އެޗްއާރުސީއެމުން ތަހުގީގުކުރަން މި އަހަރު ނިންމި މައްސަލަތަކުގެ ތެރެއިން އަދި ނިންމުނީ އެންމެ 33 ޕަސެންޓު މައްސަލަ

ހިއުމަން ރައިޓްސް ކޮމިޝަނުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އެޗްއާރުސީއެމް

ހިއުމަން ރައިޓްސް ކޮމިޝަނުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އެޗްއާރުސީއެމް

ހިއުމަން ރައިޓްސް ކޮމިޝަނަށް މި އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެ ކޮމިޝަނުން ތަހުގީގުކުރަން ނިންމި މައްސަލަތަކުގެ ބޮޑުބައި ނުނިމޭކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެޗްއާރުސީއެމްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ވާގޮތުން، މި އަހަރުގެ އޯގަސް`ޓު 31 ގެ ނިޔަލަށް އެ ކޮމިޝަނަށް ޖުމުލަ 589 ޝަކުވާއެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތަހުގީގުކުރަން އެޗްއާރުސީއެމުން ނިންމާފައި ވަނީ 284 މައްސަލަ އެވެ.

އެޗްއާރުސީއެމުން މި އަހަރު ތަހުގީގުކުރަން ނިންމި މައްސަލަތަކުގެ ތެރެއިން މިހައިތަނަށް ނިންމިފައި ވަނީ 96 މައްސަލަ އެވެ. ބާކީ 188 މައްސަލަ އަދިވެސް އެ ކޮމިޝަނުން ދަނީ ތަހުގީގުކުރަމުންނެވެ. 

Advertisement

އެ ރިޕޯޓުގެ މުއްދަތުގައި ކުރީ އަހަރުތަކުގެ މައްސަލަތައް ހިމަނައިގެން ޖުމުލަ 297 މައްސަލައެއް އެޗްއާރުސީއެމުން ނިންމާފައިވެ އެވެ.

އެޗްއާރުސީއެމުން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭގޮތުގައި، ކުރީގެ އަހަރުތަކުގައި އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 415 މައްސަލައެއް އަދިވެސް ތަހުގީގުކޮށް ނިމިފައި ނުވެ އެވެ. އޭގެ ތެރެއިން 102 މައްސަލައަކީ ދެ އަހަރަށްވުރެ މުއްދަތު އިތުރުވެފައިވާ މައްސަލަތަކެވެ.

އެޗްއާރުސީއެމްގައި ނުނިމި ހުރި މައްސަލަތައް

0188
އެޗްއާރުސީއެމްގައި ނުނިމި ހުރި މައްސަލަތައް
LabelValue
20215
20228
202320
202469
2025125
2026188
ހިއުމަން ރައިޓްސް ކޮމިޝަން

އެޗްއާރުސީއެމްއިން އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން އެ ކޮމިޝަނަށް އެންމެ ގިނައިން މައްސަލަ ހުށަހަޅާފައި ވަނީ ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުންނެވެ. އެގޮތުން، ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ މީހުންގެ ފަރާތުން 254 މައްސަލައެއް ހުށަހަޅާފައިވާއިރު، ފުލުހުންނާ ގުޅޭ 234 މައްސަލައެއް އެ ކޮިމޥަނަށް ހުށަހަޅާފައިވެ އެވެ.

އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ އެ ދެ މުއައްސަސާގެ ބެލުމުގެ ދަށުގައި ތިބޭ މީހުންގެ ސިއްހީ ހާލަތާ ގުޅުންހުރި މައްސަލަ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox