ބޭބީ ޝާކް ބޯއި" ކޭ-ޕޮޕް ދާއިރާއަށް

Aug 24, 2026, 7:39 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ޔޫޓިއުބްގެ ތާރީހުގައި އެންމެ ގިނަ މީހުން ބަލާފައިވާ "ބޭބީ ޝާކް ޑާންސް" ވީޑިއޯއިން މަގުބޫލުކަން ހޯދި ކުޑަކުއްޖާ، އޭނާގެ ފުރަތަމަ ކޭ-ޕޮޕް ޑިޖިޓަލް ސިންގަލް މިދިޔަ ބުރާސްފަތި ދުވަހު ނެރެފި އެވެ.

މިއީ އޭނާ ދުނިޔޭގެ ސަމާލުކަމަށް އައިތާ 10 އަހަރު ފަހުން ނެރުނު ލަވައެކެވެ.

އުމުރުން ހަތް އަހަރުގައި އެ ވީޑިއޯއިން ފެނިގެންދިޔަ ޕާކް ގިއޮންރޫންގް، ކޭ-ޕޮޕް ދާއިރާއަށް ނުކުންނަނީ "ބޭބީ ޝާކް ބޯއި" ގެ ނަމުގަ އެވެ. އޭނާގެ މި މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެނީ "ބޭބީ ޝާކް" ގެ ކޮޕީރައިޓް އޮންނަ ޕިންކްފޮންގް ކުންފުނިންނެވެ.

Advertisement

ޕާކް ބުނި ގޮތުގައި "ބޭބީ ޝާކް ޑާންސް" އަކީ މުޅި ދުނިޔޭގެ އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދިން ވީޑިއޯއެކެވެ. އަދި 10 އަހަރު ފަހުން ވެސް އެތައް ބަޔަކު އޭނާގެ މަތިން ހަނދާން ހުންނާތީ އެކަމާ އުފާކުރާ ކަމަށާއި، މިއީ މިއުޒިކްގެ ތެރެއިން އަލުން އާންމުންނާ ގުޅުން ބަދަހިކުރަން ލިބުނު ހިތްވަރެއް ކަމަށް އޭނާ ފާހަގަކުރި އެވެ.

މިޔަރު އާއިލާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މި މަގުބޫލު ލަވަ ފުރަތަމަ ނެރުނީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އެ ވީޑިއޯއަށް 17.2 ބިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ވެސް މި ލަވަ ޖަހާފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ޓެސްލާގެ ސީއީއޯ އީލޮން މަސްކްގެ އިތުރުން ދުނިޔޭގެ މަޝްހޫރު އެތައް ފަންނާނުންނެއް ވަނީ މި ލަވައަށް ތައުރީފުކޮށްފަ އެވެ. އަދި މި ލަވައާ ގުޅިގެން ތަފާތު ޕެރޮޑީތަކާއި ނެށުމުގެ ފޯރިއެއް މުޅި ދުނިޔޭގައި ފެތުރިގެންދިޔަ އެވެ.

"ބޭބީ ޝާކް" ވީޑިއޯއަށް ފަހު ވޭތުވެދިޔަ އަހަރުތަކުގައި ޕާކް ވަނީ ޕިންކްފޮންގްގެ އެހެން ބައެއް ޝޯތަކުން ވެސް ފެނިގެން ގޮސްފަ އެވެ. އޭނާ ބުނި ގޮތުގައި "ވޭވް"ގެ ނަމުގައި ނެރުނު އާ ޑިޖިޓަލް ސިންގަލް ފެށިގެން އަންނަނީ "ބޭބީ ޝާކް" ގެ މަޝްހޫރު ރާގުންނެވެ. ނަމަވެސް އެއަށްފަހު އެ ލަވަ ބަދަލުވެގެންދަނީ އިލެކްޓްރޯޕޮޕް މިއުޒިކަކަށެވެ. މި ލަވައިގެ ބައެއް ބައިތައް ލިޔުމުގައި ޕާކް އަމިއްލައަށް ވެސް ބައިވެރިވެފައިވެ އެވެ.

މި ލަވައަކީ އޭނާގެ މިއުޒިކީ ދަތުރުގެ ފެށުން ކަމަށް ޕާކް ގަބޫލުކުރެ އެވެ.

"ވޭވް އަކީ ހަމައެކަނި އެއްފަހަރުން ނިންމާލާނެ ޕްރޮޖެކްޓެއް ނޫން، މިއީ އާ ފެށުމެއް. މިއުޒިކާއި އެހެނިހެން އުފެއްދުންތަކުގެ ޒަރީއާއިން އަހަރެންގެ ހުނަރުގެ ތަފާތު ދާއިރާތައް ކުރިއަށް އޮތް ތަނުގައި ވެސް ފެނިގެންދާނެ ކަމަށް އުންމީދުކުރަން،" ޕާކް ބުންޏެވެ.

ފަހުގެ ޚަބަރު

ބިރުގަތީމަ ހިތުގެ ތެޅުން އަވަސްވަނީ ކީއްވެ؟

ބިރުގަންނަ ވަގުތު ހިތުގެ ތެޅުން އަވަސްވަނީ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި މަސްތަކަށާއި ސިކުނޑިއަށް ބޭނުންވާ އޮކްސިޖަން އަވަހަށް ފޯރުކޮށްދީ، ހަށިގަނޑު ތައްޔާރުކުރުމަށެވެ. މި ބަދަލު އަންނަނީ ސިކުނޑީގެ އަމިގްޑަލާ އިން ފޮނުވާ އިންޒާރަކާ ގުޅިގެން ލޭގެ ތެރެއަށް އެޑްރީނަލިން ހޯމޯން ދޫކޮށްލުމުންނެވެ. މިއީ ޖިސްމާނީ އަދި ނަފުސާނީ ބިރުވެރިކަމެއް ކުރިމަތިވިޔަސް، އިންސާނާގެ ރައްކާތެރިކަމަށްޓަކައި ހަށިގަނޑުގައި ހިނގާ ގުދުރަތީ ނިޒާމެކެވެ.

ފަސް އަހަރު ފަހުން އެއީ ނުބައި ޑައިގްނޯސިސްއެއް ކަން އެނގިއްޖެ

މަޝްހޫރު ބަތަލާ ކްރިސްޓީނާ އެޕަލްގޭޓަށް އެމްއެސް ބަލި ޖެހިފައިވާ ކަމަށް ބަލައި ފަރުވާ ކުރާތާ ފަސް އަހަރު ފަހުން، އެއީ ނުބައި ޑައިގްނޯސިސްއެއްކަން އެނގި އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާކަން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން އޭނާ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބަލީގެ އަސްލު ސަބަބު ދެނެގަތުމަށްޓަކައި އާ ތަހުލީލުތަކެއް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

އަމީރު ހެރީގެ ބައްޕާފުޅާއި ބޭބޭފުޅާ އޮތް ނުތަނަވަސް ގުޅުން ރަނގަޅުކޮށް، އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މާޒީގެ ހިތާމަވެރި ހާދިސާތައް ހަނދާން ނައްތާލުމަށް ބާރުއަޅުއްވަމުން ހެރީ ވިދާޅުވީ، ބައެއް މީހުން ބޭނުން ނުވި ނަމަވެސް އެ ގުޅުން އިއާދަކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

ކްރިސްޓިއާން އަމަންޕޫރު 43 އަހަރަށް ފަހު ސީއެންއެންއާ ވަކިވަނީ

ސީއެންއެންގައި 43 އަހަރު މަސައްކަތް ކުރުމަށްފަހު، އެ ނެޓްވޯކްގެ މަޝްހޫރު ނޫސްވެރިޔާ ކްރިސްޓިއާން އަމަންޕޫރު އަންނަ އަހަރު ވަކިވާނެކަން އިއުލާންކޮށްފި. އޭނާ ވަކިވަނީ އާ މަޝްރޫއުތަކެއް ފެށުމުގެ އުންމީދުގައި ކަމަށް ބުނެފައިވާއިރު، ސީއެންއެންގެ މެނޭޖްމަންޓުން ވަނީ އޭނާގެ ދިގު ޚިދުމަތުގެ އަގުވަޒަންކޮށްފަ.

ވޭޕް ކުރުމުގެ ސަބަބުން ސެލީނާގެ އަޑު ބަދަލުވެއްޖެ

ނިކޮޓިން އެކުލެވޭ ވޭޕް ބޭނުންކުރުމުގެ ސަބަބުން އަޑަށް ދާއިމީ ބަދަލުތަކެއް އައިސްފައިވާ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އިއުތިރާފުވެއްޖެއެވެ. ލޫޕަސް ބަލީގެ ސަބަބުންވެސް އަޑަށް އަސަރުކުރަމުންދާ ސެލީނާ ވަނީ، ވޭޕްކުރުމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫންކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް މަސައްކަތް ފަށާފައެވެ.

އޮލިމްޕަހުން "ދެވި" ނެރެނީ

މަރްޔަމް އައްޒަގެ ފުރަތަމަ ޕްރޮޑަކްޝަން ކަމަށްވާ ބިރުވެރި ފިލްމު "ދެވި" އޮލިމްޕަހުގައި ދައްކާ ނިންމާލުމަށް ތައްޔާރުވެ، ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މި ފިލްމުގެ އެންމެ ފަހު ޝޯ އޮކްޓޯބަރު 25 ގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ ފަންނީ ގޮތުން ގިނަ ކުރިއެރުންތަކެއް ދައްކުވައިދީފައިވާ ކާމިޔާބު އުފެއްދުމެކެވެ.

އިންޑިއާގެ ގޭންގަކުން ޓައިގާ ޝްރޮފަށް އަމާޒުކޮށް ބަޑި ޖަހައިފި

މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ފިލްމީ ތަރި ޓައިގާ ޝްރޮފްގެ ކާރަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާއިން އޭނާ ސަލާމަތްވި ނަމަވެސް ޑްރައިވަރަށް ވަނީ އަނިޔާވެފައެވެ. ލޯރެންސް ބިޝްނޯއީގެ ގޭންގުން މި ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، މިއީ ސަލްމާން ޚާނާއެކު މަސައްކަތް ނުކުރުމަށް ދިން އިންޒާރުތަކަށް އޭނާ ބޯނުލެނބުމުން ދިން ހަމަލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox