13 ރަށެއްގައި އެފޯޑަބަލް ހައުސިން ތަރައްގީކުރަން ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭގައި ތަރައްގީކުރަމުން ދިޔަ އިމާރާތެއް: ރަށްރަށުގައި އަޅަނީ އުސް ފްލެޓު އިމާރާތްތަކެއް --- ފޮޓޯ: އަދަދު

ހުޅުމާލޭގައި ތަރައްގީކުރަމުން ދިޔަ އިމާރާތެއް: ރަށްރަށުގައި އަޅަނީ އުސް ފްލެޓު އިމާރާތްތަކެއް --- ފޮޓޯ: އަދަދު

އެންމެ ފުރަތަމަ ފަހަރަށް ބޯހިޔާވަހިކަމެއް ގަންނަ މެދުަފަންތީގެ އާމްދަނީ ލިބޭ މީހުންނަށް ހާއްސަކޮށްގެން ސަރުކާރުން ހިންގާ އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ރަށްރަށުގައި ހައުސިން ޔުނިޓުތައް ތަރައްގީކޮށްދޭނެ ބަޔަަކު ހޯދަން ކޮންސްޓްރަކްޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް މޮޑެލްގެ ދަށުން ކޮންޓްރެކްޓަރުންގެ އަމިއްލަ ހަރަދުގައި (ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން) 13 ރަށެއްގައި ޖުމްލަ 2،100 ހައުސިން ޔުނިޓު ތަރައްގީކުރަން އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މި ފުރުސަތު ލިބެނީ 100 ޕަސެންޓު ދިވެހި ކުންފުނިތަކާއި ޖޮއިންޓް ވެންޗާތަކަށެވެ.

ސަރުކާރުން މި ޕްރޮޖެކްޓުތަކުގައި ކޮށްދޭ ކަމަކީ ފްލެޓު ތަރައްގީކުރާ ބިން ޑިވެލޮޕަރަުންނަށް ހިލޭ ދިނުމާއި، ޕްރޮޖެކްޓަށް އެތެރެކުރާ ހުރިހާ މުދަލަކުން ޑިއުޓީ ނުނެގުމާއި ހައުސިން ޔުނިޓުތައް ވިއްކާއިރު ޖީއެސްޓީ ނުނެގުމެވެ. އެހެން ހުރިހާ ކަމެއް ކުރަން ޖެހެނީ ޑިވެލޮޕަރެވެ. ޑިވެލޮޕަރުގެ ޒިންމާތަކުގެ ތެރޭގައި ޕްރޮޖެކްޓަށް ހުރިހާ ހަރަދެއް ކުރުމާއި، އިމާރާތްތައް ފަރުމާކުރުމާއި، ހައުސިން ޔުނިޓުތައް ވިއްކުމުގެ ޒިންމާއެއް ހިމެނެ އެވެ. 

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައި ވަނި ބިން ހަވާލުކުރާ ތާރީހުން ފެށިގެން 24 މަސް ދުވަހުގެ ތެރޭގައި އިމާރާތްތައް ތަރައްގީކުރުމުގެ މަސައްކަތް ނިންމާ ހައުސިން ޔުނިޓުތައް ހަވާލުކުަރަން ޖެހޭ ކަމަށެވެ. 

އެފޯޑަބަލް ހައުސިން ތަރައްގީކުރާ ރަށްތައް

  • ހއ. ހޯރަފުށި - 100 ހައުސިން ޔުނިޓު
  • ރ. އުނގޫފާރު - 100 ހައުސިން ޔުނިޓު
  • ބ. ތުޅާދޫ - 50 ހައުސިން ޔުނިޓު
  • ޅ. ނައިފަރު - 300 ހައުސިން ޔުނިޓު
  • މ. މުލި - 100 ހައުސިން ޔުނިޓު
  • ދ. މީދޫ - 100 ހައުސިން ޔުނިޓު
  • ލ. ގަން - 200 ހައުސިން ޔުނިޓު
  • ގދ. ތިނަދޫ - 300 ހައުސިން ޔުނިޓު
  • ޏ. ފުވައްމުލައް - 300 ހައުސިން ޔުނިޓު
  • ސ. ހިތަދޫ - 300 ހައުސިން ޔުނިޓު
  • ސ. ފޭދޫ - 200 ހައުސިން ޔުނިޓު
  • ސ. މަރަދޫފޭދޫ - 25 ހައުސިން ޔުނިޓު
  • ސ. މަރުދޫ - 25 ހައުސިން ޔުނިޓު

ރަށްރަށުގައި އެފޯޑަބަލް ހައުސިން ތަރައްގީކުރާއިރު، އިމާރާތްތަކުގައި އަގު ކޮންޓްރޯލްކޮށްފައި ހުންނަ "އެފޯޑަބަލް" ޔުނިޓުތަކާއި ޑިވެލޮޕަރުން ބޭނުންވާ އަގެއްގައި ވިއްކޭ  ހައުސިން ޔުނިޓުތައް ވެސް ހުރެ އެވެ. އެކަމަކު އިމާރާތުގައި ތަރައްގީކުރާ ހައުސިން ޔުނިޓުތަކުގެ 60 ޕަސެންޓު ވާން ޖެހެނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ ހައުސިން ޔުނިޓުތަކަށެވެ. މި ޔުނިޓުތައް ވިއްކޭނެ އެންމެ މަތީ އަގަކީ 1.5 މިލިއަން ރުފިޔާ އެވެ. 

ދެ ވަައްތަރުގެ ޔުނިޓުތައް ހިމަނައިގެން ތަރައްގީކުރާ މި ފްލެޓު އިމާރާތްތަކުގެ ގެ އެންމެ ތިރީ ފަންގިފިލާ އާއި ފުރަތަމަ ފަންގިފިލާ ހާއްސަކުރަނީ ވިޔަފަރީތަކާއި ޕާކިންއަށެވެ. ޕާކިން ޖާގަތަކުގެ ތެރޭގައި ކޮންމެ ހައުސިން ޔުނިޓަކަށް އެއް ސައިކަލު ޕާކުރެވޭނެ ޖާގަ ދޭން ޖެހެ އެވެ. ކާރު ޕާކިންއަށް ޖާގަތައް ވިއްކާ ނަމަ އަގު ނަގައިގެން ވިއްކެ އެވެެ. 

ހައުސިން ޔުނިޓުތައް ގަނެވޭނެ މީހުން ކަނޑައަޅަނީ ސަރުކާރުންނެވެ. މި ގޮތަށް ޝަރުތު ހަމަވާ މީހުންނަށް ފްލެޓުތައް ވިއްކުމުގެ ހައްގު ޑިވެލޮޕަރަށް ލިބުނަސް މީހުންގެ ފައިސާ ޖަމާކުރަން ޖެހެނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ކޮންޓްރޯލުގެ ދަށުގައިވާ އެކްސްކްރޯ އެކައުންޓަކަށެވެ. މި އެކައުންޓުން ޑިވެލޮޕަރަށް ފައިސާ ދޫކުރަނީ އިމާރާތް ތަރައްގީކުރާ ވަރަކުން ބަައިބަޔަށް ބަހާލައިގެންނެވެ. 

ކޮންސްޓްރަަކްޝަން މިނިސްޓްރީން ވަނީ ރަށްރަށުގައި ތަަރައްގީކުރާ ޔުނިޓުތަކަށް ބޭނުންވާ ވަރަށް އެފޯޑަބަލް ހައުސިންގެ ޝަރުތު ހަމަވާ މީހުން ނުވެއްޖެ ހާލަތެއްގައި އެހެން ބަޔަކަށް ފްލެޓު ވިއްކަން ޑިވެލޮޕަރުންނަށް ހުއްދަ ލިބޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު މި ގޮތަށް ވެސް ވިއްކެނީ ފުރަތަމަ ފަހަރަށް ބޯހިޔާވަހިކަމެއް ގަންނަ މީހުންނަށެވެ. މިއިން ޔުނިޓެއް ސަރުކާރުން ގަންނަން ބޭނުންވެއްޖެ ހާލަތެއްގައި އާންމުންނަށް ވިއްކާ އަގަށް ވުރެ ކުޑަ އަގެއްގައި ސަރުކާރަށް ވިއްކަން އެއްބަސްވާން ޖެހެ އެވެ. މި ގޮތަށް ސަރުކާރަށް ވިއްކާނެ އަގަކީ ހުށަހެޅުންތަކުގައި ކޮންމެހެން ހިމަނަން ޖެހޭ އަގެކެވެ. 

ސަރުކާރުން ވަނީ ޑިވެލޮޕަރުންގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ހައުސިން ޔުނިޓުތައް 50 ޔުނިޓު ހިމެނޭ ޕެކޭޖުތަކަކަކަށް ބަހާލާފަ އެވެ. ބޭނުންނަމަ ކޮންމެ ޕެކޭޖަކަށް ވަކިން ނުވަތަ ބައިވަރު ޕެކޭޖުތަކަށް ކުރިމަތިލެވެ އެވެ. 

ކުންފުނިތަކަށް ކަނޑައަޅާފައިވާ ޝަރުތަކުގައި ވަނީ 50 ހައުސިން ޔުނިޓު ތަރައްގީކުރަން ކުރިމަތިލެވޭނީ ވޭތުވި ތިން އަހަރުގެ ތެރޭގައި ކޮންމެ އަހަރެއްގައި އާމްދަނީގެ ގޮތުގައި މަދު ވެގެން 25 މިލިއަން ރުފިޔާ ލިބިފައިވާ ވިޔަފާރިތަކަށް ކަމަށެވެ. އެއް ޕެކޭޖަށް ވުރެ ގިނަ ޕެކޭޖުގެ ދަށުން 50 ހައުސިން ޔުނިޓަށް ވުރެ ގިނައިން އިމާރާތްކުރާ ނަމަ ތިން އަހަރު ދުވަސް ވަންދެން ކޮންމެ އަހަރަކު މަދު ވެގެން 50 މިލިއަން ރުފިޔާގެ އާމްދަނީގެ ލިބިފައިވާން ޖެހެ އެވެ. އަދި ކުރިން ބޮޑު ޕްރޮޖެކްޓެއް ނިންމާފައިވާ ނޫނީ މިހާރު ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏަކަށް ވާން ޖެހެ އެވެ.

އަތޮޅުތެރޭގައި އެފޯޑަބަލް ހައުސިން ޔުނިޓުތަކެއް އަޅަން ހުޅުވާލިއިރު، ސަރުކާރުން ބުނަނީ މި ޕްރޮޖެކްޓުގެ ބޭނުން އޮތީ މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި ރަށްރަށުން މާލެއަށް ހިޖުރަކުރާ ސަބަބުތަކުގެ ތެރޭގައި ރަށްރަށުގައި ދިރިއުޅޭނެ ތަންތަން ނެތުން ހިމެނެ އެވެ.

މި ފަހުން ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ މި މޮޑެއްލެ ދަށުން މާލޭ ސަރަހައްދުގައި 1000 ހައުސިން ޔުނިޓު ތަރައްގީކުރަން ފަސް ޑިވެލޮޕަރަކާ ހަވާލުކޮށްފަ އެވެ. މި ޔުނިޓުތައް ވިއްކަނީ "އާއިލީ ބޯހިޔާވަހިކަން" ސްކީމަށް ކުރިމަތިލައިގެން ޝަރުތު ހަމަވީ މީހުންނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox