ބީޓީއެސްގެ ވީގެ ކަންފަތުގެ އިވުން ގެއްލެމުންދާތީ ފަރުވާކުރަނީ

Aug 13, 2026, 12:02 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ކޭ-ޕޮޕް ބޭންޑް، ބީޓީއެސްގެ މެންބަރު ވީ، އޭނާގެ އެއް ކަންފަތުގެ އިވުމުން މަހްރޫމްވަމުންދާތީ އެކަމަށް ފަރުވާ ހޯދަމުންދާކަން ހާމަކޮށްފި އެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ އެ ބޭންޑުގެ ވޯލްޑް ޓުއާ ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ.

ބުދަ ދުވަހު ކުރިއަށްގެންދިޔަ ލައިވްސްޓްރީމެއްގައި، އުމުރުން 30 އަހަރުގެ ވީ ބުނީ، އޭނާ މި މައްސަލައާ ކުރިމަތިލާތާ މިހާރު ދެ އަހަރާއި ބައި ވެފައިވާ ކަމަށެވެ. އަދި މިއީ ބޭންޑުގެ ސަޕޯޓަރުންނަށް މި ވާހަކަ އޭނާ ހިއްސާކުރި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކުރި އެވެ.

އަސްލު ނަމުން ނަމަ ކިމް ތައެ-ހިއުންގް ބުނި ގޮތުގައި، އޭނާގެ ވައަތު ކަންފަތުގެ އިވުން 100 އިންސައްތައިގައި ހުރި ނަމަވެސް، ކަނާތު ކަންފަތުގެ އިވުން ހުރީ އެންމެ 30 އިންސައްތައިގަ އެވެ.

ބީޓީއެސްގެ ހަތް މެންބަރުން އަސްކަރީ ހިދުމަތް ނިންމުމަށް ފަހު އަލުން ގުޅިގެން ބާއްވާ ފުރަތަމަ ވޯލްޑް ޓުއާ މިހާރު ދަނީ ކުރިއަށެވެ.

ލައިވްސްޓްރީމްގައި ވާހަކަދައްކަމުން ވީ ބުނީ، އޭނާގެ ކަންފަތުގެ އިވުމުގެ މައްސަލަ އިތުރަށް ގޯސްވީ އަސްކަރިއްޔާގައި ހިދުމަތް ކުރި ދުވަސްވަރު ކަމަށެވެ.

ނަމަވެސް، އެއީ "ނަފްސާނީ ހިތްވަރުގެ" މައްސަލައެއް ކަމަށް ގަބޫލުކޮށް، ފުރަތަމަ އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، މިހާރު އޭނާ ދަނީ ގަވާއިދުން ބޭސް ބޭނުންކޮށް، ހޮސްޕިޓަލަށް ދައްކައިގެން ފަރުވާ ހޯދަމުންނެވެ.

ދެކުނު ކޮރެއާގެ ގާނޫނު ބުނާ ގޮތުން، ހަށިހެޔޮ ކޮންމެ ފިރިހެނަކު ވެސް 18 މަސް ދުވަހުގެ އަސްކަރީ ހިދުމަތް ފުރިހަމަކުރަން ޖެހެ އެވެ.

މީގެ ތެރޭގައި ބީޓީއެސްގެ މެންބަރުން ވެސް ހިމެނޭއިރު، އެ މީހުން އަސްކަރިއްޔާއާ ގުޅުމަށްޓަކައި މިއުޒިކީ ކެރިއަރުން މެދުކެނޑުމެއް ނެގީ 2022 ވަނަ އަހަރު، އެ ބޭންޑުގެ މަގުބޫލުކަން އެންމެ މަތީގައި އޮތް ދުވަސްވަރު އެވެ.

ވީ އަސްކަރިއްޔާއާ ގުޅުނީ 2023 ވަނަ އަހަރު އެވެ. އަދި އޭނާ ހިދުމަތުން ވަކިވީ 2025 ވަނަ އަހަރުގެ ޖޫން މަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox