ސޮފްވާން ފްރޭމްކޮށްފައެއް ނުވާނެ، ފިޔަވަޅު އެޅީ އުސޫލާ އެއްގޮތަށް: ވޮލީބޯލް އެސޯސިއޭޝަން

Oct 7, 2026, 2:46 PM
ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް، އެ އެސޯސިއޭޝަންގެ ކޮންގްރެސްއެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް، އެ އެސޯސިއޭޝަންގެ ކޮންގްރެސްއެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ހިންގާ ކޮމިޓީގެ މަގާމުން ވަކިކޮށް، މުޅި އުމުރަށް ސަސްޕެންޑްކޮށްފައި ހުރި ވޮލީބޯޅަ ކޯޗު، ސޮފްވާން އަހުމަދުގެ މައްސަލައިގައި، އޭނާ ކުރާ ތުހުމަތުތައް އިންކާރުކޮށް، ވީއޭއެމް އިން ބަޔާނެއް ނެރެފި އެވެ. 

ޖުމްލަ ގޮތެއްގައި، އެ ބަޔާނުގައި ވީއޭއެމް އިން ފާހަގަކޮށްފައިވާ ގޮތުގައި، އެސޯސިއޭޝަނުން ސޮފްވާންއާ މެދު ފިޔަވަޅު އެޅިއިރު، އޭނާ ފްރޭމް ކުރުމަށްޓަކައި އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް އެސޯސިއޭޝަނުން ވަނީ ތަކުރާރުކޮށް ފާހަގަކޮށްފަ އެވެ. އަދި، ދިމާވި މައްސަލަަތަކަށް ބަލައި، ސޮފްވާން އަށް ފިޔަވަޅު އެޅުމަށްޓަކައި، ވީއޭއެމް އިން އަމަލުކޮށްފައިވަނީ ހެދިފައި އޮތް އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް ވީއޭއެމް އިން ނެރުނު، ފަސް ސޮފްހާގެ ބަޔާނުގައިވެ އެވެ. 

ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުތަކެއް އަމާޒުވެފައިވާ ސޮފްވާން، ވީއޭއެމްގެ ހިންގާ ކޮމިޓީގެ މެމްބަރު ކަމުން ވަކިކޮށް، އޭނާގެ މައްޗަށް ގިނަ ފިޔަވަޅުތަކެއް އެޅި އެވެ.

Advertisement

ފުރަތަމަ ފަސް އަހަރަށް ދިން ސަސްޕެންޝަން ބޮޑުކުރަން ނިންމައި އެކަން، ވީއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ. އެއީ، އުމުރަށް ސަސްޕެންޑްކުރުމުގެ އިތުރުން ވީއޭއެމްގެ ބައިވެރިވުން އޮންނަ ހުރިހާ މުބާރާތެއްގައި ސޮފްވާނަށް ބައިވެރިނުވެވޭ ގޮތަށް ދިން ސަސްޕެންޝަނެކެވެ. 

މިދިޔަ އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހު ފުލުހަށް ހުށަހެޅި ސޮފްވާންގެ މައްސަލަ، ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތުމުން މި މަހުގެ 17 ވަނަ ދުވަހު ވަނީ ފައިލްކޮށްފަ އެވެ. އޭގެ ފަހުން ސޮފްވާން ވަނީ، އަމިއްލަ ދިފާއުގައި ސޯޝަލް މީޑިއާގައި ވެސް ގިނަ ޕޯސްޓްތަކެއް ކުރުމުގެ އިތުރުން، މީޑިއާ އަށް ވެސް ބަޔާނެއް ދީފަ އެވެ. 

އުމުރަށް ސަސްޕެންޑްކޮށްފައި ހުރި ސޮފްވާންގެ ބޮޑެތި ތުހުމަތުތަކެއް ވޮލީބޯލް އެސޯސިއޭޝަނަށް

ޖިންސީ ގޯނާގެ ތުހުމަތުގައި ވީއޭއެމުން އުމުރަށް ސަސްޕެންޑްކުރި ސޮފްވާން އަހުމަދުގެ މައްސަލަ ފުލުހުން ފައިލްކުރުމާ ގުޅިގެން، އޭނާ ވަނީ އެ އެސޯސިއޭޝަނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައި. ސޮފްވާން ބުނާގޮތުގައި އޭނާ ސަސްޕެންޑްކުރީ ޒާތީ ހަސަދަވެރިކަމެއްގައި ގަވާއިދާ ހިލާފަށް އުފެއްދި ކޮމިޓީއަކުން، ޖަވާބުދާރީވާން ފުރުސަތު ނުދީ އޭނާ "ފްރޭމް" ކުރުމަށް ފަހު،

ވީއޭއެމް އިން މިއަދު ބަޔާނެއް ނެރުމަށް ދިމާވި އެންމެ ބޮޑު ސަބަބަކީ، ސޮފްވާން ދައްކަމުން އަންނަ ހަގީގަތާ ހިލާފު ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ ވޮލީބޯޅައިގެ މަސްލަހަތު ގެއްލޭ ގިނަ ކަންތައްތަކެއް ކުރިމަތިވަމުން އަންނާތީވެ، ކަން ހިނގައިދިޔަ ގޮތް ތަފްސީލީ ގޮތެއްގައި ކިޔައިދިނުމަށްޓަކަ އެވެ. 

އެ ގޮތުން، ވީއޭއެމް އިން ވަނީ، ވޮލީބޯލް އެސޯސިއޭޝަންގެ އެއްވެސް މެމްބަރެއްގެ ނުފޫޒު އޮވެގެން ސޮފްވާނަށް ފިޔަވަޅެއް އެޅި ކަމުގެ ތުހުމަތުތަކަށާއި ފްރޭމްކުރި ކަމަށް ބުނާ ކަންކަން ދޮގުކޮށްފަ އެވެ. 

ވީއޭއެމް އިން ކަންތައްތަކެއްކޮށް، ސޮފްވާން "ފްރޭމް" ކޮށްފައިވާކަމަށް ތަކުރާރުކޮށް އޭނާ ބުނަމުންގެންދާތީ، ހައްގު ގެއްލިފައިވާ ފަރާތެއްގެ ހައިސިއްޔަތުން، އެ މައްސަލަ ދައުލަތުގެ ކަމާބެހޭ ފަރާތަކަށް ހުށަހެޅުމަށް، މި ވީއޭއެމް އިން މަރުހަބާ ކިޔާ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. 

"ޞަފްވާން އަޙްމަދުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ އަނިޔާގެ މައްސަލަ ނިންމައި، އޭނާގެ މައްޗަށް އިދާރީ ފިޔަވަޅު އެޅިތާ ގާތްގަނޑަކަށް އެއް އަހަރުވުމަށް ގާތްވެފައިވާއިރު، އޭނާ "ފްރޭމް" ކުރި މައްސަލައެއް ދައުލަތުގެ ކަމާބެހޭ ފަރާތަކަށް ޞަފްވާން އަޙްމަދު ހުށަހަޅާފައިނުވަނީ، ޞަފްވާން އަޙްމަދުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަ، މި އެސޯސިއޭޝަނުން އިދާރީގޮތުން ބަލައި، އަޅާފައިވާ އިދާރީ ފިޔަވަޅަކީ އިންސާފުވެރި ފިޔަވަޅެއްކަން، ޞަފްވާން އަޙްމަދު ވެސް ޤަބޫލުކުރާތީ ކަމަށް މި އެސޯސިއޭޝަނުން ދެކެމެވެ،" ވީއޭއެމްގެ ބަޔާނުގައިވެ އެވެ. 

ވީއޭއެމް އިން ބުނީ، ސޮފްވާންގެ އެކިއެކި މައްސަލަތައް މީގެ ކުރިން ވެސް އޮންނަ ކަމާއި ޖިންސީ އަނިޔާގެ މައްސަލަތައް މީގެ ކުރިން ބެލެވިފައި ނެތް ކަމުގައި ވިޔަސް ކުޅުންތެރިންގެ މި ފަދަ މައްސަލަތައް އެކި ކޯޗުންނަށް އެނގޭ ކަމަށެވެ. އަދި، ކުޅުންތެރިންގެ ފޮޓޯ ގެންގުޅޭ ކަމަށާއި، އެ ފަދަ ފޮޓޯ ގެންގުޅެނީ ބްލެކްމެއިލް ކުރަން ކަން ވެސް ވީއޭއެމްގެ ކޮންގްރެސްގައި ބައިވެރިވި މެމްބަރުން ފާހަގަކުރި ކަމަށް އެސޯސިއޭޝަންގެ ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ވޮލީބޯޅަ ކުރިއަރުވައި ތަރައްގީ ކުރުމަށްޓަކައި، ވީއޭއެމް އިން ކުރާ މަސައްކަތްތަކާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ފަތުރައި ކުޅުންތެރިންނާއި މެމްބަރުންނާއި މި އެސޯސިއޭޝަނާ ދެމެދު އޮތް ގުޅުމަށް ބުރޫއަރާ ގޮތަށް ހަގީގަތާ ހިލާފު ވާހަކަ ދެއްކުން ބަަލައިނުގަނެވޭ ކަމަށް ވީއޭއެމް އިން ވަނީ ބުނެފަ އެވެ. 

"މި އެސޯސިއޭޝަންގެ ތަސައްވުރު ކިލަނބު ކުރުމަށް އެއްވެސް ފަރާތަކުން މަސައްކަތްކުރާނަމަ، އެ ފަރާތެއްގެ މައްސަލަ، ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ގަސްދުކުރާ ވާހަކަ ވެސް މި ފުރުސަތުގައި ދެންނެވީމެވެ،" ވީއޭއެމްގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ. 

މީގެ ދެ އަހަރު ކުރިން، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއްގައި ވަނީ، ވީއޭއެމް އާއި އެ ތަނުގެ ވެރިންނާ މެދު ނަފްރަތު އުފައްދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާގޮތަށް ގަވާއިދެއް ފާސްކޮށްފަ އެވެ.

އެ ގޮތުން، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ މައުލޫމާތު މީޑިއާ އަށް ހިއްސާކުރަން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކޮންގްރެސްގެ އެޖެންޑާގެ "އެހެން ކަންތައްތައް" ބައިގެ ދަށުން ކްލަބް ވޮލީބޯލް އިން ވަނީ ހުށަހެޅުމެއް ހުށަހަޅާފައި ކަމަށެވެ. އެއީ، ވޮލީބޯލް އެސޯސިއޭޝަނާއި އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މެމްބަރުންނަށް އަމާޒުކޮށް ހަގީގަތާ ހިލާފު އަދި ބޭ އަދަބީ، މުޖުތަމައު ބަލައިނުގަންނަ ބަހުރުވަ ބޭނުންކޮށް ތަފާތު ވާހަކަތަކާއި އިލްޒާމްތައް އަޅުވައި، ފޮޓޯ، ސޯޝަލް މީޑިއާގައި ދައުރުކުރާ ފަރާތްތަކުގެ މައްސަލަ ބަލައި، އެފަރާތްތަކަށް ފިޔަވަޅު އެޅުމަށެވެ.

ވޮލީބޯލް އެސޯސިއޭޝަނާއި އެ ތަނުގެ ވެރިންނާ މެދު ނަފްރަތު އުފައްދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ނިންމައިފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާއި އެ ތަނުގެ ވެރިންނާ މެދު ނަފްރަތު އުފައްދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާގޮތަށް ގަވާއިދެއް ވަނީ ފާސްކޮށްފައި.

ކޮމެންޓް

ފަހުގެ ޚަބަރު

ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލަށް ކުޅެން ޖެރާޑް ވަރަށް ބޭނުންވި

ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑްގެ ކެރިއަރުގައި އެންމެ ބޭނުންވި އެއް ކަމަކީ ޔާގެން ކްލޮޕްގެ ކޯޗުކަމުގައި އެ ޓީމަށް ކުޅުން ކަމަށް އޭނާ ބުނެފި. ޖެރާޑް، ލިވަޕޫލް ދޫކޮށްލިތާ މަދު މަސްކޮޅެއްގެ ތެރޭގައި ކްލޮޕް އެ ޓީމާ ގުޅުނުއިރު، ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅުމުގެ ފުރުސަތު ލިބުނުނަމަ ކޮންމެފަދަ ގުރުބާނީއެއް ވާންވެސް ތައްޔާރަށް ހުރިކަމަށް

ފްރާންސް މޮޅުވިޔަސް ޒިދާންގެ ހިތެއް ނުފުރުނު

ޔުއެފާ ނޭޝަންސް ލީގުގައި ބެލްޖިއަމް އަތުން 4-1 އިން ފްރާންސް މޮޅުވިއިރު، މިއީ އަމިއްލަ ގައުމުގައި ކޯޗު ޒިދާން ހޯދި ފުރަތަމަ މޮޅެވެ. މެޗުގެ ފަހުކޮޅު 13 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައިގެން މޮޅުވި ނަމަވެސް، ޓީމުގެ ކުޅުމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން އަދިވެސް ގިނަ ކަމަށް ޒިދާން ފާހަގަކުރިއެވެ. މި ނަތީޖާއާއެކު ފްރާންސް އޮތީ 10 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައެވެ.

އޭއެފްސީން 2030 ވަނަ އަަހަރު ނޭޝަންސް ލީގެއް ފަށަނީ

އޭއެފްސީން 2030 ވަނަ އަހަރު އަލަށް ފަށާ ނޭޝަންސް ލީގު، ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ކޮލިފައިންއާ ގުޅުވާލައިގެން ކުރިއަށްގެންދަން ވަނީ ނިންމާފައި. ތިން ފަންތިއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގެ ސަބަބުން އޭޝިއާގެ ފުޓްބޯޅައިގެ ލެވަލް ކުރިއަށްދާނެ.

ރޮނާލްޑޯގެ ކެރިއަަރާ މެދު އަމިއްލަ އަށް ގޮތެއް ނިންމަން ޖެހޭ

އަމިއްލަ ސަބަބަކާ ހުރެ ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލާފައިވާއިރު، އޭނާގެ ކެރިއަރާ މެދު އަމިއްލައަށް ގޮތެއް ނިންމަން ޖެހޭ ކަމަށް ކޯޗު ޖޯޖް ޖީސޫސް ބުނެފި. ރޮނާލްޑޯ ބުނެފައިވަނީ މި ނިންމުން ނިންމަން މެދުވެރިވި ސަބަބު ފަހުން ހާމަކުރާނެ ކަމަށާއި، ކޯޗު ބުނާގޮތުން އޭނާއަށް އަދިވެސް ގައުމީ ޓީމުން ފުރުސަތު އެބައޮތް

ސާފްގެ މުހިންމު ކޮމިޓީތަކުގައި ރާއްޖޭގެ ބައިވެރިވުން

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ މުހިންމު ކޮމިޓީތަކަށް ރާއްޖޭގެ އެފްއޭއެމްގެ އިސް ބޭފުޅުންތަކެއް އިންތިޚާބުވެވަޑައިގެންފި. މީގެ ތެރޭގައި ސާފްގެ ކޮމްޕެޓިޝަން ކޮމިޓީ، މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ކޮމިޓީ، އަދި އަންހެނުންގެ އެޑް ހޮކް ކޮމިޓީއަށް ރާއްޖޭގެ މަންދޫބުން ވަނީ ހަމަޖައްސާފައި

އޭޝިއަން ގޭމްސްގެ މެޑަލް ތާވަލުގެ އެއް ވަނަ ޗައިނާ އަށް

ޖަޕާނުގައި ބޭއްވި އޭޝިއަން ގޭމްސްގެ މެޑަލް ތާވަލުގެ އެންމެ ކުރި 341 މެޑަލްއާއެކު ޗައިނާ އިން ހޯދިއިރު، ދެވަނަ އަދި ތިންވަނަ ލިބުނީ ޖަޕާނާއި ދެކުނު ކޮރެއާ އަށް. މި މުބާރާތުގައި ޖުމްލަ 40 ގައުމަކުން މެޑަލް ހޯދާފައިވާއިރު، ސަތޭކައަށް ވުރެ ގިނަ މެޑަލް ކާމިޔާބުކުރީ ތާވަލުގެ ގަދަ ތިން ގައުމުން އެކަނި

ބަރޮސް އިން ރިސޯޓް ލީގު ނޯތު މާލެ ޒޯން ތަށި އުފުލާލައިފި

ރިސޯޓް ލީގުގެ ނޯތު މާލެ ޒޯން ފައިނަލްގައި ބަނޑޮސް މޯލްޑިވްސްއާ ވާދަކޮށް، ޕެނަލްޓީ ޖަހައިގެން 5-6 އިން މޮޅުވެ ބަރޮސް މޯލްޑިވްސް އިން މުބާރާތުގެ ތަށި އުފުލާލައިފި. ފޯރިގަދަ ކުޅުމަކަށްފަހު މެޗުގެ ފުރިހަމަ ވަގުތު 2-2 އިން އެއްވަރުވިއިރު، މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަނޑޮހުގެ އަހުމަދު ޝަމާލް.

Newsletter

Get the latest news delivered straight to your inbox