ޒުވާނުންގެ އަޑު ކަނޑުވާލަން ދިއްލީ ބަންދުކޮށް އެތައް ހާސް ބަޔަކު ހައްޔަރުކޮށްފި

Oct 10, 2026, 11:15 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިންޑިއާގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އެ ގައުމުގެ ޒުވާނުން ފެށި އިހުތިޖާޖު ހުއްޓުވުމަށްޓަކައި، ހޮނިހިރު ދުވަހު ދިއްލީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ފުލުހުން އެތައް ހާސް ބަޔަކު ހައްޔަރުކޮށްފި އެވެ.

ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތްތައް ކަނޑާލައިގެން މުޅި ސަރަހައްދު ވަނީ ފުލުހުންގެ ބަންދެއްގެ ދަށަށް ގެނެސްފަ އެވެ.

"ކޮކްރޯޗް" ނުވަތަ "ކުރަފި" ޒުވާނުންގެ ހަރަކާތުން އިންތިޒާމުކުރި މި އިހުތިޖާޖަކީ، ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔަނޭޝް ކުމާރާ ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތެކެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އެ ބަދަލުތައް ގެނެސްފައިވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ފައިދާވާ ގޮތަށެވެ.

Advertisement

ޓީވީން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި، ނިއު ދިއްލީގެ ވިޔަފާރި މަރުކަޒީ ސަރަހައްދުގައި އިހުތިޖާޖު ކުރަމުންދިޔަ ޒުވާނުންގެ ފަހަތުން ފުލުހުން ދުވެ، އެ މީހުން އަތުލައިގަނެގެން އުޅަނދުތަކަށް އަރުވައިގެން ވަނީ ގެންގޮސްފަ އެވެ. 

އެ ސަރަހައްދުން ގާތްގަނޑަކަށް 200 އެއްހާ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ މަސްދަރަކުން ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދީފައިވެ އެވެ. ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، ދިއްލީގެ ބޭރުން ހައްޔަރުކުރި މީހުންގެ ތެރޭގައި މި އިހުތިޖާޖަށް ތާއީދުކުރާ ޔޫޓިއުބްގެ މަގުބޫލު ޝަހުސިއްޔަތެއް ކަމަށްވާ ދްރޫވް ރާތީ ވެސް ހިމެނެ އެވެ.

މެޓްރޯ ސްޓޭޝަންތަކާއި މާރުކޭޓުތައް ބަންދުކޮށް، މޯބައިލް އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައިވާއިރު، ސިޓީއަށް ވަންނަ ހުރިހާ މަގުތަކެއް ބަންދުކޮށް ފުލުހުން ދަނީ ބަސްތަކާއި ކާރު ފަދަ އުޅަނދުތައް ޗެކްކުރަމުންނެވެ. ރޮއިޓާސްގެ ރިޕޯޓަރުން ބުނި ގޮތުގައި، އިހުތިޖާޖު ކުރާ މީހުން ސިޓީއަށް ވަނުން ހުއްޓުވުމަށްޓަކައި ފުލުހުން ދަނީ ބަސްތަކަށް އަރައި މީހުން ބަލައި ފާސްކުރަމުންނެވެ.

މަގުތަކުގައި ބެރިކޭޑްތަކާއި ކޮންކްރީޓް ގަލުން ހުރަސް އަޅާފައިވާއިރު، މުޒާހަރާ ރޫޅާލުމަށް ބޭނުންކުރާ ކަރުނަގޭސް ޖަހާ ބަޑި ހަރުކޮށްފައިވާ އުޅަނދުތައް މައި މަގުތަކުގައި ވަނީ އަތުރާލާފަ އެވެ.

"ގައުމުގެ ޒުވާނުންނާއި ރައްޔިތުން ދެކެ ބޮޑުވަޒީރު މިހާ ބޮޑަށް ބިރުގަންނަނީ ކީއްވެގެންތޯ؟" މި އިހުތިޖާޖަށް ގޮވާލި 'ކޮކްރޯޗް ޖަނަތާ ޕާޓީ' ގެ ބާނީ އަބީޖީތު ދިޕްކޭ ހޮނިހިރު ދުވަހު ދިއްލީއަށް ދިއުމުގެ ކުރިން ސުވާލު އުފެއްދި އެވެ.

މުމްބާއީގައި ހުރެ އޭއެންއައި ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، ރޭލު ދަތުރުތަކާއި މެޓްރޯ އަދި އިންޓަނެޓާއި މަގުތައް ބަންދުކުރަން ޖެހުނީ ސަރުކާރުން ބިރުގަންނާތީ ކަމަށެވެ.

އިހުތިޖާޖު ކުރާ މީހުން ބުނެފައިވަނީ، ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ނިއު ދިއްލީގެ މެދުތެރޭގައި އޮންނަ، މުޒާހަރާ ކުރުމަށް ހާއްސަކޮށްފައިވާ ޖަންތަރު މަންތަރަށް އެންމެން އެއްވުމަށް ރާވާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

ޓްރަމްޕް ފިލިޕީންސަށް ވަޑައިގެންފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ފިލިޕީންސަށް ވަޑައިގެން، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭ ކުއަޑް ގްރޫޕުގެ ލީޑަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އިންޑޯ-ޕެސިފިކް ސަރަހައްދުގެ އަމާންކަމާއި ގުޅުން ބަދަހިކުރުމާ ގޮތުން މަޝްވަރާކުރެއްވިއިރު، އެމެރިކާގެ އަމާޒަކީ ޗައިނާގެ ނުފޫޒު ކުޑަކޮށް މި ގައުމުތަކާއެކު އޮންނަ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ގުޅުން ވަރުގަދަކުރުމެވެ.

ހަގިން ފޭސްއަށް ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފި

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި މޮޑެލްތައް ތަރައްގީކޮށް އާންމުން ނުރައްކަލަށް ހުށަހެޅި ކަމަށް ބުނެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ. މި ދައުވާގެ މައިގަނޑު އަސާސަކީ އޯޕަންއޭއައިގެ އެޖެންޓުންތަކެއް "ހަގިން ފޭސް" ގެ ނިޒާމަށް ވަދެ ދިން ހަމަލާއަކަށްވާއިރު، މިއީ އެމެރިކާގެ ސްޓޭޓަކުން އޭއައި ކުންފުންޏަކާ ދެކޮޅަށް ކުރި ފުރަތަމަ ދައުވާއެވެ.

އިންޑިއާ: އޭއައި ބޭނުންކޮށް ބިމާއި މަގުގެ މައްސަލަތަކަށް ހައްލު

އިންޑިއާގެ ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ބިމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ދެނެގަތުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަންނަނީ ހައްލު ހޯދައިދެމުންނެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ލެބް ރިޕޯޓުތައް ތަރުޖަމާކުރުމާއި ބަލިމަޑުކަން ދެނެގަތުމަށް ވެސް މި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox