ކޯޗާ މައްސަލަ ޖެހި ރޮނާލްޑޯ ޕޯޗުގަލް ކޭމްޕް ދޫކޮށްލައިފި

Oct 1, 2026, 12:26 AM
ޕޯޗުގަލް އިން އެންމެފަހުން ކުޅުނު މެޗުގެ ތެރެއިން ރޮނާލްޑޯ

ޕޯޗުގަލް އިން އެންމެފަހުން ކުޅުނު މެޗުގެ ތެރެއިން ރޮނާލްޑޯ

ކޯޕެންހާގެން، ޑެންމާކް (އޮކްޓޫބަރު 1) - ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އެ ޓީމުގެ ކޭމްޕް ދޫކޮށް ދާން ނިންމާފައިވާ އިއުލާނުކޮށްފި އެވެ. 

އުމުރުން 41 އަހަރުގެ ރޮނާލްޑޯ އަށް ޕޯޗުގަލް އިން އެންމެ ފަހުން ނޭޝަންސް ލީގުގައި މިދިޔަ އާދިއްތަ ދުވަހު ކުޅުނު މެޗުގައި ފުރުސަތު ނުދެ އެވެ. މުޅި މެޗުގައި ރޮނާލްޑޯ ބެންޗުގައި އިންއިރު، މެޗަށް ފަހު، އޭނާ ވަނީ މާ ބޮޑަށް ޓީމުގެ ކަންކަމާ ނޫޅެ، ޗޭންޖިން ރޫމަށް ގޮސްފަ އެވެ. މިއީ، 18 އަހަރު ދުވަހުގެތެރޭގައި ރޮނާލްޑޯ ފިޓްކޮށް ހުއްޓައި މެޗެއްގައި ބޭނުންނުކޮށް ޕޯޗުގަލް އިން އޭނާ ބެންޗުގައި ބައިންދައިގެން ނިންމި ފުރަތަމަ މެޗެވެ. 

ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް މާދަމާރޭ ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޯޗުގަލްގެ ކޯޗު، ޖޯޖް ޖީސޫސް ވަނީ ރޮނާލްޑޯއާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ޓީމުގެ ޓްރެއިނިންގައި ބައިވެރިވުމުގައި ވެސް ދެބަސްވުމެއް ނެތް ކަމަށް ބުނެފަ އެވެ. 

Advertisement

"އެއްވެސް ކުޅުންތެރިއަކު، 20 ނޫނީ 30 މިނިޓް ވޯމަޕްކޮށްފައި ކުޅެން ނާރާނަމަ ހިތްހަމަނުޖެހުންތަކެއް ހުންނާނެ،" ރޮނާލްޑޯ އަށް އަލް ނަސްރުގައި މިދިޔަ ސީޒަނުގައި ކޯޗުކޮށްދިން ޖީސޫސް ބުންޏެވެ. 

އޭނާ ބުނީ، ޕޯޗުގަލް ގައުމީ ޓީމާ ހަވާލުވީ ރޮނާލްޑޯ ހުރެގެން ނޫން ކަމަށެވެ. އަދި، ޕޯޗުގަލްއާ ހަވާލުވެ، މި ވަގުތު މައިގަނޑު އަމާޒަކީ ނޭޝަންސް ލީގު ކާމިޔާބުކުރުން ކަމަށާއި އެކަން ކުރަން ބަލަން ޖެހެނީ މުޅި ޓީމަށް ކަމަށް ވެސް ޖީސޫސް ވަނީ ބުނެފަ އެވެ. 

ޖީސޫސް ބުނީ، ނޯވޭ މެޗުގެ ކުރިން ރޮނާލްޑޯ ގާތުގައި އެ މެޗުގެ ފުރަތަމަ އެގާރައިގައި އޭނާ ނެތްކަން އަންގާފައިވާނެ ކަމަށެވެ. އެކަމަކު، މެޗުގެ ވަކި ހިސާބަކުން ކުޅެން އަރުވަން ޖެހިދާނެކަން އެންގި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. 

ޕޯޗުގަލްގެ ނޫސްވެރިންގެ ބައްދަލުވުން ނިމުނުތާ ދެގަނޑިރެއްހާއިރު ފަހުން، ސޯޝަލް މީޑިއާގައި ރޮނާލްޑޯ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، ޖީސޫސް އާއި ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަން ރައީސް، ޕެެޑްރޯ ޕްރޮއެންކާއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. 

"ވަގުތު ޖެހުނީމަ އަހަރެން ޕޯޗުގަލްގެ ރައްޔިތުންނަށް ހިއްސާކުރާނަން އަހަރެން މި ނިންމުން ނިންމަން މެދުވެރިވި ސަބަބު. އަަބަދުވެސް އަހަރެން ގައުމީ ޓީމާ އެކު ހުރެފައި މި ގޮތަށް މިކަން ކުރަންޖެހުނީ ކީއްވެކަން،" ރޮނާލްޑޯ ލިޔެފައިވެ އެވެ. 

"މި ވަގުުތަކީ ޕޯޗުގަލް އާއި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އިތުރު ކަމެއްގެ ވާހަކަ ދެއްކުމެއް ނެތި ކާމިޔާބަށް އެދެންޖެހޭނެ ވަގުތެއް،" 

މީގެ 22 އަހަރު ކުރިން ޕޯޗުގަލް އަށް ކުޅެން ފެށި ރޮނާލްޑޯ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ. ހަ ވޯލްޑް ކަޕެއްގައި ޕޯޗުގަލް އަށް ކުޅެދިން ރޮނާލްޑޯ ވަނީ، ގައުމީ ޓީމަށް ކުޅެދިން، 234 މެޗުން 146 ލަނޑު ޖަހައިފަ އެވެ. 

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މިދިޔަ ޖޫން/ޖުލައި މަހު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕަށް ފަހު ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުން ރިޓަޔާކުރަން ވިސްނި ކަމަށް  ރޮނާލްޑޯ ވަނީ މި ފަހަރުގެ ނޭޝަންސް ލީގާ ދިމާކޮށް ގައުމީ ޓީމާ ގުޅުމަށް ފަހު ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ. ޕޯޗުގަލް، ވޯލްޑް ކަޕުން ކެޓީ ގަދަ 16 ބުރުގައި ސްޕެއިން އަތުން ބަލިވެގެންނެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެސް ސްޕެއިނުންނެވެ. 

އެ އިންޓަވިއުގައި ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމުުން އޭނާގެ ބޭނުންހިފަން ބޭނުންވި މުއްދަތަކަށް ޓީމާ އެކު ކުރިއަށްދާނެ ކަމަށް ބުނެފަ އެވެ. އަދި، މިހާރު ވެސް އޭނާގެ މުހިންމުކަން ޓީމަށް ބޮޑު ކަމަށް ވެސް ރޮނާލްޑޯ ބުނެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox