އދ ހިއުމަން ރައިޓްސް ކައުންސިލް

2 ލިޔުން

ފަހުގެ

މުޒާހަރާތަކުން ހައްޔަރުކުރި މީހުން ދޫކުރުމަށް އދ އިން ގޮވާލައިފިދުނިޔެ

މުޒާހަރާތަކުން ހައްޔަރުކުރި މީހުން ދޫކުރުމަށް އދ އިން ގޮވާލައިފި

އިންޑިއާގެ އިންތިޚާބީ ނިޒާމު އިސްލާހުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން، އުސޫލުން ބޭރުން ހައްޔަރުކޮށްފައިވާ މީހުން ވަގުތުން މިނިވަންކުރުމަށް އދ. އިން އިންޑިއާ ސަރުކާރަށް ގޮވާލައިފިއެވެ. "ކޮކްރޯޗް ޖަންތާ ޕާޓީ" އިން އިސްވެ ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން އާންމުންނާއި ނޫސްވެރިން ހިމެނޭހެން އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައިވާތީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވަނީ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދަދުގެ ނޫސްވެރިންގެ މައްސަލަ އދ.ގެ ހިއުމަން ރައިޓްސް އޮފީހަށްހަބަރު

އަދަދުގެ ނޫސްވެރިންގެ މައްސަލަ އދ.ގެ ހިއުމަން ރައިޓްސް އޮފީހަށް

އަދަދު އޮންލައިންގެ ދެ ނޫސްވެރިން ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ދައުވާގައި ޖަލަށްލީ މައްސަލަ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ބުނެ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅައިފިއެވެ. މި މައްސަލަ ހުށަހެޅީ ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކަކާ ގުޅޭ ޑޮކިއުމަންޓްރީއެއްގެ މައްސަލައިގައި، އިންސާފުވެރި ޝަރީއަތެއްގެ ފުރުސަތު ނުދީ ނޫސްވެރިން ހައްޔަރުކޮށްފައިވާ ކަމަށް ބުނެއެވެ.