސަރީހަ ވިސްނުމެކެވެ: ރެސްޓޯރަންޓްތަކަށް ބޭނުންވާނެ އެންމެ މަތީ ފަންތީގެ ފޮނިކާތަކެތި ތައްޔާރުކޮށް ފޯރުކޮށްދިނުމެވެ. 

މި ކުޑަ ފިހާރަ މަޑުމަޑުން ފުޅާވެ، ބޮޑު ފެކްޓްރީއަކަށް ބަދަލުވިއެވެ. ބިންޑީ މަޝްހޫރުވެގެންދިޔައީ އޭގެ ކުރިން އިޓަލީއަށްވެސް ނުފެންނަ ފަދަ މީރު، ކޮލިޓީ ކޭކުތަކާއި ފޮނިކާތަކެތި އުފެއްދުމަށެވެ. އެދުވަސްތަކުން ފެށިގެން މިއަދާ ހަމައަށް ބިންޑީގެ ބްރޭންޑް ވަނީ ދުނިޔޭގެ ފެންވަރުގައި ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

މި މޮޅި، މީރު އުފެއްދުން، ރާއްޖޭގައި މަތީ ފަންތީގެ ކާބޯތަކެތީގެ ބްރޭންޑްތައް ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ ޔޫރޯ މާކެޓިން އިން ވަނީ ރާއްޖެއަށް ތައާރަފުކޮށްފަ އެވެ.

Advertisement

ވޭތުވެދިޔަ އަށްޑިހަ ވަރަކަށް އަހަރު ދުވަހު އިޓަލީގެ ފޮނިކާތަކެތި ތައްޔާރުކުރުމުގެ ފަންނުވެރިކަން އެންމެ މަތީ ފަންތިއަށް ތަރައްގީކޮށް، ރެސްޓޯރަންޓް ފެންވަރުގެ މީރު ފޮނިކާތަކެތި ކޮންމެ ސުފުރާއަކަށްވެސް ގެނެސްދިނުމަށް މަސައްކަތްކުރާ ބިންޑީގެ ކޮންމެ އުފެއްދުމަކީވެސް އިޓަލީގެ ސަގާފީ ފޮނިކާތަކެތި ތައްޔާރުކުރުމުގެ މުއްސަނދި އުސޫލުތަކުގެ މައްޗަށް ބިނާކޮށް، އެންމެ ފުރިހަމަ ފެންވަރުގައި ތައްޔާރުކޮށްފައިވާ އުފެއްދުންތަކެކެވެ.

ޔޫރޯ ސްޓޯރުން މިހާރު ލިބެން ހުރި ބިންޑީގެ އުފެއްދުންތަކުގެ ތެރޭގައި ތަފާތު އެކި ބާވަތްތަކުގެ ކޭކު، ސޫފްލޭ، ކްރީމް ޕަފް އަދި ވަކިވަކި ތަށީގައި ހުންނަ ޑެސާޓް ކަޕްތައް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ތިރާމިސޫ ލޭޔާ ކޭކް: ކޮފީގެ ރަހަ ލައްވާފައިވާ މަޑު ސްޕޮންޖް ކޭކެއްގެ މަތީގައި މަސްކަޕޯން ކްރީމާއި ކްރަންޗީ މިލްކް ޗޮކްލެޓް ޗިޕްސް ހިމެނޭ ތަފާތު ރަހައެއް.
  • ޗޮކްލެޓް ޓެމްޕްޓޭޝަން: އިކުއެޑޯގެ އެންމެ މަތީ ފަންތީގެ ކޮކޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ޗޮކްލެޓަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ ކޭކެއް.
  • މީރު ސޫފްލޭތައް: އެތެރޭގައި ދިޔާ ޗޮކްލެޓް ހުންނަ ޗޮކްލެޓް ސޫފްލޭ، ދިޔާ ޕިސްޓާޗިއޯ އާއެކު ތައްޔާރުކޮށްފައިވާ ޕިސްޓާޗިއޯ ސޫފްލޭ އަދި އިކުއެޑޯގެ ކޮކޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޑާކް އެންޑް ވައިޓް ޗޮކްލެޓް ސޫފްލޭ.
  • ޑެޒާޓް ކަޕް: ސިސިލީގެ ޕިސްޓާޗިއޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސިސިލިއަން ޕިސްޓާޗިއޯ ޑެޒާޓް ކަޕް އަދި މަސްކަޕޯން އެންޑް ސްޓްރޯބެރީ ކަޕް.

މި އުފެއްދުންތަކަކީ އާންމު ކަސްޓަމަރުންގެ އިތުރުން، އެ ބޭފުޅުންގެ މެނޫތަކަށް އިޓަލީގެ އަސްލު ރަހަތައް ގެންނަން ބޭނުންވާ ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓް އަދި ރެސްޓޯރަންޓްތަކުގެ ފަންނީ ބޭފުޅުންނަށްވެސް ވަރަށް އެކަށީގެންވާ ފުރިހަމަ އުފެއްދުންތަކެކެވެ.

ޔޫރޯ ސްޓޯރަށް ޒިޔާރަތްކުރައްވައި، ބިންޑީގެ މި ފުރިހަމަ ބާވަތްތައް ބައްލަވާލައްވައި، އިޓަލީގެ މުއްސަނދި ފޮނި ރަހަ ތަޖުރިބާކޮށްލެއްވުމަށް ޔޫރޯ މާކެޓިންގްއިން ދައުވަތު އަރުވައެވެ.

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox