އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީކުރަން ޔޫއޭއީގެ ކުންފުންޏަކާއެކު ސޮއިކޮށްފި

ނޮވެމްބަރު 16، 2026: އިހަވަަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އަދި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ސާރާ ގްރޫޕާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން - އިކޮނޮމިކް މިނިސްޓްރީ

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީކޮށް، އެ ތަނުގައި ބަނދަރަށް ބޭނުންވާ ހިދުމަތްތައް ގާއިމުކުރަން ޔޫއޭއީގެ ސަހު ގްރޫޕާއެކު ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެ މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި، މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމާއި، ޓޫރިޒަމަށް އެ ސަރަހައްދު ތަރައްގީކުރުން ހިމެނެ އެވެ. އެއްބަސްވުމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު ސައީދު އާއި އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް އާއި ސަހު ގްރޫޕްގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓު ސީއީއޯ އަހުމަދު އިބްރާހިމް އެވެ. މިއީ ހަކަތައިގެ އިންޑަސްޓްރީގައި ވެސް ހަރަކާތްތެރިވާ ކުންފުންޏެކެވެ. 

ނޮވެމްބަރު 16، 2026: އިހަވަަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އަދި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ސާރާ ގްރޫޕާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން - އިކޮނޮމިކް މިނިސްޓްރީ
ނޮވެމްބަރު 16، 2026: އިހަވަަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އަދި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ސާރާ ގްރޫޕާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން - އިކޮނޮމިކް މިނިސްޓްރީ
ނޮވެމްބަރު 16، 2026: އިހަވަަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އަދި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ސާރާ ގްރޫޕާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން - އިކޮނޮމިކް މިނިސްޓްރީ

މީގެ ދެ އަހަރު ކުރިން ނޮވެމްބަރު 9، 2024 ގައި ވެސް  އިހަވަންދިއްޕޮޅުގައި ބަނދަރެއް ތަރައްގީކޮށް، އެތަނުގައި ބަނދަރަށް ބޭނުންވާ ހިދުމަތްތައް ގާއިމުކުރަން ސަރުކާރުން ސޮއިކުރި އެވެ. އެ ފަހަރު ސޮއިކުރީ ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓް (ސީއޭއައި) އެކު އެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ބަނދަރެއް ތަރައްގީކުރަން ޔޫއޭއީގެ ކުންފުންޏަކާއި ހަވާލުކޮށްފައި މިވަނީ ރަސްމާލެއިން 500 ހެކްޓަރު އެ ގައުމުގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް އެތައް ބަޔަކު އަޑުއުފުލަމުން އަންނަ ދަނޑިވަޅެއްގަ އެވެ. 

ފަހުގެ ޚަބަރު

މާދަމާރޭގެ ޖަލްސާއަށް ދާން ސަރުކާރު މުވައްޒަފުންނަށް އަންގައިފި

މާދަމާރޭ ބާއްވާ ޖަލްސާއަށް، ސަރުކާރުގެ ހުރިހާ މުވައްޒަފުން އެމީހުންގެ އަނބިން ނުވަތަ ފިރިންނާއެކު ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުވަތު އަރުވާފައެވެ. މި ޖަލްސާއަށް ދާ މުވައްޒަފުންނާއި އެމީހުންގެ އަނބިފިރިންގެ މައުލޫމާތު މިއަދު މެންދުރުގެ ކުރިން ރައީސް އޮފީހަށް އެންގުމަށް ވުޒާރާތަކަށް ވަނީ އަންގާފައެވެ.

އަދާލަތުން ސަރުކާރަށް ތާއީދުކުރުމުން އަލީ ޒާހިރު ފާޑުވިދާޅުވެއްޖެ

އޭނާ ވިދާޅުވީ މިއީ ގިނަ ބައެއްގެ އުއްމީދުތަކާއި ބުރަ މަސައްކަތް ފޮހެވިގެންދާނެ ހިތާމަވެރި ނިންމުމެއް ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ބަޖެޓު ރާވާފައި ވަނީ މުވައްޒަފުން ނުނަގާ ހިންގޭ ގޮތަށް: ފިނޭންސް

މަޖިލީހަށް މައުލޫމާތު ދެމުން ފިނޭންސުން ބުނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް. އަދި މުސާރަ ކަނޑައެޅުމުގައި ބަލަނީ ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަށް ކަމަށް.

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން މަރިޔަމް ޝިއުނާ ވަކިކޮށްފައިވަނީ، އެ އޮފީހުގެ ޗެއާޕާސަނާ ގުޅޭ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާއި ސަރުކާރުން ފައިސާ ޗާޕުކުރި މުއާމަލާތާ ދެކޮޅު ހެދުމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސަސްޕެންޝަނުގައި ހުރި ޝިއުނާ އެ މަގާމުން ވަކިކުރިއިރު، އޭނާއަކީ މީގެ ކުރިން އޭސީސީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ގޮވާލައިފި

ބޭރުގެ ބަޔަކަށް 99 އަހަރަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި އިހުތިޖާޖަށް ނުކުތުމަށް މެންބަރު މީކާއިލް ގޮވާލައްވައިފިއެވެ. މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ގަރާރެއް ހުށަހަޅާފައިވާއިރު، އެކަމުގައި ޕާޓީގެ ޒިންމާ ބޮޑުކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.

ޕީއެންސީއާއެކު އަދާލަތުން ކޯލިޝަން ހަދައިފި

މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އިސް މަގާމުތައް އަދާލަތު ޕާޓީގެ މެންބަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދާލަތު ޕާޓީއަކީ މީގެ ކުރިން އެމްޑީޕީ އަދި ޕީޕީއެމްގެ ސަރުކާރުތަކުގައިވެސް ކޯލިޝަން ބައިވެރިއެކެވެ.

އޭސީސީން: ކުރާ ހަރަދަށްވުރެ އިތުރަށް ދައުލަތަށް ފައިސާ ހޯދައިދެން

އޭސީސީން ފިނޭންސް މިނިސްޓްރީގައި އެދުނު ބަޖެޓުން 6.4 މިލިއަން ރުފިޔާ އުނިކުރުމާ ގުޅިގެން، ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ދަތިވާނެ ކަމުގެ ކަންބޮޑުވުން އެ ކޮމިޝަނުން ވަނީ ފާޅުކޮށްފައި. އޭސީސީން ބުނީ އެ ކޮމިޝަނުން ކުރާ ހަރަދަށްވުރެ އިތުރަށް ދައުލަތަށް ފައިސާ ހޯދައިދޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox