މިއުޒިކް ކޮމްޕޯޒަރު ޝަމްއޫން އެޗްއާރުސީއެމްއަށް އައްޔަނުކޮށްފި

Oct 4, 2026, 2:28 PM
އޮކްޓޯބަރު 4، 2026: ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރި ޝަމްއޫން ހަމީދު އަދި ރައީސް މުއިއްޒު

އޮކްޓޯބަރު 4، 2026: ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރި ޝަމްއޫން ހަމީދު އަދި ރައީސް މުއިއްޒު

މިއުޒިކް ކޮމްޕޯޒަރު، ޝަމްއޫން ހަމީދު ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް މިއަދު އައްޔަނުކޮށްފި އެވެ. 

އޭނާ އެ މަގާމަށް އައްޔަނުކުރީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މަގާމުގެ ލިޔުން އޭނާއާ ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ. 

ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމްއަށް ބޮޑުބޭބެ ވިދާޅުވާ ޝަމްއޫން ހަމީދު އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަނުކުރަން މަޖިލީހުން ފާސްކުރީ އޮގަސްޓު 26، ގައި ނެގި ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ އިއްތިފާގުންނެވެ.

އެޗްއާރުސީއެމްއަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ ޝަމްއޫން ހަމީދުގެ އިތުރުން، އެޗްއާރުސީއެމް މެންބަރުންގެ ގޮނޑިއެއް ފުރުއްވަމުން ގެންދެވި ސަމާއު އަހުމަދު ނަޖީބުގެ ނަމެވެ. އޭނާއަކީ ހިއުމަން ރައިޓްސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ މީހެކެވެ. 

ޝަމްއޫންއަކީ މީގެ ކުރިން އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ބޭފުޅެކެވެ. އެ މަގާމަށް އޭނާ އައްޔަނުކުރީ ފެބްރުއަރީ 2012 ގަ އެވެ. ނަމަވެސް، އެޗްއާރުސީއެމްގެ ގަވާއިދަށް ގެނައި ބަލަކާ ގުޅިގެން ނޮވެމްބަރު 2016 ގައި އެ މަގާމުން އޭނާ ވަކިކުރި އެވެ.

އެ މަގާމުން އޭނާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށްބުނެ އެ މައްސަލަ ޝަމްއޫންގެ ފަރާތުން ސިވިލް ކޯޓަށް ވެސް އޭރު ހުށަހެޅުއްވި އެވެ. ނަމަވެސް، އެ ކޯޓުން ނިންމާފައި ވަނީ އެޗްއާރުސީއެމްގެ އެސްޖީގެ މަގާމުން އޭނާ ވަކިކުރުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ.

އެޗްއާރުސީއެމްގެ އިތުރުން، ބައެއް އެހެން މުއައްސަސާތަކުގައި ވެސް މަތީ މަގާމުތައް އޭނާ ފުރުއްވި އެވެ. އެގޮތުން، ނޭޝަނަލް ސެންޓާ ފޯ ދި އާޓްސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި ދިވެހިރާއްޖޭގެ އަޑުގެ ޑިރެކްޓަރެއްގެ މަގާމުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ މިއުޒިކް ސުޕަވައިޒަރެއްގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ.

މިދިޔަ ސަރުކާރުގައި އޭނާ ވަނީ ހެރިޓޭޖު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox