ވިލިނގިލި އެއާޕޯޓުގެ އަމަލީ މަސައްކަތް ނޮވެމްބަރުގެ ނިޔަލަށް ފެށޭނެ ކަމަށް ސަރުކާރުން ބުނެފި

ފެބްރުއަރީ 22، 2026: ވިލިނގިލީ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެއްބަސްވުން ބަދަލުކުރަނީ. އެ ދުވަހަށް ފަހު މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ކޮށްފައި ނުވޭ --- ފޮޓޯ: ރައީސް އޮފީސް

ފެބްރުއަރީ 22، 2026: ވިލިނގިލީ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެއްބަސްވުން ބަދަލުކުރަނީ. އެ ދުވަހަށް ފަހު މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ކޮށްފައި ނުވޭ --- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ފެބްރުައަރީ 2024، ގައި ސަރުކާރުން ސޮއިކުރި ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރާށާއި އިންޓަގްރޭޓަޑް ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ފެށޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ. 

ފެބްރުއަރީ 22، 2024 ގައި ވިލިނގިލީގައި ބޭއްވި ރައީސް މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި އެ މަޝްރޫއުގެ އެއްބަސްވުމެއްގައި ބެލްޖިއަމްގެ އެންވީ ބެސިކްސް ކުންފުންޏާއެކު ސޮއިކުރި އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު އެވެ. 

އާދީއްތަ ދުވަހުގެ ރޭ ބޭއްވި "އަހާ ފޯރަމް" ގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވަނީ އެ މަޝްރޫއު މިހާރު ހަވާލުކޮށްފައިވަނީ އާ ކޮންޓްރެކްޓަރަކާ ކަމަށް ހާމަކުރައްވާފަ އެވެ. ނަމަވެސް، އެއީ ކޮން ކުންފުންޏެއް ކަމެއް ނުބުނެ އެވެ. 

"އާ ކޮންޓްރެކްޓަރަކާ އެކީގައި އަޅުގަނޑުމެން ސޮއިކޮށް، މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައި މިހާރު މިއޮތީ. އިރާދުކުރެއްވިއްޔާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަމަލީ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހު ނިމުމުގެ ކުރިން ފެށޭނެ،" އަމީން ވިދާޅުވި އެވެ. 

ވިލިނގިލި އެއާޕޯޓު ތަރައްގީކުރަން ހުށަހެޅީ ބޭރު ކުންފުންޏާއި ޖަނާ ގުޅިގެން ހަދާފައިވާ ޖޭވީއަކުން

ކުރީ ސަރުކާރަށް އައި މި ހުށަހެޅުމުގައި ވަނީ ދެ ފަޅުގެ މުގާބިލުގައި ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން އިންޓަނޭޝަނަލް އެއާޕޯޓަކާއި އިންޓަގްރޭޓަޑް ޓޫރިޒަމް ޒޯނެއް ތަރައްގީކުރަން.

މި މަޝްރޫއުގެ އެއްބަސްވުމުގައި ކުރިން ސޮއިކުރުމަށްފަހު އޭރު ސަރުކާރުން ބުނެފައިވާ ގޮތުގައި ވިލިނގިލީ އެއާޕޯޓާއި ޓޫރިޒަމް މަޝްރޫއަކީ 750 މިލިއަން ޑޮލަރުގެ މަޝްރޫއު އެކެވެ. 

ސަރުކާރުން ބުނި ގޮތުގައި އެ ކުންފުންޏާއެކު ސޮއިކުރީ އެއާޕޯޓެއް އަޅަން "ފެންވަރު ބެލުމުގެ ފަހުމުނާމާއެއްގައި" ކަމަށެވެ. ނަމަވެސް، އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް މިއަދާ ހަމައަށް ކޮށްފައި ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox