ޕީއެންސީއާއެކު އަދާލަތުން ކޯލިޝަން ހެދުމަކީ އެ ޕާޓީ ނެތިދިޔުމުގެ ފެށުމުގެ ގޮތުގައި އަލީ ޒާހިރު ސިފަކުރައްވައިފި

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު: އޭނާ ސިފަކުރެއްވީ މިއަދަކީ ހިތާމަވެރި ދުވަހެއްގެ ގޮތުގައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު: އޭނާ ސިފަކުރެއްވީ މިއަދަކީ ހިތާމަވެރި ދުވަހެއްގެ ގޮތުގައި -- ފޮޓޯ: ރައީސް އޮފީސް

ވެރިކަންކުރާ ޕީއެންސީ އާއެކު އަދާލަތު ޕާޓީން ކޯލިޝަން ހެދުމަކީ އެ ޕާޓީ އުވުމުގެ ފެށުން ކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ ކުރީގެ ނައިބުރައީސް، އަލީ ޒާހިރު އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.

އެކްސްގައި ފިލި ނުޖައްސަވައި އަލީ ޒާހިރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށެވެ. ނަމަވެސް، "އެމީހެއްގެ ރޮނޑުން ހަންދަމަން އެނގޭނީ އެ މީހަކަށް" ކަމަށް އޭނާ ލިޔުއްވައިފައިވެ އެވެ.

"އެންމެ ދުވަސްވީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕާޓީއެއް ނެތިގެން އުވިގެން ދާތަން ފެނުނީމަ ހިތާމަކުރަން، ވަރަށް ގިނަ ބައެއްގެ އުއްމީދުތަކާއި ބުރަ މަސައްކަތް ފޮހެވިގެން މި ދަނީ،" އަލީ ޒާހިރު ކުރެއްވި ޕޯސްޓުގައި ލިޔުއްވައިފައިވެ އެވެ.

އަދާލަތު ޕާޓީގެ ތަރުޖަމާނުކަމާއި އެ ޕާޓީގެ ނައިބުރައީސްކަން ކުރެއްވި އަލީ ޒާހިރު މިފަދަ ޕޯސްޓެއް ކުރައްވައިފައި މި ވަނީ 2028 ގެ ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒުއަށް ތާއީދުކޮށް، ޕީއެންސީއާއެކު އަދާލަތު ޕާޓީން މިއަދު ކޯލިޝަން ހަދާފައި ވަނިކޮށެވެ.

އަދާލަތު ޕާޓީއަކީ މި ވަގުތު ހިންގަމުންދާ ޕާޓީތަކުގެ ތެރެއިން ދެވަނައަށް އެންމެ ދޮށީ ސިޔާސީ ޕާޓީ އެވެ. އެ ޕާޓީ ރެޖިސްޓްރީކުރީ އޯގަސްޓު 18، 2005 ގަ އެވެ.

މި ވަގުތު 5736 މެންބަރުން ތިބި އަދާލަތު ޕާޓީއަކީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެމްޑީޕީގެ ވެސް ކޯލިޝަން ބައިވެރިއެކެވެ. އަދި، އޭގެ ކުރިން 2013 އިން 2018 ކުރި ޕީޕީއެމްގެ ވެރިކަމުގެ މެދަކާ ހަމައަށް އަދާލަތަކީ ޕީޕީއެމްގެ ވެސް ކޯލިޝަން ބައިވެރިއެކެވެ.

ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އަދާލަތު ޕާޓީން މިގޮތަށް ނިންމާފައި މި ވަނީ، ރަސްމާލެ ފަދަ ބިޔަ މަޝްރޫޢުތަކުގެ ދަށުން ބިދޭސީންނާއި އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުވުމަށް ސަރުކާރުން މަސައްކަތްކުރަމުން ދަނިކޮށެވެ. 

ސަރުކާރާއި އަދާލަތު ޕާޓީގެ އިތުބާރު ކުރެވޭ މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ދިން ގޮތުގައި، މިގޮތަށް އެ ޕާޓީން ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީގެ ބައެއް މެންބަރުންނަށް ދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ހަދަން ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ޔޫއޭއީގެ ސަހު ގްރޫޕާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުން ވެސް ހިމެނޭއިރު، މިއީ ރާއްޖޭގެ އެންމެ އުތުރުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މާދަމާރޭގެ ޖަލްސާއަށް ދާން ސަރުކާރު މުވައްޒަފުންނަށް އަންގައިފި

މާދަމާރޭ ބާއްވާ ޖަލްސާއަށް، ސަރުކާރުގެ ހުރިހާ މުވައްޒަފުން އެމީހުންގެ އަނބިން ނުވަތަ ފިރިންނާއެކު ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުވަތު އަރުވާފައެވެ. މި ޖަލްސާއަށް ދާ މުވައްޒަފުންނާއި އެމީހުންގެ އަނބިފިރިންގެ މައުލޫމާތު މިއަދު މެންދުރުގެ ކުރިން ރައީސް އޮފީހަށް އެންގުމަށް ވުޒާރާތަކަށް ވަނީ އަންގާފައެވެ.

ބަޖެޓު ރާވާފައި ވަނީ މުވައްޒަފުން ނުނަގާ ހިންގޭ ގޮތަށް: ފިނޭންސް

މަޖިލީހަށް މައުލޫމާތު ދެމުން ފިނޭންސުން ބުނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް. އަދި މުސާރަ ކަނޑައެޅުމުގައި ބަލަނީ ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަށް ކަމަށް.

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން މަރިޔަމް ޝިއުނާ ވަކިކޮށްފައިވަނީ، އެ އޮފީހުގެ ޗެއާޕާސަނާ ގުޅޭ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާއި ސަރުކާރުން ފައިސާ ޗާޕުކުރި މުއާމަލާތާ ދެކޮޅު ހެދުމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސަސްޕެންޝަނުގައި ހުރި ޝިއުނާ އެ މަގާމުން ވަކިކުރިއިރު، އޭނާއަކީ މީގެ ކުރިން އޭސީސީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ގޮވާލައިފި

ބޭރުގެ ބަޔަކަށް 99 އަހަރަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި އިހުތިޖާޖަށް ނުކުތުމަށް މެންބަރު މީކާއިލް ގޮވާލައްވައިފިއެވެ. މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ގަރާރެއް ހުށަހަޅާފައިވާއިރު، އެކަމުގައި ޕާޓީގެ ޒިންމާ ބޮޑުކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.

ޕީއެންސީއާއެކު އަދާލަތުން ކޯލިޝަން ހަދައިފި

މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އިސް މަގާމުތައް އަދާލަތު ޕާޓީގެ މެންބަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދާލަތު ޕާޓީއަކީ މީގެ ކުރިން އެމްޑީޕީ އަދި ޕީޕީއެމްގެ ސަރުކާރުތަކުގައިވެސް ކޯލިޝަން ބައިވެރިއެކެވެ.

އޭސީސީން: ކުރާ ހަރަދަށްވުރެ އިތުރަށް ދައުލަތަށް ފައިސާ ހޯދައިދެން

އޭސީސީން ފިނޭންސް މިނިސްޓްރީގައި އެދުނު ބަޖެޓުން 6.4 މިލިއަން ރުފިޔާ އުނިކުރުމާ ގުޅިގެން، ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ދަތިވާނެ ކަމުގެ ކަންބޮޑުވުން އެ ކޮމިޝަނުން ވަނީ ފާޅުކޮށްފައި. އޭސީސީން ބުނީ އެ ކޮމިޝަނުން ކުރާ ހަރަދަށްވުރެ އިތުރަށް ދައުލަތަށް ފައިސާ ހޯދައިދޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox