ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކޮށްފި

Nov 16, 2026, 8:18 PM
ޝިއުނާ ޕެންޝަން އޮފީސް

ޝިއުނާ ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުން މަރިޔަމް ޝިއުނާ ވަކިކޮށްފި އެވެ. 

 ޕެންޝަން ބޯޑުގެ ބައެއް މެންބަރުންގެ ހިތްހަމަނުޖެހުންތަކެއް ހުރުމުން މިދިޔަ ސެޕްޓެމްބަރު 23، އިން ފެށިގެން އޭނާ ހުރީ ސަސްޕެންޑުކޮށްފަ އެވެ. މިއަދުގެ ވަގުތެއްގައި އޭނާ މަގާމުން ވަކިކޮށްފައިވާކަން ވަނީ ކަށަވަރުކުރެވިފަ އެވެ. 

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަކިކުރީ ޕެންޝަން އޮފީހުގެ ޗެއާޕާސަން އަބްދުލްމަޖީދު އަލީއާ ގުޅުންހުރި މައްސަލައެއްގައި ހުރި ކަންބޮޑުވުންތައް، އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމާބެހޭ ރެގިއުލޭޓަރީ އިދާރާގެ ސަމާލުކަމަށް ގެނައުމުންނެވެ. 

އޭގެ އިތުރުން އޭނާ ވަކިކުރި ސަބަބުތަކުގެ ތެރޭގައި ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕުކުރި މުއާމަލާތާ ދެކޮޅު ހެދުން ހިމެނެ އެވެ. 

ޝިއުނާ ޕެންޝަން އޮފީހާ ގުޅިވަޑައިގަތީ އެޕްރީލް، 2023، ގަ އެވެ. އޭގެ ކުރިން ޝިއުނާ ހުންނެވީ އޭސީސީގެ ރައީސްގެ މަގާމުގަ އެވެ. އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުކަން ވެސް އޭނާ ކުރެއްވި އެވެ. 

ޔުނިވާސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒްއިން އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން މާސްޓާސް ޑިގްރީ އަދި ލަންޑަން މެޓްރޮޕޮލިޓަން ޔުނިވަސިޓީން ބެޗްލާ އޮފް އާޓްސް އިން ހިސްޓްރީ ޝިއުނާ ހާސިލްކުރައްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ހަދަން ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ޔޫއޭއީގެ ސަހު ގްރޫޕާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުން ވެސް ހިމެނޭއިރު، މިއީ ރާއްޖޭގެ އެންމެ އުތުރުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މާދަމާރޭގެ ޖަލްސާއަށް ދާން ސަރުކާރު މުވައްޒަފުންނަށް އަންގައިފި

މާދަމާރޭ ބާއްވާ ޖަލްސާއަށް، ސަރުކާރުގެ ހުރިހާ މުވައްޒަފުން އެމީހުންގެ އަނބިން ނުވަތަ ފިރިންނާއެކު ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުވަތު އަރުވާފައެވެ. މި ޖަލްސާއަށް ދާ މުވައްޒަފުންނާއި އެމީހުންގެ އަނބިފިރިންގެ މައުލޫމާތު މިއަދު މެންދުރުގެ ކުރިން ރައީސް އޮފީހަށް އެންގުމަށް ވުޒާރާތަކަށް ވަނީ އަންގާފައެވެ.

އަދާލަތުން ސަރުކާރަށް ތާއީދުކުރުމުން އަލީ ޒާހިރު ފާޑުވިދާޅުވެއްޖެ

އޭނާ ވިދާޅުވީ މިއީ ގިނަ ބައެއްގެ އުއްމީދުތަކާއި ބުރަ މަސައްކަތް ފޮހެވިގެންދާނެ ހިތާމަވެރި ނިންމުމެއް ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ބަޖެޓު ރާވާފައި ވަނީ މުވައްޒަފުން ނުނަގާ ހިންގޭ ގޮތަށް: ފިނޭންސް

މަޖިލީހަށް މައުލޫމާތު ދެމުން ފިނޭންސުން ބުނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް. އަދި މުސާރަ ކަނޑައެޅުމުގައި ބަލަނީ ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަށް ކަމަށް.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ގޮވާލައިފި

ބޭރުގެ ބަޔަކަށް 99 އަހަރަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި އިހުތިޖާޖަށް ނުކުތުމަށް މެންބަރު މީކާއިލް ގޮވާލައްވައިފިއެވެ. މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ގަރާރެއް ހުށަހަޅާފައިވާއިރު، އެކަމުގައި ޕާޓީގެ ޒިންމާ ބޮޑުކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.

ޕީއެންސީއާއެކު އަދާލަތުން ކޯލިޝަން ހަދައިފި

މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އިސް މަގާމުތައް އަދާލަތު ޕާޓީގެ މެންބަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދާލަތު ޕާޓީއަކީ މީގެ ކުރިން އެމްޑީޕީ އަދި ޕީޕީއެމްގެ ސަރުކާރުތަކުގައިވެސް ކޯލިޝަން ބައިވެރިއެކެވެ.

އޭސީސީން: ކުރާ ހަރަދަށްވުރެ އިތުރަށް ދައުލަތަށް ފައިސާ ހޯދައިދެން

އޭސީސީން ފިނޭންސް މިނިސްޓްރީގައި އެދުނު ބަޖެޓުން 6.4 މިލިއަން ރުފިޔާ އުނިކުރުމާ ގުޅިގެން، ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ދަތިވާނެ ކަމުގެ ކަންބޮޑުވުން އެ ކޮމިޝަނުން ވަނީ ފާޅުކޮށްފައި. އޭސީސީން ބުނީ އެ ކޮމިޝަނުން ކުރާ ހަރަދަށްވުރެ އިތުރަށް ދައުލަތަށް ފައިސާ ހޯދައިދޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox