މި ސަރަހައްދުގެ ޑޭޓާ އަދި ކަނެކްޓިވިޓީ ހަބަކަށް ވުމަށް ރާއްޖެއަށް އޮތް ފުރުސަތު މި ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒު

ފައްޔާޒް އިސްމާއިލް: ސަބްމެރިން ކޭބަލް އޮޕަރޭޝަނަލައިޒް ކުރާނެ ފައިސާ ހަމަޖައްސައިނުދީ ރަސްމާލެ ހިއްކުމަށް ބޮޑެތި އަދަދުން ފައިސާ ހަރަދުކުރާތީ އޭނާ ވަނީ ފާޑުވިދާޅުވެފައި -- ފޮޓޯ: އަދަދު

ފައްޔާޒް އިސްމާއިލް: ސަބްމެރިން ކޭބަލް އޮޕަރޭޝަނަލައިޒް ކުރާނެ ފައިސާ ހަމަޖައްސައިނުދީ ރަސްމާލެ ހިއްކުމަށް ބޮޑެތި އަދަދުން ފައިސާ ހަރަދުކުރާތީ އޭނާ ވަނީ ފާޑުވިދާޅުވެފައި -- ފޮޓޯ: އަދަދު

މި ސަރަހައްދުގެ ޑޭޓާ އަދި ކަނެކްޓިވިޓީ ހަބަކަށްވުމަށް ރާއްޖެއަށް އޮތް ފުރުސަތު މި ސަރުކާރުން ގެއްލުވާލައިފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް އެހެން ވިދާޅުވީ އިންޓަނެޓުގެ އަގު ހެޔޮކުރާށާއި ޑިޖިޓަލް ވިޔަފާރިތައް ކުރިއަރުވަން ވެގެން ކުރީ ސަރުކާރުން ފެށި ސަބްމެރިން ކޭބަލް ޕްރޮޖެކްޓުގެ ދަށުން 15 މިލިއަން ޑޮލަރު ހަރަދުކޮށްގެން ގެނައި ކޭބަލް އޮޕަރޭޝަނަލައިޒް ކުރާނެ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވިގެން، އެ ޕްރޮޖެކްޓު އެއްކޮށް ހުއްޓޭ ހިސާބަށް ގޮސްފައި ވާތީ އެވެ.

އެކްސްގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިޖިޓަލް ދުނިޔެއެއްގައި ވާދަކުރުމަށް ދައުލަތުގެ އަމިއްލަ ބާރު ހިނގާ ސަބްމެރިން ކޭބަލެއް އޮންނަންޖެހޭކަން ނުވިސްނޭ ބަޔަކު މިނިވަންކަމުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.

Advertisement

"ތިންވަނަ ފަރާތެއް މެދުވެރިކޮށް ހުރިހާ އިންޓަނެޓް ޓްރެފިކެއް ފޮނުވުމަކީ އަގުބޮޑުކަމެއް، މި ކޭބަލް ހުޓުވައިލުމަކީ އިންޓަނެޓުގެ އަގު އިތުރަށް ހެޔޮކުރަން އޮތް ދޮރު ބަންދުވާނެ ކަމެއް. މި ސަރަހައްދުގެ ޑޭޓާ އަދި ކަނެކްޓިވިޓީ ހަބަކަށްވުމަށް ރާއްޖެއަށް އޮތް ފުރުސަތު މި ސަރުކާރުން މި ވަނީ ގެއްލުވާލައިފައި،" ފައްޔާޒް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ސަރުކާރުގެ އިހުމާލުން 15 މިލިއަން ޑޮލަރުގެ ސަބްމެރިން ކޭބަލް ބޭކާރު

ފައިސާގެ ދަތިކަމާއި ސަރުކާރުގެ އިހުމާލުން އޯޝަން ކަނެކްޓް ސަބްމެރިން ކޭބަލް މަޝްރޫއު ހުއްޓި، މިހާތަނަށް ހޭދަކުރި 236 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭކާރުވުމުގެ ބިރު ވަނީ ހީވެފަ. މި މަޝްރޫއު ހިންގާ އެމްއެފްއެމްސީ ކުންފުންޏަށް ބޮޑެތި މާލީ ގެއްލުންތަކެއް ވަމުންދާއިރު، ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ވެސް ނުދައްކާ އެބައޮތް.

"އޯސީއެމް-އައިއޭއެކްސް" ނަމުން ނަން ދެވިފައިވާ މި ސަބްމެރިން ކޭބަލްއަކީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން، އެ ކުންފުނީގެ ސަބްސިޑަރީ އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) އާ ހަވާލުކޮށްގެން ހިންގި މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން އޯސީއެމްއިން ވަނީ އިންޑިއާގެ ރިލަޔަންސް ޖިއޯ އިންފޯކޮމްގެ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ނިޒާމު "އައިއޭއެކްސް" ގެ ކޭބަލް މީގެ ތިން އަހަރު ކުރިން އެއްގަންކޮށްފަ އެވެ.

އޭރު ރާވާފައި އޮތީ ޖެހިގެން އަންނަ އަހަރު އެއީ 2024 ގައި، މި ކޭބަލް އޮޕަރޭޝަނަލައިޒް ކުރާ ގޮތަށެވެ.  ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް އެ ކޭބަލް ބޭނުންކުރަން ނުފެށި، އިންވެސްޓުކުރި ފައިސާ އަނބުރާ ލިބޭނެ މަގެއް ވެސް ވެސް ނުފެނެ އެވެ. 

އެމްއެފްއެމްސީގެ 2023 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުން ހާމަވާ ގޮތުގައި މި މަޝްރޫއު އެއްކޮށް ހުއްޓުމަކަށް އައިސްފައި ވަނީ  ބޭނުންވާ ފައިސާ ހަމަނުޖެހުމުގެ ސަބަބުންނެވެ. އަދި، މާލީ ދަތިތަކާ ހުރެ މި މަޝްރޫއުގެ ހުރިހާ މަސައްކަތެއް ވަނީ މެދުކަނޑައިލައިފަ އެވެ.

އެ މަޝްރޫއުއަކީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އިގުތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއުއެއްކަން ފާހަގަކުރައްވައި ފައްޔާޒް ވަނީ ސަރުކާރުން ކުރާ ބޭކާރު ހަރަދުތަކަށް ފާޑުވިދާޅުވެފަ އެވެ.

"ރަސްމާލެ ހިއްކަން ބިލިއަން ޑޮލަރު ހޭދަކުރަމުންދާއިރު، ކުރު މުއްދަތެއްގެ ތެރޭގައި އިގުތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ މި ކޭބަލަށް ދޭނެ 20 މިލިއަން ޑޮލަރެއް ނެތް،" ފައްޔާޒް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox