ރާއްޖޭގެ ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

Oct 4, 2026, 9:21 AM
ފޮތް ނެރުމުގެ ހަފުލާގެ ތެރެއިން: ފޮތުގެ ލިޔުންތެރިޔާ ޔާސިރަކީ ރާއްޖޭގެ ރަށްތަކާ ބެހޭ މައުލޫމާތު ދިރާސާ ކުރާ ލިޔުންތެރިއެއް -- ފޮޓޯ: ޔާސިރު

ފޮތް ނެރުމުގެ ހަފުލާގެ ތެރެއިން: ފޮތުގެ ލިޔުންތެރިޔާ ޔާސިރަކީ ރާއްޖޭގެ ރަށްތަކާ ބެހޭ މައުލޫމާތު ދިރާސާ ކުރާ ލިޔުންތެރިއެއް -- ފޮޓޯ: ޔާސިރު

ދިވެހިރާއްޖޭގެ ކަނޑާއި އެއްގަމުގެ ވެށީގައިވާ ދިރުންތަކުގެ މުއްސަނދިކަމާއި ސިންދަފާތާ ގުޅޭގޮތުން ރާއްޖޭގައި ނެރޭ ފުރަތަމަ މަޖައްލާ މިއަދު ރަސްމީކޮށް ނެރެފި އެވެ.

ފުވައްމުލަކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޖައްލާ ނެރެދެއްވީ "ޕެލާޖިކް ޑައިވާސް ފުވައްމުލައް" ޑައިވް ސެންޓަރުގެ މެނޭޖިން ޑައިރެކްޓަރ އަހުމަދު އިނާހް އެވެ. އިނގިރޭސި ބަހުން ޝާއިއުކުރާ މި މަޖައްލާއަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ތާރީހާއި، ސަގާފަތް ދުނިޔެއަށް އިޝްތިހާރުކުރުމަށް އަމާޒުކޮށްގެން ނެރޭ މަސައްކަތެކެވެ.

މި މަޖައްލާއަކީ ފުވައްމުލަކަށް އުފަން ލިޔުންތެރިޔާ ޔާސިރު ސާލިހު އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްގެން ނެރޭ މަސައްކަތެކެވެ. އަހަރަކު ދެ ފަހަރު ނެރުމަށް ހަމަޖެހިފައިވާ މި މަޖައްލާގައި ހިމެނޭ އާޓިކަލްތައް ބަހާލެވިފައިވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ބަޔޯޑައިވާސިޓީ ނުވަތަ ދިރުންތަކުގެ ސިންދަފާތާއި، މަސްވެރިކަމުގެ އިތުރުން ތާރީހާއި ސަގާފަތުގެ ބައެވެ. މި މަޖައްލާގެ ފުރަތަމަ އަދަދުގެ ބޭރުގަނޑުން ޖާގަ ދީފައިވަނީ ފުވައްމުލަކު ކަނޑުގެ ސަރަހައްދުގައި އުޅޭ މަޝްހޫރު ޓައިގާ ޝާކް ނުވަތަ ފެލަނި މިޔަރަށެވެ.

Advertisement

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

އޭނާ ލިޔާ މި އާޓިކަލްތަކުގައި ސައިންޓިފިކް ހޯދުންތަކުގެ މައުލޫމާތާއި، ދިވެހިންގެ ތަޖުރިބާތަކާއި، ދިވެހިރާއްޖޭގެ ތާރީހީ ފްލޯކް ވާހަކަތައް ވަރަށް ފުރިހަމައަށް ހިމަނާފައިވެ އެވެ.

ކިޔުންތެރިންނަށް ޝައުގުވެރިވާނެ ފަދަ ތަފާތު ފަރުމާއަކަށް ތައްޔާރުކޮށްފައިވާ މި މަޖައްލާގައި މައުލޫމާތުތައް ގެނެސްދީފައިވަނީ ކުދި ބްލޮކްތަކެއްގެ ގޮތުގަ އެވެ. މީގެ އިތުރުން މައުލޫމާތުތައް އިތުރަށް ސާފުކޮށްދިނުމަށްޓަކައި ފެންވަރު ރަނގަޅު ފޮޓޯތަކާއި އިލަސްޓްރޭޝަންތައް ބޭނުންކޮށްފައިވެ އެވެ.

މި މަޖައްލާގައި ކަނޑުއަޑީގެ މަންޒަރުތަކާއި، މަސްމަހާމެއްސާއި، ރަށްތަކުގެ ވަށައިގެން އުޅޭ ދޫނިސޫފާސުއްޕާއި، ދިވެހިންގެ އިހުގެ މަސްވެރިކަމާއި މިހާރުގެ މަސްވެރިކަމުގެ ތަފާތުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެ އެވެ.

މި މަޖައްލާއަކީ ހަމައެކަނި ރާއްޖެއަށް އަމާޒުކޮށްގެން ނެރޭ މަޖައްލާއެއް ނޫނެވެ. މިއީ ބައިނަލްއަގުވާމީ ބާޒާރުގައި ވެސް ފެތުރިގެންދާނެ އުފެއްދުމެކެވެ. އެގޮތުން އެމެރިކާ، އިނގިރޭސިވިލާތް އަދި އިންޑިއާ ފަދަ ގައުމުތަކުގައި މި މަޖައްލާ ޑިސްޓްރިބިއުޓް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ސަބަބުން ރާއްޖޭގެ ތިމާވެށީގެ މުއްސަނދިކަމާއި ދިވެހިންގެ އާދަކާދަތައް ބޭރުގެ ފަތުރުވެރިންނަށާއި ދިރާސާކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު އެނގިގެންދާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox