ދިއްލީ މުޒާހަރާގައި އަންހެން ނޫސްވެރިންނަށް ފުލުހުން ޖިންސީ ފުރައްސާރަކޮށްފި

Oct 5, 2026, 3:18 PM
ފޮޓޯ: އީޕީއޭ

ފޮޓޯ: އީޕީއޭ

އިންޑިއާގެ ވެރިރަށް ދިއްލީގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން، އެ ގައުމުގެ ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް އަންހެން ތިން ނޫސްވެރިއަކު ތުހުމަތުކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާ ކުރި ގިނަ އަދަދެއްގެ ޒުވާނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށް، ނޫސްވެރިން މި ތުހުމަތުތައް ކުރީ ހޮނިހިރު ދުވަހު އެވެ.

މި މައްސަލައާ ގުޅިގެން ދިއްލީ ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ނިއު ދިއްލީ ޑިސްޓްރިކްޓަށް އެ ޝަކުވާ ލިބިފައިވާ ކަމަށާއި، އިންސާފުވެރި އަދި ވަކި ފަރާތަކަށް ނުޖެހޭ ތަހުގީގެއް ހިންގުމަށްޓަކައި އެ މައްސަލަ މިހާރު ކްރައިމް ބްރާންޗަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ވޯޓުލާ މީހުންގެ ދަފުތަރަށް ގެނައި ބޮޑެތި ބަދަލުތަކާ ގުޅިގެން، ޗީފް އިލެކްޝަން ކޮމިޝަނަރު ގިޔާނޭޝް ކުމާރު އިސްތިއުފާ ދިނުމަށް ގޮވާލައި އާދީއްތަ ދުވަހު ވެސް ދިއްލީ އާއި މުމްބާއީގައި އެތައް ހާސް ބަޔަކު ވަނީ ތިންވަނަ ދުވަހަށް މުޒާހަރާ ކޮށްފަ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނާ ގޮތުގައި މި ބަދަލުތަކަކީ އެއް ނަމެއް ދެ ފަހަރަށް އޮތުމާއި ޝަރުތު ހަމަނުވާ މީހުންގެ ނަންތައް އުނިކުރުމަށް ކުރާ މަސައްކަތެކެވެ. އަދި މިހާތަނަށް 130 މިލިއަން މީހުންގެ ނަން ވޯޓުލާ މީހުންގެ ލިސްޓުން ވަނީ އުނިކޮށްފަ އެވެ.

އިންޓަނެޓުގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މެދުތެރޭ ދިއްލީގެ ޖަންތަރު މަންތަރު ސަރަހައްދުގައި މުޒާހަރާ ކުރަމުންދިޔަ މީހުންގެ ގައިގައި ހިފައި ދަމާފައި ފުލުހުން ވަނީ އެ ސަރަހައްދުން ދުރުކޮށްފަ އެވެ.

އަންހެން ނޫސްވެރިން ކުރި ތުހުމަތުތަކުގެ ތެރޭގައި، ބައެއް ފުލުހުން އެ މީހުންގެ ހަށިގަނޑުގައި ނޭދެވޭ ގޮތަށް އަތްލައި ފުރައްސާރަކުރުން ހިމެނެ އެވެ.

މި ހާދިސާއާ ގުޅިގެން އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވިދާޅުވީ، އަންހެނުން ތިބީ އެ މީހުންގެ ސަލާމަތާ މެދު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، މިކަމަށް ހޯމް މިނިސްޓްރީން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

ޕްރެސް ކްލަބް އޮފް އިންޑިއާއިން ވަނީ ނޫސްވެރިންނާ މެދު އަމަލުކުރި ގޮތުން ހައިރާންކަމާއި ކަންބޮޑުވުން ފާޅުކޮށް، ފުލުހުންގެ މައްޗަށް ކުރެވޭ މި ތުހުމަތުތަކާ ގުޅިގެން ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

އުރުދުންއިން ސީރިއާއަށް ވައިގެ ހަމަލާދީފި

އުރުދުންގެ ފައްޅިއަކަށް ދިން ބަޑީގެ ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން، ސީރިޔާގެ ބައެއް ސަރަހައްދުތަކަށް އުރުދުންގެ އަސްކަރިއްޔާއިން ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން އާންމުންގެ ބަޔަކު މަރުވެފައިވާއިރު، ސީރިޔާ ސަރުކާރުން ވަނީ މި އޮޕަރޭޝަނަކީ އެ ގައުމާ މަޝްވަރާކުރުމެއް ނެތި ހިންގި އަމަލެއް ކަމަށް ބުނެފައެވެ.

ބްރެޒިލް އިންތިހާބު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރައްވައިފި

ބްރެޒިލްގެ ރިޔާސީ އިންތިޚާބު ލޫލާ ކާމިޔާބު ކުރެއްވީ އޮޅުވާލައިގެން ކަމަށް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރެއްވި ނަމަވެސް، ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ބޮލްސޮނާރޯގެ ޕާޓީން މިހާރު ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށްފައެވެ. ބޮލްސޮނާރޯގެ ދަރިކަލުން ފްލާވިއޯ ފުރަތަމަ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހެދި ނަމަވެސް، ފަހުން ވަނީ ގާނޫނީ އަމުރުތަކަށް ތަބާވާނެ ކަމަށް ވިދާޅުވެފައެވެ.

ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ ވެރިން އީރާނުގައި ބައްދަލުވުމެއް

މެދުއިރުމަތީގެ ހަމަނުޖެހުންތައް ކުޑަކޮށް ސަރަހައްދީ ސުލްހަ ގާއިމުކުރުމަށްޓަކައި ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސްވެރިން އީރާނުގެ އޮފިޝަލުންނާ ތެހެރާންގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އަސްކަރީ ކުރިމަތިލުންތައް އިތުރުވިޔަ ނުދިނުމަށާއި، ސަރަހައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ހަތަރު ގައުމުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.

ވޯޓު ހޯދަން ނިކީ މިނާޖް ޓްރަމްޕާއެކު ސްޓޭޖަށް

އެމެރިކާގެ ދައުރު މެދުތެރޭ އިންތިޚާބުގެ ކެމްޕޭނަށް މިޝިގަންގައި ބޭއްވި ރެލީއެއްގައި، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ބައިވެރިވެ ޑޮނަލްޑް ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް ތާއީދުކޮށްފިއެވެ. މި ރެލީގައި ޓްރަމްޕް ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އެލް-ސައީދުގެ ދީނާއި ނަސްލަށް އަމާޒުކޮށް ފާޑުވިދާޅުވެފައެވެ. އިންތިޚާބަށް ހަފުތާއަކަށް ވެފައިވާއިރު، ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް ދެ ޕާޓީންވެސް ދަނީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ.

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox