ސަރުކާރުގެ އިހުމާލުން 15 މިލިއަން ޑޮލަރުގެ ސަބްމެރިން ކޭބަލް ބޭކާރު

އޮގަސްޓު 11، 2023 ގައި އޯސީއެމް-އައިއޭއެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ރާއްޖެއާ ގުޅާލަނީ: މިއީ ކުރީ ސަރުކާރުގެ "ޑިޖިޓަލް ރާއްޖެ" ސިޔާސަތުގެ ދަށުން ކުރި އިންވެސްޓްމަންޓެއް --- ފޮޓޯ: ރައީސް އޮފީސް

އޮގަސްޓު 11، 2023 ގައި އޯސީއެމް-އައިއޭއެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ރާއްޖެއާ ގުޅާލަނީ: މިއީ ކުރީ ސަރުކާރުގެ "ޑިޖިޓަލް ރާއްޖެ" ސިޔާސަތުގެ ދަށުން ކުރި އިންވެސްޓްމަންޓެއް --- ފޮޓޯ: ރައީސް އޮފީސް

އިންޓަނެޓުގެ އަގު ހެޔޮކުރާށާއި ޑިޖިޓަލް ވިޔަފާރިތައް ކުރިއަރުވަން ވެގެން ކުރީ ސަރުކާރުން ފެށި ސަބްމެރިން ކޭބަލް ޕްރޮޖެކްޓުގެ ދަށުން 15 މިލިއަން ޑޮލަރު ހަރަދުކޮށްގެން ގެނައި ކޭބަލް އޮޕަރޭޝަނަލައިޒް ކުރާނެ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވިގެން، އެ ޕްރޮޖެކްޓު އެއްކޮށް ހުއްޓޭ ހިސާބަށް ގޮސްފި އެވެ. 

"އޯސީއެމް-އައިއޭއެކްސް" ނަމުން ނަން ދެވިފައިވާ މި ސަބްމެރިން ކޭބަލްއަކީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން، އެ ކުންފުނީގެ ސަބްސިޑަރީ އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) އާ ހަވާލުކޮށްގެން ހިންގި މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން އޯސީއެމްއިން ވަނީ އިންޑިއާގެ ރިލަޔަންސް ޖިއޯ އިންފޯކޮމްގެ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ނިޒާމު "އައިއޭއެކްސް" ގެ ކޭބަލް މީގެ ތިން އަހަރު ކުރިން އެއްގަންކޮށްފަ އެވެ.

Advertisement

އިންޓަނެޓުގެ އަގު ހެޔޮ ކުރަން ސަރުކާރުން އެޅި ސަބްމެރިން ކޭބަލް އެއްގަންކޮށްފި

ސަރުކާރުގެ ޑިޖިޓަލް ރާއްޖޭގެ ސިޔާސަތުގެ ދަށުން ދައުލަތުން އިންވެސްޓުކޮށްގެން އެޅި މި ކޭބަލްއަކީ އިންޓަނެޓުގެ އަގު ހެޔޮ ކުރުމާއި ސްޕީޑު ހަލުވި ކުރުމާ އެކު، ޑޭޓާ އެކްސްޕޯޓު ފަދަ ވިޔަފާރިތަކަށް ހުޅުވާލުމުގެ މަގުސަދުގައި އެޅި ކޭބަލްއެއް.

އޭރު ރާވާފައި އޮތީ ޖެހިގެން އަންނަ އަހަރު، އެއީ 2024 ގައި، މި ކޭބަލް އޮޕަރޭޝަނަލައިޒް ކުރާ ގޮތަށެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް އެ ކޭބަލް ބޭނުންކުރަން ނުފެށި، އިންވެސްޓުކުރި ފައިސާ އަނބުރާ ލިބޭނެ މަގެއް އަދިވެސް ނުފެނެ އެވެ. 

އޮޑިޓު އޮފީހުން މި ހަފުތާގެ ތެރޭގައި އާންމުކޮށްފައިވާ އެމްއެފްއެމްސީގެ 2023 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުން ހާމަވާ ގޮތުގައި މި މަޝްރޫއު އެއްކޮށް ހުއްޓުމަކަށް އައިސްފައި ވަނީ ބޭނުންވާ ފައިސާ ހަމަނުޖެހުމުގެ ސަބަބުންނެވެ. އަދި، މާލީ ދަތިތަކާ ހުރެ މި މަޝްރޫއުގެ ހުރިހާ މަސައްކަތެއް ވަނީ މެދުކަނޑާލާފަ އެވެ.

އޯސީއެމް ކޭބަލް މަޝްރޫއު

  • މަޝްރޫއުގެ މަސައްކަތްތަކަށް 2023 ވަނަ އަހަރުގެ ނިޔަލަށް 236 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ
  • ސަރުކާރުގެ ފަރާތުން މި މަޝްރޫއަށް އިކުއިޓީގެ ގޮތުގައި 224.8 މިލިއަން ރުފިޔާ އިންވެސްޓުކޮށްފައިވޭ
  • ހުޅުމާލޭގައި ގާއިމުކުރާ ކޭބަލް ލޭންޑިންގް ސްޓޭޝަންގެ އިމާރާތް ކުރުމުގެ މަސައްކަތް ނިމިފައިވީ ނަމަވެސް، ކޮންޓްރެކްޓަރަށް ދައްކަން ޖެހޭ 19.9 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް

މި ޕްރޮޖެކްޓު ކުރިއަށް ގެންދަން ވެގެން މި ސަރުކާރުން 2024 ވަނަ އަހަރުގެ ތެރޭގައި 115،6 މިލިއަން ރުފިޔާ އަދި 7.5 މިލިއަން އެމެރިކާ ޑޮލަރުގެ ސޮވެރިން ގެރެންޓީ ދޫކުރި އެވެ. ނަމަވެސް، ފަހުން އެ ގެރެންޓީއަށް ވީގޮތެއް ނޭނގެ އެވެ. 

އޯޝަން ކަނެކްޓުގެ ސަބްމެރިން ކޭބަލު އޮޕަރޭޝަނަށް ގެންނަން 231 މިލިއަން ރުފިޔާގެ ލޯނެއް ނަގަނީ

ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި، ދައުލަތުން ނަގާފައިވާ ލޯނުތަކާއި ސޮވަރިން ގެރެންޓީތަކުގެ މައުލޫމާތުން ދައްކާ ގޮތުގައި، ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ދިވެހި ރުފިޔާ ލޯނަކާއި ޑޮލަރު ލޯނެއް ނަގަން ސަރުކާރުން ވަނީ އޯސީއެމްއަށް ސޮވަރިން ގެރެންޓީއެއް ދޫކޮށްފައި.

މި މަޝްރޫއު ހިންގާ މައި ކުންފުނި، އެމްއެފްއެމްސީގެ މާލީ ހާލަތު ވެސް އޮތީ ވަރަށް ނާޒުކު ފަންތިއެއްގަ އެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން ކުންފުނީގެ ގެއްލުން އަހަރަކަށް ވުރެ އަހަރެއް ދަނީ ބޮޑުވަމުންނެވެ.

އެ ގޮތުން 2023 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގަިއި 5.6 މިލިއަން ރުފިޔާ ލިބުނުއިރު، އެ އަހަރު އެކަނި 41.3 މިލިއަން ރުފިޔާ ގެއްލުންވި އެވެ. މީގެ ސަބަބުން އެ އަހަރުގެ ނިޔަލަށް އެ ކުންފުނީގެ ޖުމްލަ ގެއްލުން (އެކިއުމިލޭޓަޑް ލޮސަސް) ވަނީ 94.7 މިލިއަން ރުފިޔާއަ އިތުރުވެފަ އެވެ. 

އެންމެ ކަންބޮޑުވާ އަދަދަކަށް އޮޑިޓުން ފެންނަން އޮތީ މުދަލާއި ހިދުމަތްތައް ހޯދުމަށް ފަހު އެމްއެފްއެމްސީން ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ދައްކަން ޖެހި ނުދައްކައިވާ ފައިސާގެ އަދަދެވެ. އެ އަދަރު ވަނީ އޭގެ ކުރީ އަހަރު 5.8 މިލިއަން ރުފިޔާއިން، 2023 ވަނަ އަހަރުގެ ނިޔަލަށް 133.9 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. 

އޮޑިޓުން ފާހަގަވީ އަނެއް ކަމަކީ، އެހެން ޓެލެކޮމް އޮޕަރޭޓަރުންނާ ގުޅޮގެން މަޝްރޫއު ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދަމުންދާ ކަމަށް އެމްއެފްއެމްސީން މައުލޫމާތު ދީފައި އޮތުމެވެ. މިއީ މިއަދާ ހަމައަށް ރަސްމީކޮށް ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތެއް ނޫނެވެ. 

ފައްޔާޒްގެ ފާޑު ކިޔުން އަމާޒުވުމުން އޯޝަން ކަނެކްޓު ޕްރޮޖެކްޓް ކުރިއަށް ގެންދަން ރައީސް ނިންމަވައިފި

މި ކޭބަލް ޓެލެކޮމް އޮޕަރޭޓަރުންނަށް ވިއްކާލައިފި ނަމަ، އެ ނިންމުން ވާނީ ސަރުކާރުން މި އިންވެސްޓްމަންޓް ކުރި މައިގަނޑު އެއް ސަބަބު ކަމުގައިވާ، އިންޓަނެޓް އިންފްރާސްޓްރަކްޗާގެ މިނިވަންކަން ސަރުކާރަށް ހޯދުމާ ދިމާ އިދިކޮޅު ކަމަކަށެވެ. 

ސަރުކާރުން ބުނެފައި ވަނީ ކުރިން ވެސް ރާވާފައިވާ ގޮތަށް ޕްރޮޖެކްޓު ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި ގޮތަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށް މީގެ ދެ އަހަރު ކުރިން މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox