އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބު ކުރިއަށްދާނެ ގޮތުގެ ޓައިމްލައިން އާންމުކޮށްފި

އޮކްޓޯބަރު 3، 2026: އެމްޑީޕީގެ ފަސްވަނަ ކޮންގްރެސްގެ ތެރެއިން --- ފޮޓޯ: މުހައްމަދު ޝާބިން

އޮކްޓޯބަރު 3، 2026: އެމްޑީޕީގެ ފަސްވަނަ ކޮންގްރެސްގެ ތެރެއިން --- ފޮޓޯ: މުހައްމަދު ޝާބިން

އިދިކޮޅު އެމްޑީޕީން އަންނަ ނޮވެމްބަރު 27، ގައި ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލިސް އިންތިހާބު ކުރިއަށްދާނެ ގޮތުގެ ޓައިމްލައިން މިއަދު އާންމުކޮށްފި އެވެ. 

ގައުމީ މަޖިލިސް އިންތިހާބުގެ ޓައިމްލައިނުގައިވާ ގޮތުން އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އޮކްޓޯބަރު 10، ގައި ހުޅުވާލާއިރު، އޭގެ ތިން ދުވަސް ފަހުން މާލޭގައި ވޯޓުލާ މަރުކަޒުގައި އޮފިޝަލުން ނަން ހުށަހެޅުމަށް ހުޅުވާލަ އެވެ. 

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ ގޮތަށް ޕާޓީގެ މެންބަރަކަށްވުމުގެ ސުންގަޑިއަކަށް ކަނޑައަޅާފައިވަނީ އޮކްޓޯބަރު 20، ގެ 14:00 ޖަހަންދެންނެވެ. 

އެއަށްފަހު އޮކްޓޯބަރު 22، ގައި މެންބަރުންގެ ދަފްތަރު އާންމުކޮށް، އާންމުކުރެވުނު ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލަން ވަނީ ހަމަޖެހިފަ އެވެ. މެންބަރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޯބަރު 25، އެވެ. 

އިންތިހާބަށް ކުރިމަތިލުމަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކަށް އޮކްޓޯބަރު 25، ގެ 14:00 އަށް ކަނޑާއަޅާފައިވާއިރު، މެންބަރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީވެސް އެއީ އެވެ. އޭގެއިތުރުން ކުރިމަތިލި ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހަޅަން އެއް ދުވަހުގެ މުއްދަތެއް އޮކްޓޯބަރު 27، ގައި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އޮކްޓޯބަރު 27، ގައި ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލަން ވަނީ ހަމަޖެހިފަ އެވެ. އެ ފުރުސަތު ހަމަވާނެ ކަމަށް ކަނޑައަޅާފައިވަނީ ނޮވެމްބަރު 6، ގެ 14:00 ޖަހާއިރެވެ. އެއަށްފަހު ރ_ރަޖިސްޓްރޭޝަން ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުގެ ސުންގަޑިއަކަށް ކަނޑައެޅީ ނޮވެމްބަރު ނޮވެމްބަރު 12، އެވެ. 

ކެންޑިޑޭޓުންގެ މަންދޫބުންގެ ނަން ހުށަހެޅުމުގެ ފުރުސަތު އޮކްޓޯބަރު 29، ގައި ދީ، އެ ފުރުސަތު ނޮވެމްބަރު 8، ގެ 14:00 ޖަހާއިރު ބަންދުވެ އެވެ. ދާއިމީ ވޯޓާސް ލިސްޓު ނޮވެމްބަރު 14، ގައި ހާމަކޮށް، ވޯޓުފޮށި ބަހައްޓާނެ ތަންތަން ނޮވެމްބަރު 23، ގައި އާންމުކުރެ އެވެ. 

މީގެއިތުރުން ނޮވެމްބަރު 27، ގައި އިންތިހާބުގައި ވޯޓުލުން މެންދުރު 14:30 އިން ރޭގަނޑު 20:30 އަށް ކުރިއަށްގެންގޮސް ވަގުތީ ނަތީޖާ އިއުލާންކުރަން ވަނީ ރާވާފަ އެވެ. އެއަށްފަހު ނޮވެމްބަރު 30، ގައި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ވަނީ ހަމަޖެހިފަ އެވެ. 

އެމްޑީޕީން ނޮވެމްބަރު 27، ގައި ބާއްވާ ގައުމީ މަޖިލިސް އިންތިހާބަކީ އެ ޕާޓީން އަސާސީ ގަވާއިދަށް ގެނައި ބޮޑެތި ބަދަލުތަކަށްފަހު ބާއްވާ ފުރަތަމަ އިންތިހާބެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox