ވީއޭއެމް އިން ސޮފްވާން ފަސް އަހަރަށް ސަސްޕެންޑްކޮށްފި

Oct 15, 2025, 12:29 PM
ވީއޭއެމް އިން ސޮފްވާން ފަސް އަހަރަށް ސަސްޕެންޑްކޮށްފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ގައުމީ އަންހެން ޓީމުގެ ކޯޗުގެ މަގާމާއި އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މަގާމުގައި ހުރި ސޮފްވާން ފަސް އަހަރަށް ސަސްޕެންޑްކޮށްފި އެވެ.

ވީއޭއެމް އިން މިއަަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އެސޯސިއޭޝަންގެ ސަމާލުކަމަށް އައިސްފައިވާ މައްސަލައެއް ބެލުމަށް އެކުލަވާލެވުނު އެޑްހޮކް ކޮމިޝަނުގެ ރިޕޯޓަށް ބަލައި، ވީއޭއެމްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ފިޔަވަޅުތަކެއް އަޅަން ނިންމާފައި ކަމަށެވެ.

އެ ގޮތުން މައިގަނޑު ހަތަރު ފިޔަވަޅެއް އަޅަން ވީއޭއެމް އިން ނިންމި އެވެ. އެއީ، އަންހެން ޓީމުގެ ކޯޗުގެ މަގާމުން ސޮފްވާން ވަަކިކުރުމަށާއި އެ ފަދަ މަގާމަކަށް ކުރިއަށް އޮތް ފަސް އަހަރު ނުނެގުމަށާއި ވީއޭއެމް އިން އިންތިޒާމްކުރާ އެއްވެސް މުބާރާތެއްގައި ސޮފްވާނަށް ކުރިއަށް އޮތް ފަސް އަހަރު ބައިވެރިނުވެވޭ ގޮތަށް ނިންމުމުގެ އިތުރުން، ވީއޭއެމްގެ ރެފްރީން ފޮނުވައިގެން ކުރިއަށްދާ އެއްވެސް މުބާރާތެއްގައި ސޮފްވާނަށް މަސައްކަތް ނުކުރެވޭ ގޮތަށް ނިންމުމަށެވެ.

މީގެ އިތުރުން، ވީއޭއެމްގެ ހިންގާ ކޮމިޓީގެ މެމްބަރު ކަމުން ސޮފްވާން ވަކިކުރުމަށް ފަހު، ކުރިއަށް އޮތް ފަސް އަހަރު، ވީއޭއެމްގެ އިންތިހާބީ އެއްވެސް މަގާމަކަށް ސޮފްވާނަށް ނާދެވޭ ގޮތަށް އަދަބު ދޭން ވަނީ ނިންމައިފަ އެވެ.

މިދިޔަ އަހަރުގެ މެއި މަހު ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ސޮފްވާންއާ ގުޅޭ މައްސަލައެއް ވީއޭއެމް އިން ބެލީ އޭނާ މަގާމުގެ ޒިންމާތަކުން އެކަހެރިކޮށްފަ އެވެ. އެ މުއްދަތުގައި، ގައުމީ އަންހެން ޓީމުގެ ޓްރެއިނިން ކުރިއަށްގެންދިޔައީ ކޯޗު، މުހައްމަދު ނަދީމް (ނަދީމްބެ)ގެ އިރުޝާދުގެ ދަށުންނެވެ.

މީގެ ކުރިން ވެސް ސޮފްވާންގެ މައްޗަށް އެކި ތުހުމަތުތަކެއްގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ވެސް ދައުރުވިއިރު، ބައެއް ކުޅުންތެރިން ވެސް ސޮފްވާންގެ ޝަކުވާ އެސޯސިއޭޝަނާ ހިއްސާކޮށްފައިވާ ކަމުގެ މައުލޫމާތުވަނީ ލިބިފަ އެވެ. އެކަމަކު، އެސޯސިއޭޝަނުން އެ ފަހަރުތަކުގައި ސޮފްވާންގެ މައްސަލައިގައި ފިޔަވަޅެއް ނޭޅި ކަމުގައި ވިޔަސް، މި ފަހަރު މި ދިމާވި މައްސަލައިގައި މި ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

މި މައްސަލައިގައި، ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް، ވީއޭއެމްގެ މީޑިއާ ވަޓްސަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ބުނެފައިވަނީ، އެސޯސިއޭޝަނުގެ ފަރާތެއްގެ މަސްލަހަތު ރައްކާކުރަން ފޮރުވަންޖެހޭ ކަމެއް ނެތް ކަމަށެވެ.

"މީހެއްގެ ނަން ބޭނުންކޮށްގެން ޖަވާބެއް ދޭން ޖެހޭނީ ކަންކަން ބެލުމަށް ފަހު، އަންހެން ކުދިންނަށް އަދި ފިރިހެން ކުދިންނަށް ވެސް ބިރެއް ނެތި ނެޝަނަލް ޓީމު، އަދި އެސޯސިއޭޝަންގެ އެހެން ހަރަކާތްތަކުގައި އުޅެވޭނެ މާހައުލެއް އޮންނާނެ. ކަމެއް ދިމާވެއްޖިއްޔާ އެކަމެއް ބެލުމަށް ފަހު، އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ދެން،" ވީއޭއެމްގެ މީޑިއާ ވަޓްސަޕް ގްރޫޕުގައި، އެސޯސިއޭޝަންގެ ރައީސް، ލަތީފް ލިޔުއްވާފައިވެ އެވެ.

މީގެ އިތުރުން އެޑްހެކް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކެއް ތަންފީޒުކުރުމަށް ވެސް ވީއޭއެމް އިން ވަނީ ނިންމައިފަ އެވެ. އެ ކަންތައްތަކަކީ:

* ގައުމީ ޓީމުގެ ސްކޮޑަށް ކުޅުންތެރިން ހޮވާ އުސޫލު އިތުރަށް ހަރުދަނާކޮށ،ް އެ އުސޫލުގެ ތެރެއިން ނޫންގޮތަކަށް ޤައުމީ ޓީމުގެސްކޮޑަށް ކުޅުންތެރިން ނުހޮވުން

* ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ސުލޫކީ މިންގަނޑު އިތުރަށް މުރާޖާކޮށް އެ މިންގަނޑު ޤައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަންގާފައި ބޭއްވުން

* ގައުމީ ޓީމުގެ ކުޅުންތެރިން އަދި އޮފިޝަލުންގެ މެދުގައި ހިނގާފާނެ ޖިންސީ ފުރައްސާރައިގެ ޢަމަލުތައް ރިޕޯޓުކުރާނެ އުސޫލެއް ޤާއިމްކޮށް އެކަން ކުޅުންތެރިންނާއި އޮފިޝަލުންނަށް އެނގޭނެގޮތެއް ހެދުން.

* ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ތަފާތު ކޮމިޝަންތަކާއި ތަފާތު ގުނަވަންތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ހިނގާފާނެ ޖިންސީ ފުރައްސާރައިގެ އަމަލުތައް ރިޕޯޓު ކުރާނެ އުސޫލެއް ޤާއިމްކޮށ،ް އެކަން އެފަދަ މަސައްކަތްކުރާ ފަރާތްތަކަށް އެނގޭނެގޮތް ހެދުން.

* އެޑްހޮކް ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ އަކ،ީ ސީރިއަސް މައްސަލައަކަށްވާތ،ީ އެ ބާވަތުގެ މައްސަލަ ތަހްގީގު ކުރުމުގެ އިހްތިސާސް އޮތް ފަރާތަކަށް އެންގުން

* ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާޢިދު (ވާރޝަން 2023) ގެ 48 ވަނަ މާއްދާގެ (ބ) ގައި "ޖިންސީ ފުރައްސާރައިގެ އެއްވެސް ޢަމަލެއް ހިންގުނ،ް ނުވަތަ އެފަދަ އަމަލަކަށް ހިއްވަރުދިނުން" އެއީ އެސޯސިއޭޝަނުގެ މެމްބަރުންގެ މައްޗަށް މަނާކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވާތ،ީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެމްބަރުންގެ ތެރޭގައި ހިމެނޭ އެއްވެސް ކުލަބެއްގެ ހިންގާ ކޮމިޓީގައި ތުހުމަތު ކުރެވުނު ފަރާތް ހިމެނިފައިވާނަމ،ަ އެ ކުލަބެއްގެ ހިންގާ ކޮމިޓީއިން އެ ފަރާތް ވަކިކުރުމަށް އެ ކުލަބަށް އެންގުމާއި އަދި ތުހުމަތު ކުރެވުނު ފަރާތް އެ ކުލަބެއްގެ ހިންގާ ކޮމިޓީއިން ވަކިކުރިކަން ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ފަރާތުން ކަށަވަރު ކުރުނ.ް އަދި އެކަން ކަށަވަރު ކުރުމުގެ ކުރިނ،ް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ހިންގާ އެއްވެސް ޙަރަކާތެއްގައި އެ މެމްބަރު ކުލަބު ބައިވެރި ނުކުރުން.

"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައވާ ގޮތުގައި، ވީއޭއެމް އިން މި ފިޔަވަޅުތައް އަޅާފައި މި ވަނީ، ސޮފްވާނާ މެދު ކުރެވުނު ތުހުމަތުތަކުގެ ސީރިއަސް ކަމަށް ބެލުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox