އަމިއްލަ ފަރާތްތަކުން މަގު ކޮނެގެން ކޭބަލްތަކަށް ލިބޭ ގެއްލުމަށް ޒިންމާކުރުވަނީ

ސްޓެލްކޯގެ ކަރަންޓު ވިއުގައިގައި ހިމެނޭ ކޭބަލަށް ގެއްލުންވުން -- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ ކަރަންޓު ވިއުގައިގައި ހިމެނޭ ކޭބަލަށް ގެއްލުންވުން -- ފޮޓޯ: ސްޓެލްކޯ

އަމިއްލަ ފަރާތްތަކުން މަގު ކޮނުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކޭބަލްތަކަށް ލިބޭ ގެއްލުމަށް އެ ފަރާތްތައް ޒިންމާކުރުވަން ނިންމާފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ބުނެފި އެވެ. 

ސްޓެލްކޯއިން ބުނީ އަމިއްލަ ފަރާތްތަކުގެ އިހުމާލުން އެ ކުންފުނީގެ ކަރަންޓު ވިއުގައިގައި ހިމެނޭ ކޭބަލްތަކަށް ލިބޭ ގެއްލުންތަކުގެ މައްސަލަ ހައްލުކޮށް އަލުން ހިދުމަތްދޭން ހިނގާ ހަރަދު މީގެ ފަހުން ހޯދާނެ ކަމަށެވެ. 

"މިފަދަ ހާދިސާތައް [ސްޓެލްކޯގެ ކޭބަލްތަކަށް ގެއްލުންވުން] ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، މަގު ކޮނުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ފަރާތްތަކުގެ އިހުމާލުން މިފަދަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި، އެ ފަރާތެއް ޒިންމާދާރު ކުރުވައި، އެ މައްސަލަ ހައްލުކޮށް އަލުން ހިދުމަތްދޭން ހިނގާ ހަރަދު އެ ފަރާތުން ނެގުމަށް މި ކުންފުނިން ވަނީ ނިންމާފައި،" ސްޓެލްކޯއިން ބުންޏެވެ. 

ސްޓެލްކޯގެ ކަރަންޓު ވިއުގައިގައި ހިމެނޭ ކޭބަލްތަކަށް މަގު ކޮނުމުގެ އެކި މަސައްކަތްތަކުގެ ތެރެއިން ގެއްލުންވުމުގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ތަކުލީފަކާއި ދަތިތައް ދިމާވާ ކަމަށް އެ ކުންފުނިން ބުންޏެވެ. 

ސްޓެލްކޯއިން ބުނީ މި ނިންމުމަކީ ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްކޮށް، ހިދުމަތުގެ ފެންވަރު ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. 

އެހެންކަމުން، މަގު ކޮނުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށްގެންދަވާ ހުރިހާ ފަރާތްތަކުންވެސް ސްޓެލްކޯގެ ކަރަންޓު ވިއުގައަށް ގެއްލުން ނުވާނެހެން ޒިންމާދާރުކަމާއެކު މަސައްކަތްތައް ރާވައި ކުރިއަށްގެންދިއުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox