ވިލިނގިލި އެއާޕޯޓު ތަރައްގީކުރަން ހުށަހެޅީ ބޭރު ކުންފުންޏާއި ޖަނާ ގުޅިގެން ހަދާފައިވާ ޖޭވީއަކުން

ގއ. ވިލިނގިލި މަތިން ނަގާފައިވާ މަންޒަރެއް: ކައިރީގައި އެއާޕޯޓެއް އޮއްވައި ވިލިނގިލީގައި އަޅަނީ އިންޓަނޭޝަނަލް އެއާޕޯޓެއް -- ފޮޓޯ: ގއ. ވިލިނގިލި ފޭސްބުކް ޕޭޖު

ގއ. ވިލިނގިލި މަތިން ނަގާފައިވާ މަންޒަރެއް: ކައިރީގައި އެއާޕޯޓެއް އޮއްވައި ވިލިނގިލީގައި އަޅަނީ އިންޓަނޭޝަނަލް އެއާޕޯޓެއް -- ފޮޓޯ: ގއ. ވިލިނގިލި ފޭސްބުކް ޕޭޖު

ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރާށާއި އިންޓަގްރޭޓަޑް ޓޫރިޒަމް ޒޯނެއް ތަރައްގީކުރަން ހަވާލުކުރީ އެ މަސައްކަތް ކުރަން ސޮއިކުރި އެންވީ ބެސިކްސް ކުންފުންޏާއި ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ހިއްސާވާ ޖޮއިންޓް ވެންޗާ (ޖޭވީ) އަކުން ކަން "އަދަދު" އަށް އެނގިއްޖެ އެވެ.

ވިލިނގިލީ އެއާޕޯޓު މަޝްރޫއާ ގުޅޭގޮތުން މި ނޫހަށް ލިބިފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި މިއީ ކުރީ ސަރުކާރުން ގެންގުޅުނު އަދި މި ސަރުކާރުން އުވާލާފައިވާ އަންސޮލިސިޓަޑް ޕްރޮޕޯސަލްސް ހުށަހެޅުމުގެ ގަވާއިދުގެ ދަށުން ހުސްވި އަހަރުގެ ތެރޭގައި ރައީސް އޮފީހަށް އައި ހުށަހެޅުމެކެވެ. އެ ހުށަހެޅުން ލިބުނު ތާރީހަކީ ޖުލައި 13, 2023, އެވެ.

އެންވީ ބެސިކްސް އާއި ޖަނާ ގުޅިގެން ސަރުކާރަށް ހުށަހެޅީ:

  • ޑޮމެސްޓިކް ފްލައިޓުތަކާއި އިންޓަނޭޝަނަލް ޕްރައިވެޓް ފްލައިޓުތަކަށް ހިދުމަތްދޭ ގޮތަށް 2.2 ކިލޯމީޓަރުގެ ރަންވޭއަކާއި ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް ވިލިނގިލީގައި އެއާޕޯޓެއް ތަރައްގީކުރުން
  • އެއާޕޯޓު ސަރަހައްދުގައި ޓްރާންސިޓު ހޮޓަލަކާއި ކޮމާޝަލް ފެސިލިޓީތައް ތަރައްގީކުރުން
  • ބަދަލުގައި އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން ވިލިނގިލި ކައިރި ސަރަހައްދަކުން ދެ ފަޅު

މީގެ ތެރެއިން އެއާޕޯޓު ތަރައްގީކުރަން ހަރަދުވާނެ ކަމަށް ލަފާކުރަނީ 65 މިލިއަން ޑޮލަރެވެ. އަދި އިންޓަގްރޭޓަޑް ޓޫރިޒަމް ޒޯނަށް ހަރަދުވާނެ ކަމަށް ލަފާކުރަނީ 120 މިލިއަން ޑޮލަރެވެ. މި ހުރިހާ ފައިސާއެއް އިންވެސްޓު ކުރާނީ އިންވެސްޓަރެވެ. ސަރުކާރުން ފޯރުކޮށްދޭން ޖެހެނީ އެއާޕޯޓާއި ރިސޯޓު ހޮޓަލަށް 329 ހެކްޓަރުގެ ބިން އަދި އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޒޯނަށް 425 ހެކްޓަރުގެ ބިމެވެ.

މި ފަޅުތައް ހަވާލުކުރަން އެދިފައިވަނީ ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުންނެވެ. އަދި ދެ ފަޅާއި އެއާޕޯޓުގެ ބިމުގެ ސަރަހައްދު އެއްކޮށްލީމައިވާ 754 ހެކްޓަރުގެ ބިމުގެ ތެރެއިން ޓޫރިޒަމް ސަރަހައްދަށްވާ ބިމަށް ލީސް އެކުއިޒިޝަން ކޮސްޓަށް ދައްކަން ޖެހޭނެ ކަމަށް ލަފާކުރީ 7،375،000 ޑޮލަރެވެ.

މި ހުށަހެޅުމާ ގުޅޭގޮތުން ކުރީ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން މިދިޔަ އަހަރުގެ ޖުލައި 24 ގައި ބައްދަލުވުމެއް ބޭއްވި އެވެ. މި ބަައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކާ ގުޅޭގޮތުން ލިބިފައި ހުރި މައުލޫމާތުން އެނގޭ ގޮތުގައި ވިލިނގިލީގައި އެއާޕޯޓެއް އެޅުން، އެ ރަށާ ކައިރީގައި އޮންނަ ކޫއްޑޫއާ ބްރިޖަކުން ގުޅާލުމަށް ވުރެ ދެކޮޅު ޖެހެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މަޝްރޫއާ ގުޅޭގޮތުން އިކޮނޮމިކް ކައުންސިލުގެ ހުރި މައިގަނޑު ކަންބޮޑުވުމަކީ ތިނަދޫގައި އެއާޕޯޓެއް ތަރައްގީ ނުކޮށް ވިލިނގިލީގައި އެއާޕޯޓެއް ތަރައްގީ ކުރަން ސިޔާސީ ގޮތުން ހުރި ގޮންޖެހުންތަކެވެ. އެހެންވެ އޭރުގެ ސަރުކާރުގެ ވިސްނުން ހުރީ ވަކިވަކިން މި ދެ ރަށުގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަޝްރޫއު އިއުލާނުކުރުމުގެ ބަދަލުގައި އެކުއެކީގައި ކުރާށެވެ.

މިހެން ނަމަވެސް ވިލިނގިއްޔަށް ވުރެ ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުން މާ ބޮޑަށް ދެކޮޅު ޖެހޭނެ ކަމަށާއި އެކަމަކު މި ދެ ތަނުގައި ވެސް އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމުން މިހާރު ވެސް ދެކޮޅު ނުޖެހިގެން އުޅޭ އަދި ގެއްލުމުގައި ހިންގާ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ނުރަނގަޅު އަސަރު ކުރާނެ ކަމުގެ ކަންބޮޑުވުން އިކޮނޮމިކް ކައުންސިލުގައި ހުއްޓެވެ.

މިއީ ކުރު ރާސްތާގައި ދިމާވާނެ ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރަމުން، އިކޮނޮމިކް ކައުންސިލުން ނިންމީ ހުވަދޫ އަތޮޅުގައި ޓޫރިޒަމް ފުޅާކުރަން މެދުރާސްތާގައި އެއާޕޯޓެއް ބޭނުންވާނެ ކަމަށެވެެ. އެހެންކަމުން ވިލިނގިލީގައި ފަހުން އިންޓަނޭޝަނަލް އެއާޕޯޓަކަށް ތަރައްގީކުރާ ގޮތަށް މި ހުށަހެޅުމަށް ރުހުން ދޭން އެ ކައުންސިލުން އޮތީ ނިންމާފަ އެވެ.

ލިޔެކިޔުންތަކުގައި މިހެން އޮތް ނަމަވެސް މި ސަރުކާރުން ބުނަނީ ވިލިނގިލީގައި ހިންގާ އެއާޕޯޓާއި ޓޫރިޒަމް މަޝްރޫއަކީ 750 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށެވެ. ބެލެވޭ ގޮތުގައި އަގު ބޮޑުވީ ކުރީ ސަރުކާރަށް ހުށަހެޅި ދެ ފަޅުގެ ބަދަލުގައި ނުވަ ރަށެއް ދޭން ނިންމުމުންނެވެ. މިއީ ކޮން ރަށްތަކެއް ކަމެއް ނޫނީ މި މަޝްރޫއާ ގުޅޭ އިތުރު ތަފުސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ސަރުކާރުން ބުނަނީ އެ މީހުންނާ އެކީ ސޮއިކުރީ އެއާޕޯޓެއް އަޅަން "ފެންވަރު ބެލުމުގެ ފަހުމުނާމާއެއްގައި" ކަމަށެވެ. އަދި ރަސްމީ އެއްބަސްވުމުގައި ސޮއިކުރާނީ މި މަސައްކަތް ނިމުމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox