ކެޓްސްއައިގެ ސޯފިއާ ބޭންޑުގެ ހަރަކާތްތަކާ ވަގުތީ ގޮތުން ދުރަށް

Aug 8, 2026, 1:27 PM
ފޮޓޯ: ރޯލިންގް ސްޓޯން

ފޮޓޯ: ރޯލިންގް ސްޓޯން

މަޝްހޫރު ގާލް ގްރޫޕް "ކެޓްސްއައި" ގެ ލަވަކިޔުންތެރިޔާ ސޯފިއާ ލަފޯޓޭޒާ، ނަފްސާނީ ސިއްހަތާ ގުޅޭ މައްސަލަތަކެއްގެ ސަބަބުން ބޭންޑުގެ ހަރަކާތްތަކާ ވަގުތީ ގޮތުން ދުރަށް ދާން ނިންމައިފި އެވެ.

ސޯފިއާ މި ނިންމުން ނިންމާފައި މިވަނީ، "ނާލީ"، "ޕިންކީ އަޕް" އަދި "ގަބްރިއޭލާ" ފަދަ ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ލަވަތައް ކިޔާފައިވާ މި ބޭންޑުގެ މެންބަރު މެނަން ބެނަމަން ވެސް ބޭންޑުގެ މަސައްކަތްތަކުން ބްރޭކެއް ނަގާފައިވާތާ ހަ މަސް ދުވަސް ވެސް ނުވަނީހެވެ.

ހައިބް އެކްސް ގެފެން ރެކޯޑްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިއަށް ހުރި ޕްރޮމޯޝަނަލް ހަރަކާތްތަކުގައި ސޯފިއާ ލަފޯޓޭޒާ އަށް ވަގުތީ ގޮތުން ބައިވެރިނުވެވޭނެ ކަމަށެވެ.

ފިލިޕީންސް-އެމެރިކާ އަށް ނިސްބަތްވާ މި ތަރިއާ ގުޅޭ ގޮތުން އެ ލޭބަލުން ބުނީ، "އައިކޮންސް" ނުވަތަ ކެޓްސްއައިގެ ފޭނުން ސޯފިއާ ސްޓޭޖް މަތިން ފެންނާނެ ކަމަށް ކުރި އުންމީދު ބޮޑުކަން އެނގޭ ކަމަށާއި، ނަމަވެސް މިވަގުތު އެންމެ މުހިންމީ އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުން ކަމަށެވެ.

އެ ލޭބަލުން ހާމަކުރި ގޮތުގައި ސޯފިއާ އަށް ބޭނުންވާ އެންމެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، ސިއްހީ މާހިރުންގެ ލަފާގެ މަތިން އޭނާ ވަނީ ފުރިހަމަ ފަރުވާ ހޯދުމަށާއި އަރާމުކުރުމަށް ވަގުތު ހުސްކުރުމަށް ނިންމާފަ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ސޯފިއާގެ ހާލަތު އަލުން ވަޒަންކުރާނެ ކަމަށް ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ، ބޭންޑުގެ އެހެން މެންބަރުންނާއެކު ޕާފޯމްކުރުމަށް ސޯފިއާ އަމިއްލައަށް ބޭނުންވި ނަމަވެސް، އާޓިސްޓުންގެ ސިއްހަތާއި ރައްކާތެރިކަމަކީ އެ ކުންފުނީގެ އެންމެ އިސް ސިޔާސަތު ކަމަށެވެ.

މިކަމާ ގުޅިގެން ސޯފިއާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ، މިއީ ނިންމަން ފަސޭހަ ނިންމުމެއް ނޫން ކަމަށާއި، ނަމަވެސް ސިއްހަތަށް އިސްކަންދޭން ޖެހޭކަން މިހާރު ގަބޫލުކުރާ ކަމަށެވެ. އަދި މިހާރު އަމިއްލަ ނަފްސަށާއި ހަށިގަނޑަށް އަޅާނުލައިފިނަމަ، އެންމެ ލޯބިވާ މަސައްކަތުގައި ދެމިނުހުރެވޭނެކަން ވިސްނޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ޖުމްލަ ހަ މެންބަރުންނާއެކު 2023 ވަނަ އަހަރު އުފެދުނު މި ގާލް ގްރޫޕަކީ މިދިޔަ އަހަރު ދެ ގްރެމީ އެވޯޑަށް ނޮމިނޭޓްވި ބޭންޑެކެވެ. ސޯފިއާ ބްރޭކެއް ނެގުމާއެކު، ދެން ބޭންޑުގެ ހަރަކާތްތައް ކުރިއަށްދާނީ ހަތަރު މެންބަރުންނާއެކުގަ އެވެ.

މި ބޭންޑުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ބޭންޑު އުފެދުނު ފަހުން އިންޓަނެޓް މެދުވެރިކޮށް މެންބަރުންނަށް މަރުގެ އިންޒާރުތައް ދަނީ ލިބެމުންނެވެ.

ފަހުގެ ޚަބަރު

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

Newsletter

Get the latest news delivered straight to your inbox