ލީސާގެ އާ ޑޮކިއުމެންޓްރީ "އޯލްވޭޒް ލަލީސާ" ޕްރިމިއާކޮށްފި

Sep 14, 2026, 6:30 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ކޭ-ޕޮޕް ތަރި ލީސާގެ އާ ޑޮކިއުމެންޓްރީ "އޯލްވޭޒް ލަލީސާ" ޕްރިމިއާ ކުރުމަށް ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގެ ރެޑް ކާޕެޓަށް އޭނާ ހާޒިރުވުމުން، އެ ސަރަހައްދަށް އެއްވެ ތިބި ސަޕޯޓަރުންގެ ގަދަ އަޑުފަށްގަނޑުން އޭނާއަށް މަރުހަބާ ކިޔައިފި އެވެ.

ކޭ-ޕޮޕް ގާލް ގްރޫޕް "ބްލެކްޕިންކް" ގެ މެންބަރެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ލީސާ، އެ ބޭންޑުން ބްރޭކެއް ނަގައި ސޯލޯ ކެރިއަރެއް ފެށުމަށްފަހު އޭނާގެ ހަޔާތުން ވޭތުވި އެއް އަހަރު ދުވަހުގެ މައްޗަށް މި ފިލްމުގައި އަލިއަޅުވާލާފައިވެ އެވެ.

ހުކުރު ދުވަހު ބޭއްވި ޕްރިމިއާ އަށް ފަހު ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ލީސާ ބުނީ، އޭނާ މަސައްކަތް ކުރީ އާ ކަންތައްތަކެއް ހޯދުމަށް ކަމަށާއި، މިހާރު ކުރާ ކަންކަމަށް ވުރެ އިތުރަށް ކުރެވޭނީ ކޮން ކަމެއްތޯ ބަލަމުންދާ ކަމަށެވެ.

އަސްލު ނަމުން ނަމަ ލަލީސާ މަނޯބަލް ބުނި ގޮތުގައި، ފުރަތަމަ އޭނާ ހީކުރީ އެއް އަހަރު ދުވަހަކީ ފުދޭވަރުގެ ދިގު މުއްދަތެއް ކަމަށެވެ. ނަމަވެސް އޭނާ އެންމެ ލޯބިވާ ކަންކަމާއި އޭނާގެ ކުރިއަށް އޮތް ގޮންޖެހުންތަކަކީ ކޮބައިކަން ހޯދުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

"އޯލްވޭޒް ލަލީސާ" ގައި 2024 އާއި 2025 އާ ދެމެދު އޭނާ ހޯދި ކާމިޔާބީތަކާއި ކުރިމަތިވި ހުރަސްތައް ދައްކުވައިދެ އެވެ. އޭގެ ތެރޭގައި އޭނާގެ ފުރަތަމަ ސޯލޯ އަލްބަމް "އަލްޓާ އީގޯ" ނެރުމާއި، އެޗްބީއޯގެ މަގުބޫލު ސިލްސިލާ "ދަ ވައިޓް ލޯޓަސް" އިން އެކްޓިންގެ ދާއިރާއަށް ތައާރަފްވުމުގެ އިތުރުން، ކޮޗެއްލާ މިއުޒިކް ފެސްޓިވަލްގައި ގިނަ އަދަދެއްގެ ބައެއްގެ ކުރިމަތީގައި އެކަނި ޕާފޯމް ކުރުމަށް އޭނާ ވި ތައްޔާރީތައް ހިމެނެ އެވެ.

މި ޑޮކިއުމެންޓްރީ ޑައިރެކްޓްކޮށްފައިވަނީ އެޕަލް ޓީވީން 2024 ވަނަ އަހަރު ގެނެސްދިން "ކޭ-ޕޮޕް އައިޑޮލްސް" ޑޮކިއުމެންޓްރީ ސިލްސިލާގެ އެގްޒެކެޓިވް ޕްރޮޑިއުސަރު ސޫ ކިމް އެވެ.

ލީސާ އަލުން ބޭންޑާ ގުޅުނު ފަހުން، ތިން އަހަރަށް ވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު "ބްލެކްޕިންކް" އިން ވަނީ މިދިޔަ ފެބްރުއަރީ މަހު "ޑެޑްލައިން" ގެ ނަމުގައި މިނީ އަލްބަމެއް ނެރެފަ އެވެ.

"އޯލްވޭޒް ލަލީސާ" ސިނަމާތަކުގައި އަޅުވަން ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox