ގިޔާނޭޝް ކުމާރު
10 ލިޔުން
ފަހުގެ
ދުނިޔެސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި
އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ދުނިޔެއިންޑިއާ ފުލުހުން ނޫސްވެރިންނަށް އަނިޔާކުރާކަމުގެ ތުހުމަތު
އިންޑިއާގެ ނިއު ދިއްލީގައި ކުރި މުޒާހަރާތަކެއް ކަވަރުކުރި 30 އަށް ވުރެ ގިނަ ނޫސްވެރިންނަށް ފުލުހުން އަނިޔާކޮށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެ، ނޫސްވެރިކަމުގެ މިނިވަންކަމާ މެދު ބައިނަލްއަގުވާމީ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ނޫސްވެރިންނަށް ރައްކާތެރިކަން ދިނުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން މިހާރު ވަނީ އަމުރުކޮށްފައެވެ.
